ފުލުހުން މީގެ ކުރިން އަތުލައިގަތް ޑްރަގްސް ނައްތާލަނީ. -- ފޮޓޯ | ޕޮލިސް
04 މާޗް 2024 - 11:04
ފުލުހުން ހިންގި އެކި އޮޕަރޭޝަންސްތަކުގައި އަތުލައިގަތް 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގްސް ނައްތާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ދޫނިދޫގައި ނައްތާލީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 125 ކިލޯގެ ޑްރަގްސްގެ ތެރެއިން 103 ކިލޯ އެވެ. ނައްތާ ނުލެވި ބާކީ ހުރީ 21 ކިލޯގެ ޑްރަގް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނައްތާލި 125 ކިލޯގެ ތެރޭގައި އެންމެ ގިނައީ ހެރޮއިންނެވެ. ކެނަބިސް ވެސް ގިނަ އަދަދަކަށް ނައްތާލި އެވެ.
- ހެރޮއިން 66012.5786
- ކެނަބިސް 14304.4729
- މެތް 6873.7369
- ކޮކެއިން 9769.0366
- ކެނިނޯން 6251.7878
- ކެޓަމިން 463.6739
- އެލްއެސްޑީ 0.0424
ފުލުހުން ބުނި ގޮތުގައި އިއްޔެ ނައްތާލީ 958 ކޭސްގައި ހިމެނޭ މަސްތުވާތަކެއްޗެވެ.
އެ ތަކެތީގެ ތެރޭގައި ހިމެނެނީ 8293 ރަބަރު ޕެކެޓާއި 2731 ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި 237 ދަޅާއި 585 ބުލެޓާއި 30 ބިޑި އެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ އެކި ބާވަތްތައް އަޅާފައި ހުރި ސާމާނު އަތުލައިގަނެފައިވެ އެވެ.
ޑްރަގްސް ނައްތާލުމުގައި ގެންގުޅޭ އުސޫލަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާ އެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސް ތެރެއިން އެ މައްސަލައެއް ތަހުގީގުކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމްކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ޑްރަގް ނައްތާލަނީ އެވެ.
ހޯމް މިނިސްޓަރު އިހްސާން މި ފަހުން ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް މުޅިން ހުއްޓުވުން ކަމަށާއި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން 44.5 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގަނެ، ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުބުފިލި
04 March 2024
ކީއްވެބާ ޑްރަގްގެ ހަބަރުތައް ގެންނަ ކޮންމެފަހަރަކު ޑްރަގްގެ ވެލިއު ބަޔާންކުރަނީ. ޢެވިޔަފާރިއަށް އިތުރު މީހުން ޝައުގުވެރިކުރުވަންތޯ. ބައެއް ފަހަރު ހީވޭ ނޫސްވެރިން މިކަން އިސްތިހާރު ކުރަނީހެންވެސް.
ކޮރަލް
04 March 2024
ކޮބާ ތިޔަ ރާއްޖެ އެތެރެ ކުރި މީހުން! ރާއްޖެ އެތެރެ ކޮށް ވިއްކާ މީހަކު ކުއްވެރި އެއް ނުވެ އެވެ.
ޖަމީލުބެ
04 March 2024
ތި ތަކެތި ނައްތާލީ ކޮންއިރަކު؟ ކޮންތާކު؟ ކޮންބައެއްގެ ހާޒިރުގަ؟ ހުރިހާ އެއްޗެއް ހާމަކުރާނެ ކަމަށް ހީކުރީ!!
ގޭންގްސްޓާޒް ޕެރަޑައިސް
04 March 2024
ފޮނި ނުކަނޑާ ނޮޓް އަ ސިންގަލް ޑުރަގްލޯރޑް އެރެސްޓެޑް!
ފާމުލަދޭރި ކިލެގެފާނު
04 March 2024
ވަޅަށް ވެއްޓުނު ކުއްތާ ނުނަގައި ކިތަންމެ ވަރަކަށް ވަޅުދިޔަ ހިއްކިޔަސް ވަޅުގެފެން ޠާހިރެއް ނުވާނެ. މަސްތުވާތަކެތި އެތެރެކުރާ މީހުން މަޖުތަމައުތެތެއަށް ދޫށްފައި ބައިތިއްބައިގެން މަސްތުވާތަކެތީގެ މައްސަލަ ހައްލެއް ނުވާނެ. އެފަދަ މީހުނަށް މަރުގެ އަދަބު ދެނިކޮށް ތިކަން ހައްލު ވެދާނެ.
ހަނާ47
04 March 2024
މިތަކެތި ނީލަން ކިޔައިގެން ގައުމުގެ ދަރަނި ފޫބެއްްދުން ކިހިނެއްތޯ؟
ހަނާނުވެ ހުރެބަލަ.
06 March 2024
އައްޗީޑި، ހަރާން ލާރިއޭ އެއީ... ނީލަން ކިޔައިގެން ދަރަނި ފޫބައްދާށޭ ބުނާއިރު ނަރަކައިގެ އަލިފާނަށް ބިރެއްވެސް ނުގަނޭތަ؟
ރިއެކްސްޕޯޓު
04 March 2024
އެކްސްޕޯޓު ކޮށްލިނަމަ ދޯ
މަޖާ2024
04 March 2024
އެމެރިކާއަށް ފޮނުވާލައި ޑޮލަރުކޮޅެއް ހޯދާލިނަމަ ރަގަޅުވީސް
ކުންނަމަލަ
04 March 2024
އަބަދު ދައުލަތް ދަރަނިން ނާރައިގެން އުޅޭ އިރު 400 މިލިއަން ރުފިޔާ އަންދާލަން ހެޔޮ ވާނެތޯ؟؟
މިއައު
04 March 2024
ޑްރަގަކީ ވިއްކުން މަނާ އެއްޗެއް. އެހެންވީމަ އަގެއް ކިޔުމަކީ އިސްތިހާރު ކުރުން.
ހަސަނު
04 March 2024
ހައުދަހައި ގިނަ ލާރިއެކޭ ތިޔަ އަންދާލީ...
ގއމ
06 March 2024
ކިތަންމެ ގިނަ ލާރިޔަކަސް ހެޔޮ، އެއަކު އެއްވެސް ބަރަކާތެއް ނުހުންނާނެ. ހުސްކުނި އެއީ.