މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހަރަކާތްތެރިވަނީ: މާލޭ ކަސްޓޯޑިއަލް އިން ކުށްވެރިންތަކެއް ފިލި މައްސަލަ އަންނަނީ ތަހުގީގުކުރަމުން.
17 ފެބުރުއަރީ 2017 - 21:49
އާ ސަހަރާގެ ފުރަގަހުގައި ހުންނަ މާލޭ ކަސްޓޯޑިއަލް އިން މިދިޔަ ހަފުތާގައި ކުށްވެރިންތަކެއް ފިލައިފި އެވެ.
އެއީ، އެކި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރަންދެން ކުށްވެރިން ބައިތިއްބާ ތަނެކެވެ. އެތަނުގައި ކުށްވެރިން ތިބެނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކުށްވެރިންތަކެއް ފިލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މީހުން އަދިވެސް ނުފެންނައިރު، އޭގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ.
ކަސްޓޯޑިއަލް އިން ފިލީ، ކޮން މައްސަލަތަކެއްގައި ހިމެނޭ މީހުން ކަމެއް އަދިި ފިލި މީހުންގެ އަދަދެއް ވެސް ސާފެއް ނުވެ އެވެ. އެ މީހުން ފިލީ އެތަނުގެ ފާރުމަތިން ކަމެއް ނުވަތަ އެހެން ގޮތަކުން ކަމެއް ވެސް އަދި ނޭނގެ އެވެ.
މާފުށީ ޖަލު ފަޅާލައިގެން ވެސް ދޭތެރެ އިން ކުށްވެރިން ފިލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
18 February 2017
ފްލޯލެސް ޓައިޓޭނިޔަމް ކުއްވެރިންތަކެއް. ލޮލް
ހެއްވާ
18 February 2017
ޕްރިސަން ބްރޭކް ސީޒަން 5 ގެ ޕްރިވިއުއެއް ހަަމަ
ފެންވަރު
18 February 2017
ޤައިދީން ފިލީމަ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ އެކަން ހާމަކޮށް ޤައިދީންގެ ފޮޓޮޔާ ނަމާއެކު ޢާއްމުކޮށް ރައްޔިތުންނަށް ބިރެއް އޮތްނަމަ އެކަން ޢާއްމުކޮށް ހާމަކުރުން. ރާއްޖޭގަ އޮންނަނީ މަތިޖަހާ ފޮރުވާލުން. އެލަވަންސްތައް ނުދެއްންޏާވެސް ވެދާނެ މިހެން. ވެދާނެ ޖަލްސާއަށް ދާހިތުން ފިލައިގެން ނުކުތީކަމަށްވެސް ދެއްތޮ؟ ފިލިކަމަކަަށްވެސް ނުވާނެ. ދެން މާރާމާރީއެއް ހިންގީމަ އަނެއްކާ ގެންގޮސް ހައްޔަރުކޮށްފަ ބުނާނެ އެއީ ކުށުގެ ރެކޯޑް އޮތްމީހެކޭ ނޫނީ އުމުރަށް ޖަލަަށްލާފަ ހުރި މީހެކޭ! ކެކެ! މީ ރާއްޖެ!
ހައްލަށް އެދޭ މީހާ
18 February 2017
ކިހިނެއް އެމީހުން ފެންނާނީ، ގަވާއިދާ ޚިލާފަށް އުޅޭ ބަންގާޅީން މަޖީދީ މަގުގައި ތިބޭއިރުވެސް ނުފެނޭ..!! ރައްޔިތުން ސަމާލްވޭ....!!
ބޭބެ
18 February 2017
ފުލުހުންގެ މިއަހަރުގެ އަމާޒް : ކޮންމެ ފުލުހަކީ އޮފިސަރެއް ކަމުގައި ހެދުން.
ސެކިއުރިޓީ
18 February 2017
" ފިލި މީހުންގެ އަދަދެއް ވެސް ސާފެއް ނުވެ އެވެ. އެ މީހުން ފިލީ އެތަނުގެ ފާރުމަތިން ކަމެއް ނުވަތަ އެހެން ގޮތަކުން ކަމެއް ވެސް އަދި ނޭނގެ އެވެ." އެތަނުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެތެރެއިން މަދުވީ އަދަދު ނޭގޭއިރު ތިބިމީހުންގެ އަދަދުވެސް ނޭގޭނެތާ! އެމީހުން ފިލިގޮތް ނޭގޭކަމަށްވަންޏާ ކީއްކުރާ ފާރަވެރިންނެއް. ތިޔަތަނުގެ ސެކިއުރިޓީ ބަލަހައްޓަން ސެކިއުރިޓީ ބަލަހައްޓާ ކުންފުންޏަކާ ހަވާލުކުރަން ގޮވާލަން.
