އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި 2019 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާއެކު ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 މާޗް 2024 - 20:02
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ގޯސްވެފައިވާތީ، ދިވެހިންގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގައި މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު ދުރުގައި ހުންނެވި ނަޝީދު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭޝިއަން ނިއުސް އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖެ-އިންޑިއާގެ ޑިޕްލޮމެޓިކް މައްސަލަ ހޫނުވެފައި ވާތީ ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.
އެއާއެކު، އިންޑިއާއިން ރާއްޖެ ބޮއިކޮޓްކުރަން ގޮވާލަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ނަޝީދު ވަނީ ދިވެހިންގެ ނަމުގައި އިންޑިއާގައި މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އިންޑިއާ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރުމުގައި ދެމި ތިބުމަށް ވެސް ވަނީ ހިތްވަރުދެއްވައިފަ އެވެ.
"އަޅުގަނޑުމެން އެދެނީ އިންޑިއާ މީހުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުން، އަޅުގަނޑުމެންގެ މެހެމާންދާރީއަށް އެއްވެސް ބަދަލެއް ނާންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ލަކްޝަދީޕްގެ ޓޫރިޒަަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކާ ހެދި، ރާއްޖެ ހޫނުފެނަށް ވެއްޓުނެވެ. ފާޑު ކިޔުންތަކާއެކު އެ ތިން ބޭފުޅުން މިދިޔަ ޖެނުއަރީ މަހު ވަނީ މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފަ އެވެ. އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ނަޝީދު ވިދާޅުވީ އެކްޓިވިސްޓުންގެ ވިސްނުމުގެ ދަށު ދަރަޖައިގައި، ސަރުކާރުގެ އޮފިޝަލުން އެގޮތަށް ވާހަކަ ދެއްކެވުމަކީ ހިތާމައެއް ކަމަށާއި އެކަން ވީހާ ވެސް އަވަހަކަށް، ކޮންމެހެން ހައްލުކުރަންޖެހޭ ކަމަށެވެ.
ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލުވާ ވާހަކަ ދެއްކުމުން އެ ގައުމުން އެކަމާ ދެކޮޅެއް ނުހަދާ ކަމަށާއި އެދިފައިވަނީ ވެސް މަޝްވަރާކޮށްގެން ހައްލުކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެއީ، ޒިންމާދާރު ސަރުކާރަކުން އަމަލުކުރާނެ ގޮތެކެވެ.
ނޮވެމްބަރު 3 ގެ ހަމަލާއާ ފެނުގެ ކާރިސާ އަދި ކޮވިޑުގައި ވެސް ރާއްޖެއަށް އެންމެ އަވަހަށް އެހީވީ އިންޑިއާއިން ކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ހެލިކޮޕްޓަރާއި ޑޯނިއާ ފޮނުވާލަން ކުރާ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ހުއްޓާލަން ގޮވާލައްވައިފަ އެވެ.
