ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
12 މާޗް 2024 - 14:13
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު މެންބަރުން ނެތް ހުސްގޮނޑިތައް ވެސް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޯރަމް ގުނާ ގޮތާ މެދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމްކުރީ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެކަމަކު، ހުކުމާ ހިސާބަށް ދިޔައިރު މަޖިލީހުން އޮތީ ހުށަހެޅި މައްސަލައިގައި ބުނާ މާއްދާ ކުރިން އޮތް ގޮތަށް ބަދަލުކޮށް، އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައި ކަމަށް ވާތީ ކޯޓުން ނިންމީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހެޅީ މަޖިލިސް ގަވައިދަށް ފަހުން ގެނައި މާއްދާ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފު ވާތީ، އެ މާއްދާ އުނިކުރުމާ މެދު ގޮތެއް ނިންމުމަށެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވެން އޮތީ އެކަމާ މެދު ގޮތެއް ނިންމައިގެން ކަމަށެވެ
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރު އީވާ އަބްދުﷲ އެވެ.
އެ ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 25 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މިގޮތަށް ފާސްކުރުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށެވެ.
މަޖިލިހުގެ ގަވައިދުގެ 242 ވަނަ މާއްދާ އަށް މަޖިލީހުން ގެނައި ބަދަލުގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުފްޔާން
13 March 2024
އަބަދުވެސް އެމްޑީޕީ މީހުން އުޅެނީ މި ފާޑަށް. ގައުމު ހަލަބޮލި ކުރެވޭތޯ.. ދެން މިމީހުންނަށް ފިޔަވަޅު އަޅާ ވެރިޔާ ގޯސް ވާނީ
މިމްދާދް
13 March 2024
އެންމެ ޑިމޮކުރެޓިކް ވެގެން އުޅޭ މީހުން އުޅޭ ހަޑިފާޑެއް ދޯ.. ގައުމަށްވެސް ހުރި ހުތުރެއް މި އެމްޑީޕީއަކީ
މާހިރް
13 March 2024
އެއްވެސް ހަމައެއް ލަމައެއް އޮންނަތަނެއް ނޫން ތި މަޖިލިސް އަކީ. މިހާރު އެއުޅެނީ ކޯޓްތަކަށްވުރެ މަތީގަ
ސިއްބަތު އަޒީޒް
13 March 2024
މިއަދު މަށަށް މިފެންނަނީ ވެރިކަން ގެއްލުނީމަ ބަޔަކު އުޅޭ ހަޑި ފާޑު. މީގެ އެއްވެސް ބަޔަކަށް ދެން ރައްޔިތުން ވޯޓް ނުދޭތި.
މިފާދު މުހައްމަދު
13 March 2024
މިއަދު މިފެންނަނީ އެމްޑީޕީގެ އަސްލު ސިފަ. އެހެން ބަޔަކަށް ވެރިކަން ލިބިގެން އެމީހުންނަށް ހަޖަމެއް ނުވާނެ.
ހާމިދު އަފޫރު
13 March 2024
ބަގާވާތް ކުރަން މިއުޅޭ އުޅުން ކުއްވެރި ކުރަން. !
ސިޔާދު އަލީ
13 March 2024
މުއިއްޒްގެ ސަރުކާރު ހިންގާތަން ފެނިފަ އެކަން ހަޖަމް ނުވެގެން އަދިވެސް އެމްޑީޕީ މީހުން މިއުޅެނީ. މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން.
ރިފާއު އައްބާސް
13 March 2024
މިކަން ޖެހޭ ހުއްޓާލަން. ސަރުކާރަށް ޖެއްސުން ކުރުން ހުއްޓާލަން ޖެހޭ.
ފެންނަގޮތް
13 March 2024
މިމީހުން ބޭހުން ވަނީ ވެރިކަން.. މިމީހުންގެ ކެނޑިޑޭޓް ރައިސްކަމަށް ހޮވިއްޖިއްޔާ ރިޔާސީ ވެރިކަން.. މި މީހުންގެ ކެނޑިޑޭޓް ނުހޮނީމާ، ރިޔާސީ ނިޒާމުގައި މަޖިލީސް މެޖޯރިޓީ އޮތީތީވެ މަޖިލީހުން ވެރިކަން ކުރަން.. މި މީހުން ި 4 މަހުގައި ކުރިކަމަކީ ޖެއްސުން ކުރުމާއި މި މީހުންގެ މަސްލަހަތު އޮންނަ ގަރާރު ތައް ވެއްދުން.. އަދިވެސް އިންތިހާބުގެ ވި ބަލި ގަބޫލު ނުކުރެވޭ.. މީ މީހުނަށް ދެން ފުރުސަތު ދީފިނަމަ މި 5 އަހަރު އޮންނާނީ ގައުމު ދެ ކޮޅަށް ދެމުން
ގޮނޑި
12 March 2024
ގޮނޑި ދޫކޮށްލާފަ މަޤާމުގެ ހަދިވެތިކަމުގައި ދާއިރާ ތަމްސީލްނުކޮށް ދިޔައިމަ ގޮނޑިއެއްނުހިމެނޭނެ.. ވަރަށް ސާފް