ދަރިކަލުން އެރިކް (ވ) އާއި ޓްރަމްޕް ޖޫނިއާ، ބައްޕާފުޅާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
17 ފެބުރުއަރީ 2017 - 16:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެ ދަރިކަލުން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ.
ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އެރިކް ރާއްޖެ ވަޑައިގަތީ މިދިޔަ އަންގަރާ ދުވަހެވެ. ރާއްޖެ އިން ފުރާވަޑައިގަތުމަށް ނިންމަވާފައި ވަނީ މިއަދު ހަވީރެވެ.
ދެބެއިންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަނީ، އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފުންނެވެ.
އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ހަވާލުވެވަޑައިގަތުމާ ގުޅިގެން ޓްރަމްޕުގެ ވިޔަފާރި ހިންގެވުމުގައި އެންމެ އިސްކޮށް މިހާރު އުޅުއްވަނީ މި ދެ ބޭފުޅުންނެވެ.
ޓްރަމްޕް އޮގަނައިޒޭޝަނުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމު އަދާކުރައްވާ ޓްރަމްޕް ޖޫނިިއާ ބަލަހައްޓަވަމުން ގެންދަވަނީ ކުންފުނީގެ ކޮމާޝަލް ލީޒިން އޮޕަރޭޝަންސްތަކެވެ. ޓްރަމްޕް އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އެރިކް ގެންދަވަނީ އެމެރިކާ އާއި އެމެރިކާ އިން ބޭރުގައި ކުންފުނީގެ ރިއަލް އެސްޓޭޓް މަސައްކަތްތައް ބަލަހައްޓަވަމުންނެވެ.
އެކަމަކު އާއިލާގެ ބޭފުޅުންނާ ވިޔަފާރި ހަވާލުކުރުމުން، އެމެރިކާގެ ވެރިންގެ އެތިކްސްއާ ބެހޭ ތަޖުރިބާކާރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ބައެއް ތަޖުރިބާކާރުން ގަބޫލުކުރަނީ އެންމެ ރަނގަޅުވާނީ އާއިލާއާ ގުޅުމެއް ނެތް މުޅިން މިނިވަން ބައެއްގެ ބެލުމުގެ ދަށުން ޓްރަމްޕްގެ ވިޔަފާރި، އޭނާގެ ރައީސްކަމުގެ ދައުރުގައި، ކުރިއަށް ގެންދިއުން ކަމަށެވެ.
ޓްރަމްޕަކީ އަމިއްލަ މާލީ ބަޔާން ހާމަނުކުރައްވާ އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ މުޒާހަރާ
20 February 2017
އެމީހުންނަށްވެސް ޔަގީންކަން އޮންނާނެ މިގައުމުގައި ޓްރަމްޕާ ދެކޮޅަށް މުޒާހަރާނުކުރާނެކަން.
ޓްރަމްޕް
18 February 2017
އެމެރިކާ _މޯލްޑިވުސް ފްރެންޑް ޝިޕް ބްރިޖެއް އެޅެނީ އެވެ.އެކަމުގެ އަލާމާތް ތަށް ފެންނަނީ އެވެ.
ފައުޒިއްޔަ
18 February 2017
ތަކެތި އަގު ބޮޑުކުރަނީކީ ލާރި ނުލިބޭތީއެއް ނޫން އެއީވެސް ހަމަ ނުލަފާކަން ދައްކަން ވެގެން ކުރާހާ ކަންތައް ޖާހިލުކަމޭ ބުނެވޭނީ
ޓުއަރިސްޓް
18 February 2017
އެމީހުން މުސްލިމުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރިޔަސް އަހަރުމެން އެމީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރީމަ ނިމުނީ، ފަހަރެއްގައި އެމީހުންގެ ހިތް ތަކަށް އެއްޗެއް ވިސްނިދާނެ
ހެހެހެ
18 February 2017
ކޮންމެސް ފަޅުރަށެއް ވިއްކާލަމާހިނގާ
ހާމިދު
18 February 2017
އެމީހުން ރާއްޖޭން ފުރައިގެން ދާނީ ފަޅެއް/ރަށެއް ގަނެލާފައި، އިންވެސްޓް ކުރަން ތައްޔާރު ކުރުމަށްފަހު. އެއީ ޔަގީންކަމެއް. ޓްރަފް އަށް މަރުހަބާ ދެންނެވި ފުރަތަަ ލީޑަރުންގެ ތެރޭގައި ރާއްޖޭގެ ރައީސް ހިމެނިވަޑައިގަންނަވާ.
ލާމުން
18 February 2017
ދައުލަތަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް ކިތަށް ފަޅުރަށް އަންނިގެ އައުވާނުނަށް އަންނީ ދީފައި ވެއްޖެ ތޯއެވެ.ލ. ހިތަދޫ އާއި ކުނަހަންދޫ އާއި ދެމެދުގައި އޮންނަ "މެންދޫ" އެވެ ކިޔާ ބިޔަ ފަޅުރަށް އެމްޑީޕީގެ އައްޑޫ ބަޔަކަށަ ދީފައި އޮންނަ ގޮތެއް އެގޭ އެކަކު ވެސް ނެތެވެ.ޕްރޮޕޯސަލެއް ލިޔެފައި ވައްޓާލުމުން ދިނީއެވެ.އެ ގޮތުން 400 ފަޅުރަށް އަންނިގެ އައުވާނުނަށް އޭނާ ބަހާފައި ވެއްޖެ އެވެ.
ވަލުހަނދު
18 February 2017
ސީއެސްއާރުގެ ދަށުން... ފެރީ ދުއްވަން ޖެހޭ ގޮތަށް... ފަންސޫރަކުން ޕރޮޕޯސަލްގެ ފަހަތުގއި ޖާފަެި އިންނަ އަދަދަށް ރުފިޔާ ދިނީމައެއް ނޫން..
މޮޑެލް
17 February 2017
ކޮންދުވަހަކުންތޯ އިވަންކާ ޓްރަމްޕް ވަޑައިގަންނަވަނީ؟
މރ.
18 February 2017
އިވަންކާ ވަނީ ކުރިން ރާއްޖެ ވަޑައިގެންފަ..
ހޖކ
17 February 2017
ރާއްޖޭގެ ކޮން އަތޮޅެއް މި މީހުންނަށް އޮތީ؟ ޚާއިނުން މިއަށް ޖަވާބުދީ ބަލަ.
ކޯޕްރަލް
17 February 2017
މިނިވަންކަމަށް އިންތިޒާރު ކޮށްލައްވާ. ދެން މާލަހެއް ނުވާނެ. މިގައުމު 2 ވަނަ ފަލަސްތީނަށް ހަދާ އަހަރެމެން ބިކަ ކުރިއަަކަ ނުދޭނަން. ހައްގުގޮތުގައި ތިއްބަވާ ހައްގު ބަސް ބުނުއްވާ ހައްގަށް މަސައްކަތް ކުރައްވާ!
Maldives
18 February 2017
މިހާރު އެއްބައި އޮތީ ސައުދީ މަހުޖަނުންނަށް ވިއްކާލާފަ.
ލޯންގްލިވް
17 February 2017
ޓްރަމްޕްގެ ދެ ދަރިކަލުން މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ ވަޑައިގަތީ ހޮލިޑޭ ހޭދަ ކޮށް ލަން އެވެ. މީ ރާއްޖޭގެ ޓޫރިޒަމް ހިސްޓްރީ ލިޔާ ބޭފުޅުން މިއަދު ރަންއަކުރުން ރާއްޖޭގެ ހިސްޓްރީ ލިޔާނެ ދުވަހެކެވެ.