އިންޑިއާއާ އެންމެ ވާދަވެރި ޗައިނާގެ ލޯނުތައް ރާއްޖޭގައި ގިނަ ކަމަށާއި ޕްރޮޖެކްޓުގެ އަގު ވެސް ބޮޑު ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕްރޮޖެކްޓުތައް ފެއިލްވާ ކަމަށާއި އެހެންވެ، އެ އިންވެސްޓްމަންޓުން ފައިސާ ނުލިބި، ލޯނު ދައްކަން އުނދަގޫވާ ހާލަތަށް ދާ ކަމަށް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން، ސޮވެރިން ގެެރެންޓީ ދޭން ޖެހި، އިކުއިޓީ ދޭން ޖެހޭ ކަމަށާއި އެއާއެކު ސޮވެރެނިޓީ ގެއްލިގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންހާރަ އުމަރު
11 March 2024
މިދެން ކާކުތަ؟؟؟އެނގިފަ އެއްނެތް ދިވެހިންގެ ފަރާތުން މަނިކްފާނު ތި ފަދަ ކަންކަމަށް ކަނޑައެޅިކަމެއް،ދެން ތިކަހަލަ ކަންކަމާ ވާހަކަ ދަށްކާނީވެސް އޮށްޓަރެއް ހުރިމީހެއްތާ،އަޅުގަނޑަކަށް ހީނުވޭ މިހާރު ބާދަނގަޑަށްވެސް މަނިކްފާނު ބޭނުންވާ ބަޔަކު އުޅޭނެހެން،ދެން ނާންނާތި މިކޮޅަށް ދުއްޕންކުރަން،ލަންޑަނުގަ ހުރޭ ގޮސް،
އނޑޔ
10 March 2024
ކޮމެންޓުކުރާކުދިން ދެން އިންޑިޔާއަކަށް ދުވަހަކުވެސް ނުދާނެ/
ބިއްޖެހި
10 March 2024
އިންޑިއާ ރޯ އެޖެންޠެއްތަ. 5 ރުޕީސްގެ ދަށުބެފަ
ޖޖޖޖޖ
10 March 2024
ނަޝީދަކީ ދިވެހިންގެ ފަރާތުން ވާހަކަސައްކަން އައްޔަން ކޮށްފަ ހުރިމީހެއްނޫން. ނަޝީދު އެއުޅެނީ ސައިޒް އޮޅިގެން. ހަގީގަތުގަ ނަޝީދަކީ އެއްވެސް މީހެއްނޫން.
ލަބާން
10 March 2024
ތެދެއް. މެހެމާންދާރީއަށް އެއްވެސް ބަދަލެއް ނާންނާނެ. އައިއްސިއްޔާ ރަނގަޅު ވާނެ. އެކަމަކުވެސް އަހަރުން ދިވެހީން އިންޑިއާ އަށް ބުނަން ބޭނުންވަނީ އިންޑިއާ އައުޓްއޭ. ރަނގަޅީ ފަތުރުވެރިންވެސް ނައިއްޔާ
މޮޅުވާހަކަނުދައްކާ
10 March 2024
ކޮވިޑް ގަ އެހީވިއޭ ކިޔާ އިރު މުޅިން ނުބައި ބޭހެއް ގެނެސްގެން އިންޑިއާ އިން ރާއްޖެއަށް ވިއްކީ. ތީގެން އެއްވެސް ވެކްސިންއެއް ނުޖަހާ ސިއްހަތު ސަލާމަތުން ތިބި މީހުން އެބައުޅޭ. ވެރިކަމުގަ އެންމެ ކަމެއްވެސް ހަރާން ރަނގަޅަށް ކުރެވިފަ އޮތިއްޔާ. މިވަރުގެ މީހަކު އައިސް މާ ކަންއިނގޭ މީހަކަށް ވެގެން. ހަމަ އިންޑިއާ އައުޓް. އިންޑިއާ އާ ގުޅުން ހުރި އެއްޗެއްވެސް އައުޓް
މިގްދާދު ސަލީމް
10 March 2024
މި ގައުމުގެ އެންމެ ބޮޑު ހަލާކު އައިސް އަދި އިންޑިއާ ކައިރިން މާފަށް އެބަ އެދޭ އެއްނު. ނަޝީދު ތިބޭފުޅާތީ އެއްވެސް ތާކުން ތާކު ޖެހޭ މީހެއް ނޫން
ޢާލިމްް
10 March 2024
ކޮންމެތާކުންވެސް މީނަ ވާނެ ޑްރާމާ ސިލްސިލާގެ އެޕިސޯޑް އެއް ކުޅެވޭތޯ. މަނިކުފާނު ތީ މިހާރު މީހުން ބަލައިގަންނަ ވަރުގެ މީހެއް ނޫން.
އަނޫފްް
10 March 2024
މި ދެން ކާކުތަ މީހުންގެ މާފަށް އެދެން. ކެނެރީގެ ބުއްޅަބެ
ޒައިނަބު
10 March 2024
ސިޔާސީ ފިތުނަ އުފެއްދުމުގައި މިގައުމަށް ޖެހިފައޮތް އެންމެބޮޑު މުސީބާތަކީ އިންޑިއާގެ ޕަޕެޓް މުހައްމަދު ނަޝީދު.