ޚަބަރު / ބިދޭސީން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް ބިދޭސީން ޑީޕޯޓްކުރަނީ

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަތްލައިގަތް ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރަން ނިންމައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާ އެކު އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ބެލުމުގެ ދަށަށް ގެންދިޔަ ހަތް ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

އެ އެންމެން ވެސް ހައްޔަރުކުރީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރިންނެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން އެ މީހުންނަކީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ކަމުގެ ޝަކުވާ އަދި ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާ ކަމަށް ވެސް، އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، މި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި ގިނަ ބަޔަކު ފުރުވާލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

36 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔގ6ޔ6

17 March 2024

ޑީޕޯރޓުކުރަނީ ބޯޓަށް އަރުވަނީ ބޯޓު ފުރައިފި… އެމީހުންގެ ގައުމަށް ޖައްސައިފި އެމީހުން ގެޔަށް ގޮއްސި މިވަރަށް އަޕްޑޭޓު ދީބަލަ ހެހެހެހ

The name is already taken The name is available. Register?

މީ

16 March 2024

ވެރިކަމުގައި ތިބޭމީހުން ހިހޫތަނުން ކާން އުޅެން ހަދައިގެން ހުރިހާ ދުއްތުރާލެއް އާއްމުންނަށް މިޖެނީ. އާއްމުންވެސް، ބޭރުމީހުންނާހުރެ ޖެހެމުންދާ ބަލާއާއި މުސީބާތުގެ ވާހަކަ ތަންކޮޅެއް އަޑުހަރުކޮށް ދައްކައިގެންވެސް ވެރިކަމުގެ ކަންފަތަށް އިއްވަން ޖެހިއްޖެ

The name is already taken The name is available. Register?

ސުނާރު

16 March 2024

ތިޔައީ ބޭކާރުކަމެއް، ބޭންކްތަކުން ޑޮލަރު ބޭނުންވާ މީހާއަށް އެކަށީގެންވާވަރަށް ޑޮލަރު ލިބޭ ގޮތް ނުވާނަމަ މައްސަލަ ހައްލެއްނުވާނެ، މިހާރު ތިވީގޮތުން އެމީހުން އަތުންވެސް ނުލިބުނީ، ދެންދާނީ ހައްތާ އިތުރަށް މައްޗަށް

The name is already taken The name is available. Register?

އާދަނުބޭ

16 March 2024

ވ ރަގަޅު ނިއްމުމެއް އަދި މަސްދޯނިފަހަރާއި މާރުކޭޓް ގޮޅިތަކުގައި ގަވައިދާހިލާފައްތިބޭ މީހުންވެސް ހަމަތިދޮރުން ބޭރުކުރަންޖެހޭ ނުވަތަ މިތަންހަލާކުކޮއްލާނެ

The name is already taken The name is available. Register?

ހުސްޑްރާމާ

16 March 2024

ޤާނޫނުން މަނާވިޔަސް ޑޮލަރުން މުސާރަދޭން އެމްއެމްއޭއިން ދޫކޮށްލައިގެން މިތިބެނީ ކަޅުބާޒާރު އުފައްދަންށެއްނު. މިކަމުގައި އިހުމާލުވެފައިތިބި އެމްއެމްއޭގެ ވެރިން ހައްޔަރުކޮށްބަލަ!

The name is already taken The name is available. Register?

ގޮއްޔެ.

16 March 2024

މިވީ ހިސާބެއްގައި އެއްވެސް ސަރުކާރަކުން ސީރިއަސްކޮށް ވިސްނާ މައްސަލައެއްނޫން ތީ. މިދިޔަ ސަރުކާރުން ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް އެޅިނަމަވެސް އެކަށީގެންވާ ވަރުގެ ނަތީޖާއެއް ފެނިގެންނުދިޔަ. ބޭރުމީހުން ގެނެސް މަގުމައްޗަށް ދޫކޮށްލުމަކީ ބައެއްމީހުން ވިޔަފާރިއަކަށްވެސް ކުރަމުން އަންނަކަމެއް. ބިދޭސީމީހާ ޑީޕޯޓްކޮށްފޮނުވާލާއިރު އޭނާ މިޤައުމަށްވެއްދި މީހާއާދޭތެރޭ ފިޔަވަޅުނާޅާ ތިކަން ދުވަހަކުވެސް ހަމައަކަށްނޭޅޭނެ.

