ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ފެބުރުއަރީ 2024 - 21:56
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މި ސަރުކާރުން ކުރާ މަސައްކަތުގައި، ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 44.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ ދައުރުކުރުން ހުއްޓުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ފޭދޫގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރައީސްގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް މުޅިން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާއިތުވި ދޮޅު މަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން 44.5 މިލިއަން ރުފިޔާގެ ޑްރަގްސް އަޅުގަނޑުމެން ވާނީ ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވާފައި،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މި ވެރިކަން ފެށުނުއިރު މަސްތުވާތަކެތީގެ ފަރުވާއަށް އެދިގެން 500 އެއްހާ މީހުން ތިބި ކަމަށާއިި އޭގެ ތެރެއިން 300 މީހުންގެ ފަރުވާ މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބާކީ ތިބި މީހުންގެ ފަރުވާގެ އިންތިޒާމް ވެސް، އިހުސާން ވިދާޅުވި ގޮތުގައި، ކުރިއަށް އެބަދެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެކަމަށް ހާއްސަ ޓާސްކްފޯހެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.
"1800 އަށް ވުރެ ގިނަ މީހުން. އޭގެ ތެރޭގައި އަމިއްލަ އަށް ދިޔަ މީހުންނާއި އަޅުގަނޑުމެން ފޯސްފުލީ ރާއްޖެއިން ޑީޕޯޓްކުރި މީހުން ހިމެނޭހެން ބޭރުކުރެވިފައިވާ މީހުންގެ އަދަދު،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމުގައި އުފެދޭ މައްސަލަތައް އެއްކޮށް ހުއްޓުވަން ކަމަށެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
19 February 2024
ކަސްޓަމުގަ އަތެއްފައެއްނެތި ތިހާފަސޭހައިން އަތުލައިގަތީ ބުނެގެން ގެނައިތަކެތިވީމަތޯ؟.
މަޖާވާހަކަ
19 February 2024
ވަރަށް ފަޚުރުވެރިނވާހަކައެއްތަތީ. ތިޔަބތަކެތި ވީނކޮންތާކު. ކިހިނެއްތަ ތިޔަށް ހެދީ ދެންވީ kihinewqta. ވާނީ ކިހިނެއްތަ.
މޮޅަކަސް ހަމަރޯނުއެދުރެއް
19 February 2024
ވަޒީރަށް އެގިވަޑައިގަންނަވާތޯ ސުރުހީގައިވާގޮތަށް ތިކުރެވެނީ މަސްތުވާތަކެތި އިސްތިހާރުކަމެއް އަދި ވެލިޔުބުނުމުން ޅަ ޖީލްތައް އެކަމުގެ ދިރާސާކޮށް އޭގެތެރެއަށް ވަންނަނޫޅޭނެކަމެއް
އިހުސޯން
19 February 2024
ދެން ތި ޑްރަގްތައް ބާޒާރަށް ނެރެނީ ކޮންއިރަކުންތަ؟ ހާދަ މޮޅުވީމައޭ އެއްވެސް މީހަކަށް ދޮންކަޅުވެސް އަންގާނުލާ ތި ހުރިހާ ޑްރަގެއް އަތުލައިގަތީ. އެތަކެތި އެތެރެކުރި މީހުންވެސް މިހާރު ތިބޭނީ ޖަލުގަހެން ހީވަނީ. ފޮޓޯޔާ އެއްޗެހި ދައްްކާލަބަލަ.
ރީއެކްސްޕޯޓް
19 February 2024
ތިޔަ ތަކެތި ރީއެކްސްޕޯޓުކޮށްގެން ނަމަވެސް ޑޮލަރުކޮޅެއް ބޭންކަށް ވައްދަން ވެއްޖެއެއްނުން!
އުފާމާކެޓް ބޯއީ
19 February 2024
ބުރޯ ޑުރަގެއްނޫން މުހިއްމީކީ... ގަޓެއް ހުރިއްޔާ އެންމެ ޑުރަގު ލޯޑެއް ވިޔަސް ހުކުމާ ހަމަޔަށް ގެންގޮސްލަބަލަ. ފޮނިބައިސާއާ އަޗާތެޅުން ނޫންކަމެއްނުވާނެ.
މިސްޓަރ ޓިނޭ
19 February 2024
ތިވާހަކަ ދެއްކުން މަނާ، މިނިސްޓަރުގެ ސޯޓުބޭލިދާނެ
މިއައު
19 February 2024
ގަނެ ވިއްކުން މަނާ އެއްޗަކަށް އަގު ކިޔާ އިއްވުމަކީ އިސްތިހާރު ކުރުން. އަދި ގާނޫނުން ވިއްކުން މަނާ އެއްޗަކަށް އަގެއް ކިޔުމަކީ ކުށެއް، ކުރެވިގެން ވާނެ ކަމެއް ނޫން.
ބެޔާ
19 February 2024
މިއީ ހަމަ ފައްކާ ބޮލުރޮއްޖެއްކަން މިހާމަކުރަނީ އަމިއްލައަށް! ބުނެއުޅޭ 'މީހުން މީހުނަށްހެދީމައޭ މީހުނަށްވަނީ'... އެކަމަކު މިކަހަލަ މީހުން މީހުނަށް ހެދި ވަރަކަށް އެހެދި ބަޔަކާ އަމިއްލަ މީހާގެ ސޯޓު ބޭލެނީ.
ނަށީދު
19 February 2024
ތިބޭފުޅާއާ ކޮން ގުޅުމެއް؟
މޫސާކުއްދާ
18 February 2024
ކާކު ދެނެހުރި ކަމެއް، ކޮންތާކުން ހޯދީ، ކޮންބައެއް ހައްޔަރު ކުރީ؟ މުޅިންވެސް ޖަވާބު ނުލިބޭނެ ސުވާލުތައް!