އަލީ
18 February 2017
ތިއީ މަމެން ޕިންކީންގެ އޯސަމް އެންޑް ފޮލޯލެސް ސަރުކާރުގައި ކަންކަން ހިންގާނެގޮތެވެ. ތަމެން ދެން ކީއް ކުރާނީ؟
ގައިދީ
18 February 2017
9 ވަނަ ދުވަހު ހިންގި ކަމެއްގެ ހަބަރު މިއަދު މި ލިޔުނީ..ޑިއުޓީ ގަ ތިބި މީހުންނަށް ފިލި ކަން އެގުނީ އެތާ ބޭރުގަ ތިބި ބަޔަކު ހަބަރު ދިނީމަ.. އޭގެ ތެރެއިން އެކަކު އެއީ އެދުވަހު މެންދުރު އުމުރަށް ޖަލައް ލުމަށް ހުކުމް ކުރި މީހެއް.. ބޭއިންސާފު ސަރީއަތް ކުރާ ތަނެއްގަ ހުކުމް ތަންފީޒު ކުރާކައް ނުޖެހޭ... އަންނި އައް އެކަންޔެއް ނޫނޭ ބޭއިންސާފުން ހުކުމް ކުރަނީ.. ނިކަމެތި މީހާޔަށް ހުކުމް ކޮއްފިޔާ ގައިދީ އެކަށް ވެފަ ސިޔާސީ މީހަކައް ހުކުމް ކޮއްފިއްޔާ ބޭއިނސާފު ސަރީއަތަކަށް މިވަނީ...މީ އެމްޑީޕީ އިން ވިސްނާ ގޮތައް ވީބާ.. އެެެއްމެން ވެސް އެއް ބޭނުމެއްގަ އެކަމަކު ކިޔަނީ .... ކޭ
ކަލޯގަޔާ
18 February 2017
ހުކުމަކަށް ޝަރީޢަތަކަށް ފާޑެއްނުކިޔޭނެ ކިޔާމީހަކު ޖަލަށްލާނީ ތިޔަކިޔާ އަންނިއަކުވެސް ދޫކުރީ މިސަރުކާރުން އޯސަމް ފްލޯލަސްކަމުން ޖުޑިޝަރީގަ ތިބިގާޒީންގެ ވާހަކަ ނުދައްކާ ޖުޑިޝަރީގެ ވެރިކަން ދީގެން މިސަރުކާރުން އުޅެނީ ފިލްމްސްޓާރަކަށޯވެސް ކިޔާއަޑުއިވޭ އެކަން ގަބޫލު ނުކުރެވެންޏާ ކުޑަކޮށް ސޯޝަލް މީޑިޔާ އަޅެބަލާލަބަލަ ބަލަން ނޭންގެންޏާ މީހަކު ލައްވާނަމަވެސް އަޅެ ބަލާލަބަލަ އޭރުން އެނގޭނީ ރުހުނަސް ނުރުހުނަސް ބޭއިންސާފުންކުރާ ކަންކަމުގެ ވާހަކަ ދައްކާހާ ހިތްވަރު ދިވެހިންގެ ގައިގައި އެބަހުރި ފަހަރަކު މީހަކު ޖަލަށްލިޔަސް ބޭއިންސާފު އިންސާފަކަށްނުހެދޭނެ އަނިޔާ ނިޔާއަކަށް ނުހެދޭނެ ނުރުހޭ އެންމެން ޖަލަށްލުމަކީ އަދުލު އިންސާފަކަށް ނުހެދޭނެ ކޮރަޕްޝަންގެ ފައިސާނަގައިގެން ހުކުންކުރާމަކަމާ ރިޝްވަތުދޭކަން މިގައުމުގައި ސާބިބުކޮށްދޭކަށް ނުޖެހޭ އެއީ އެންމެނަށް އެނގޭ ބޮޑުސިއްތެރެއް އެކަން ހަޖަމު ނުވާމީހަކަށް ނުވާންވީ ވާމީހަކަށްވާންވީ ހުތުރު ރީއްޗަށް ބަދަލުކޮށް ރީތިހުތުރަށް ބަދަލުކޮށްގެން ވެރިކަން މިސަރުކާރުން އުޅުނުވަރަަށް އުޅޭ އެހެން ސަރުކާރެއް ދިވެހިތާރީޚް ނުދެކޭ ދިވެހިން އުޅެނީ އުޅިގެނެއްނޫން އޮޅުންފިލައިގެން
Maldives
18 February 2017
ތިޔައީ ބޮޑުންނަށް އެނގިގެންވާކަންކަން.
ރަބަރޭ
18 February 2017
ސިންގަޕޫރައް ވަނީ........!