23 މާޗް 2024 - 22:54
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސަޕްލައި ފެނުގެ ހިދުމަތް އަނެއްކާވެސް ކެނޑިއްޖެ އެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު "މިހާރު" އަށް މިރޭ ވިދާޅުވީ މިއަދު މެންދުރު ފަހު ފެނުގެ ހިދުމަތް ކެނޑުނީ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނިޒާރު ވަނީ އައްޑޫގައި ފެނުގެ ރިޒާވެއް ގާއިމް ކޮށްފައި ނުވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"މި ފަހުން ވެސް ދިމާވިތާ މައްސަލަ. ރިޒާވެއް ނެތީމާ ކިރިޔާ ވެސް މައްސަލަ ޖެހޭއިރު ފެނުގެ ހިދުމަތް އެއްކޮށް މި ކެނޑެނީ،" ނިޒާރު ވިދާޅުވި އެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ޕަމްޕެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕަމްޕެއް ހޯދައި، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް، އައްޑު އަށް އަލުން ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވެސް ގަވާއިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމުގެ ސަބަބުން ދިމާވި މައްސަލައަކާ ގުޅިގެން ހަތަރު ދުވަހަށް އައްޑޫން ސަޕްލައި ފެނުގެ ހިދުމަތް ކެނޑިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެހެހެހެ
24 March 2024
ބަޔަކު ކަން ކަން ކޮށްފަ އޮތީ ގޯސްކޮށް ކަން ދައްކަން ކުރާ ކަމަކާ ހާދަ ވައްތަރޭ، ނޫނީ އަނެއް ޑްޜޯން ގަނޭ އަނެއްކާ
ތަޖުރިބާކާރު
24 March 2024
ފެނަކައިގައި މަސައްކަތްކުރަމުންދާ ތަޖުރިބާކާރު ބޭފުޅަކާ މި ދިޔަ އަހަރު މެދެއްހާ ހިސާބުގައި ކޮފީއަކުން ދިމާވި. އެ ބޭފުޅަކު ވިދާޅުވީ، މިކަން މިހެން ވާނެކަމާއި ކުންފުނި ވައްޓާލާފައި އޮތް ހާލަތުން ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް. އެ ބޭފުޅާ އޭރު އެހެން ވިދާޅުވި ނަމަވެސް ބޮޑު ކުންފުންޏަކުން މިހެން މިކަން ކޮށްފައި އޮވެދާނެ ކަމަށް އޭރު ގަބޫލުކުރަން ދަތިވި. ނަމަވެސް މިއަދު މިދަނީ އޭރު އެ ބޭފުޅާ ވިދާޅުވި ކަންކަން ހަގީގަތަށް ފެންނަމުން.
ނިހާލް ސަލީމް
24 March 2024
މިކަން މި ސަރުކާރުގެ ބޮލަށް ޖެހުމުގެ އެއްވެސް ބޭނުމެއް ނެތް. އައްޑޫ ފެނަކަ އިންޖީނުގެ ކީއްކުރަން އެއްވެސް ތަނެއް މިދިޔަ ސަރުކާރުން ނުބަލަހައްޓާ.
ަޖަޑިބު
24 March 2024
އަދިވެސް ކުރީ ސަރުކާރު ނޫން ބަހެއްނެތީތަ؟ ސްލޯ މީހެކޭ ކަންކަން ސްލޯއޭ ކިޔަމުން ވެރިކަމަށް އެރިމީހުން، 5 މަސް ވިއިރު ވެސް އަދި އަމިއްލައަށް ކަމެއްގެ ޒިއްމާނަގާ ކަންކަންކުރަންއުޅޭތަން ނުފެެނޭ/
ރިފްއާން އިބްރާހިމް
24 March 2024
ސޯލިހް މުޅި ފެނަކަ ހަލާކު ކުރުމުގެ ހިތި މިފެންނަނީ.
