މާފުށި --
09 މާޗް 2024 - 13:36
ކ. މާފުށީގައި މިއަދު ފަތިހު ބޮޑު މާރާމާރީއެއް ހިންގައި، މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނިގޮތުގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް މާފުށީ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު، މިހާރު ވަނީ މާލެ ގެނެސް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފަ އެވެ.
އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް، އެ މާރާމާރީގައި އެ މީހާގެ ނޭފަތް މައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައި ވެ އެވެ.
މާރާމާރީ ހިނގަން މެދުވި ސަބަބެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތަހުގީގަށް މިހާތަނަށް އެނގުނު މައުލޫމާތަށް ބަލާއިރު އެއީ މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރޭސްސް
09 March 2024
މަސްތުވާ ތަކެތި އާއްމުވެއްޖެ ކޮންމެ ތަނެއްގައި މާރާމާރީ އާއްމުވާނެ....
އަލީ އަސްފާފު
09 March 2024
މި ސަރުކާރު އައި ފަހުން ގިނަ ޒުވާނުން އުޅެނީ މަގުތަކުގަ ހުންނަ ކުނިކޮތަޅު ފަޅައިގެން ހޭވުމުގަ. އޭގެން މީހަކު ހުންނަނީ ހަމަ ހެޔަކު ނޫން. ޑުރަގު ބޯމީޙުންގެ ހާލިތަކާއި ޑުރަގު ކެފޭތަށް ވަނީ އިތުރުވެފަ. މިކަން ހުއްޓުވަން މިސަރކަރުން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެ. ކެންޕޭނުގަ މިކަން ހުއްޓުވާނެކަމަށް ބުނެ ވައުދުވެ ދޮގާމަކަރުން ވެރިކަމަށް އައިސް އެއުލެނީ ލާރިދީގެން މަޖިލީހުގެ މެންބަރުން ގަތުމުގަ. މީދޮގު ހެދިޔަސް ބޮޑުވަރު.
މިއައު
09 March 2024
ލާރި ފެނި ނަފްސު ތަރައްގީ ނުވެ ކޮން އުފަލެއް؟
މިއީ މަށޭ
09 March 2024
އޭ މަށޭ އެބަކިޔާތަ؟
ޖަނަމަ
09 March 2024
މިއޮތީ ކުޅިގަނޑު ފެށިފަ. ރޭވެސް ފަތިސްވިއިރުވެސް އަހަރުމެން ތިބީ ނުނިދާ. ބަޔަކު ހަޅޭލާފަ ކެންޕޭނު ޕޯސްޓަރު ހަރުކުރަނިއްޔޯ! ބަލަ ރައްޔިތުންގެ ރޭނިދީގެ ހައްގަށް އެގޮތަށް އަރައިގަންނަ ކެންޑިޑޭޓަކަށް ހޭހުރިމީހަކު ވޯޓުދޭނެތަ؟
ތންކ
09 March 2024
އަދި މިއުޅެނީ އަައި.ޓީ.ބީ ނިންމާފަ ރަށައް ނާދެވިގެން.
ސަނީސައިޑްއަޕް
09 March 2024
ލޯކަލް ޓުއަރިޒަމް އިސްތިހާރު ކޮށްލީ