ޕީޖީ ހުސައިން ޝަމީމް: ރޯދަ މަހު އެ އޮފީހުގެ މުވައްޒަފުން ބައްދަލުވުންތަކަށް ފޯނު ވެއްދުން ވަނީ މަނާ ކޮށްފައި --- ފޮޓޯ/މިހާރު
20 މާޗް 2024 - 14:44
ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އޮފީހުގައި އުޅޭއިރު މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ.
ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ މަސައްކަތުގެ މާހައުލުގައި މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުން ކަމަށާއި އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ޝަމީމް ލިޔުއްވާފައިވާ ގޮތުން މޮބައިލް ފޯނު ގެންގުޅުން މަނާކުރުމުން، ދެން އެކި ފަރާތްތަކަށް ގުޅަން ބޭނުން ކުރަން ޖެހޭނީ އޮފީހުގެ ރަސްމީ ލޭންޑް ލައިން ފޯނެވެ. އަދި އިންޓަނެޓްގެ ހިދުމަތްތައް ހޯދުމަށް ވެސް ލެޕްޓޮޕް ފަދަ ވަސީލަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެކަން ކާމިޔާބުވެއްޖެ ނަމަ ރޯދަމަސް ނޫން މަސް މަހު ވެސް އެގޮތަށް އަމަލު ކުރާނެ އެވެ. ރޯދަމަހު ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ޓައީ އަޅަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
މިދިޔަ ރޯދަމަހު ޕީޖީ އޮފީހުން ހަމަޖެއްސީ ހަފުތާއެއްގެ ހަތަރު ދުވަހު މަސައްކަތަށް ނުކުންނަ ގޮތަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި ފަހަރު ނިންމީ ރޯދަމަހުގެ ފަހު 10 ގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށްފާޑެއްގެ
21 March 2024
އަބަދުވެސް ހިތައްއަރާ މީނަގެ މަސައްކަތް ކިހިނެއްބާވައޭ. ހައްތާވެސް އިވޭނީ މޮޅުވާހަކައިގެ އަޑުތައް. މަމިހުރީ މިތަނުގެ ކޭޕީއައި އާއި ތަފާސް ހިސާބު ހާމަކުރާނެ ދުވަހަކަށް. އޭރުންތާ އެގޭނީ މީހާގެ ކުޅަދާނަކަން
ޑރ ކުރުކޫޒާ
21 March 2024
ނަސީބެއްނު ރޯދަމަސްވީމަ ރޯދަވީއްލުން މަނާނުކުރިކަން.
ދެއްކުންތެރިޔާ
21 March 2024
ސްޓަންޓް ޖައްސަން އުޅޭ މީހެއް. އަބަދު ނޫހުން ސުރުޚީ ހޯދަން. ހުސްދޮގު. ތިތާ ކައުންޓަރުގަވެސް ތިބެނީ ވަރަށް ރޫޑު ކުދިން.
ލަތީސް އަލީ
21 March 2024
ވައިރަލްވާންއުޅޭ އަނެއް މީހާ މީނައަކީ
ރާއްޖެތެރޭ މީޙާ
21 March 2024
މަ ބުނަން އޮތް އެތި ތަންކޮޅެއް ކުޑަ، އެހެންވީމަ ރޯދަ މަސްކަމަށް ވުމާއެކު ދޫކޮށްލީ
ސަންޑޭ
21 March 2024
އެޓްންޝަން ސީކް ކުރަން. ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭހެން ހީވަނީ.
ޛޮން
21 March 2024
މީއި މިކަންކުރަޖެހޭ އެންެމެ ރަގަޅު ގޮތެނޫން އަދި ޤާނުނީ ގޮތުންވެސް، ސަބަބަކީ މުހަޒަފުންގެ މަސަކަތްތަ ވަޒަން ކުރަނީ ފޯނުއަތުލާފަ އެއްޗިހި ބޮލްކް ކޮގެނޫން.. އެކަމަކު ކޭޕީއައި އެކަންކުރަންވަނީ
ކިމް
21 March 2024
އުނހޫ ލެޕްޓޮޕް ވެސް ބޭނުންކުރާނެ ކަމެއް ނެތް. ދަރިން ގޭގަ ބައިތިއްބާފަ އޮފީހަށްދަނީ. ފޯނުބާއްވާފަ ވަދެފަ ކޮންސެންޓްރޭޓް ކުރެވޭނެ ވަކި؟
ދުނި
21 March 2024
މީހަކު މޮޔަ ވެދާނެ
ލަތީފާ
21 March 2024
ފޯނުގަ ގުޅައިގެން، ނޫނީ ޓެކްސްޓް މެސެޖު ކުރަމުން ސައިކަލް ކާރު ދުއްވުން ގިނަ. ޝަމީމްގެ ނިންމުމަށް ސާބަސް