The name is already taken The name is available. Register?

ބޮއްޔެ

16 March 2024

ރާއްޖެ އެތެރެވުމަށްފަހު ޕާސްޕޯޓު އެއްލާލާފައި ފިލައިގެން އުޅޭމީހުން ތީގެތެރޭގައި ގިނައީ.

The name is already taken The name is available. Register?

ރޯޒަސް

16 March 2024

ތިވާހަކަ ނޫހައް އަރުވަނީ ދަޅަދައްކަން. ތީގެން ވާނެއް އެއްކަމެއްވެސް ނެތް. ރާއްޖޭގެ މަސައްކަތް ކުރާ އާބާދީގެ ދެގުނަ ބިދޭސީން މަސައްކަތްކުރާއިރު ޑޮލަރު ބޭރުވާނެ. އެމީހުން ބޭރުކުރަންވެސްޖެހޭ. ތިކަމުގެ މުގުލުގައި ތިބި ރިސޯޓްތައް ނިހިފެންޏާ ތީ ހަމަ ބޭކާރުކަމެއް. ދެން ތިފޮނުވާލި މީހާ އެހެން ޕާސްޕޯޓެއްގައި އެނބުރިއައިސް ހަމަ ތިކަންމަތީގަ ހުންނާނެ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

16 March 2024

މާދަމާ ތިޔަ މީހުން އަންނާނޭ ކޮންމެ މީހެއްގެ ނަމުގެ ފަހަތަށް "މިޔާ" އިތުރުކޮށް އާ ޕާސްޕޯޓެއް ހިފައިގެން ޑޮލަރު ވިއްކަދޭން! ދަންނަވަންތޯ ތިޔައީ ދުނިޔޭގެ ޕާސްޕޯޓް އިންޑެކްސް ގައި އެންމެ ފުލުގައި އޮތް ގައުމެއް ! ސަބަބެއް ނެތިއެއް ނޫން ގައުމުތަކުން ތިޔަ ބިދޭންސީ އެތެރެ ނުކުރަނީ...! ތިޔަ ބިދޭސީން ދޭ ހިދުމަތަށް ވުރެ މިހާރު އެމީހުން ގެ އުދަގޫ އިންތިހާޔަށް ބޮޑުވެފަ މިއޮތީ! މިކަމަށް ހަރުދަނާ ސިޔާސަތެއް ބެނުންވޭ!

The name is already taken The name is available. Register?

އަހްމަދ

16 March 2024

ހަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުންކޮޅެއްވެސް ޑީޕޯރޓް ކޮށްލަބަލަ. 10 ވަރަކަށް މީހުން ކޮށްލާއިރަށް އިސާހިތަކު އެކަންވެސް ހުއްޓިދާނެ.

The name is already taken The name is available. Register?

ައަންދަލޫސިޔާ

16 March 2024

އެއީ ޑިމާންޑާ ސަޕްލައިން ކަނޑައަޅޭ އަގެއް. ދިވެހި ރުފިޔާގެ އަގު ހުރީ ވެއްޓިފަ. ކާކަށްތޯ ކަޅުބާޒާރު ނޫން ރޭޓެއްގަ ޑޮލަރު ލިބޭނީ؟ މިހާރު ބޭންކުން ޑޮލަރެއް ނުވިއްކާ. ދިވެހިރާއްޖެ އަކީ ދަތްކޮށްޓާ އިލޮށިކޮޅު ވެސް ބޭރުން ގެންނަ ބައެއް. ދެން ބްލެކް މާރކެޓްގަ ޑޮލަރު ވިއްކާ އެންމެން ވެސް ބަނގުލަދޭޝްއަށްތޯ ފޮނުވާލަންވީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454