ވިލްދާން މުހައްމަދު
24 March 2024
ރަނގަޅުތާ ދެން. ސޯލިހް ސަރުކާރުން އަޅާނުލާ އޮތް އޮތުން މި ސަރުކާރުން ދެން ހަމަޔަކަށް އަޅުވާނެތާ.
ފައްސާން ވަލީދު
24 March 2024
މީގެ ތަނެއް މިދިޔަ ސަރުކާރުން ނެތް އެއްވެސް ވަރަކަށް މެއިންޓެއިނެންސްކޮށްފަ. އެހެންވީމަ ވާނީ މިހެންތާ.
ރިފާއު އައްބާސް
24 March 2024
މީގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މިދިޔަ ސަރުކާރުން. އެހާ ވަރަށް ފެނަކަ ވައްޓާލާފަ ދިޔައީ މިމީހުން.
އަމީން މުހައްމަދު
24 March 2024
މިހެންތާ ވާނީ ސޯލިހް ސަރުކާރުން ދިޔައީ ފެނަކަ ބަގުރޫޓް ކޮށްފަ ވިއްޔާ.
ދަގަތްފާނު
24 March 2024
ފެނަކައިގެ ދަރަނި އެބައޮތޭ އަބަދު އޭނަ އެކިޔަނީ. އެހެން އެކަންއޮއްވާ ވައިކަރަދުއަށް ޖަނަރޭޓަރެއް ފޮނުވާފި. އަނެއްކާ އައްޑުއަށް ޕަމްޕެއް އެހޯދަނީ.
ބުރުތަގާލު
24 March 2024
ދަގަތްފާނާ ކޮއިފުޅާ! ދަރަނި އޮތުމުގެ މައުނަައަކީ ތަނަށް އެއްޗެއް ނުވަނުމެއް ނޫން. ތަނަށް ކިރިޔާވެސް ލިބޭ އެއްޗަކުން ޚިދުމަތް ދެވޭތޯ އެއްޗެއް ގަންނަކަން ރަގަޅެއްނު. ޖެނެރޭޓަރަކަސް ޕަމްޕަކަސް. ނިމިދިޔަ ސަރުކާރު ގޮތަށް ބޭކާރަށް ތަޅާ ނުބުރުވާކަން ރަގަޅެއްނު
ނުވިސްނާ
24 March 2024
މޭޔަރު މީ ކޮންކަމެއް ކުރައްވާ ބޭފުޅެއްބާ ؟ ރަށުގެ މިވަރު ކަމެއް އިސްނަގައިގެން ކުރަން ނޭގި ނޫނީ ބޮލުން ކަޓުވާލައިގެން ސަރުކާރު ބޮލުގައި އަޅުވަން ތިޔައުޅެނީ. އިސްތިއުފާ ދެއްވަންވީ ނޯންތޯ.
އެކްސްރޭ
24 March 2024
އެއީ ހެޔޮދޯ ކުންފުންޏަކުން އާމްދަނީ ހޯދަންކުރަމުންދާ މަސައްކަށްވިއަސްވެސް؟ އެކަމުގެ ޒިންމާނަގަންޖެހެނީ ހަމަ މޭޔަރާއި ކުރީސަރުކާރާއި އޭގެ ކުރީ ސަރުކާރުތަކުންދޯ؟ ބަލަ އެހެންއެވަނީ ވެރިކަމަށް އައިތާ 5 މަސްވިނަމަވެސް އަދި އޭގެފަހުން ކިތަންމެދުވަހެއްވިނަވެސް ހަމަ ކުރީ ސަރުކާރުން ކުރިކަމަކުނޭ، އެކަމަކު މަޖިލީސް އިންތިޚާބާއިދިމާކޮށް އެތައްހާސް މުޥައްޒަފުންނެއްވައްދައި އެތައްބަޔަކަށް ޕްރޮމޯޝަންދީފި، އޯކޭއެއްނުން