ކުޅިވަރު / އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި، ދެކުނު އޭޝިއާގެ އަނެއް ހަ ގައުމަށް ފޯރިގަދަ ވަގުތެއް

ގައުމީ ފުޓްބޯޅަ ޓީމުން، އެންމެ ފަހުން މާލޭގައި ކުޅުނު މެޗު: ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް މިދިޔަ އޮކްޓޯބަރުގައި ކުޅުނު ފަހުން ގައުމީ ޓީމުގެ މެޗެއް ނެތް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި، ރާއްޖެ ފިޔަވައި އަނެއް ހަ ގައުމަށް ފޯރިގަދަ ވަގުތެކެވެ. ކްރިކެޓްގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ސަރަހައްދުގައި ވެސް، ފީފާގެ އިންޓަނޭޝަނަލް ބްރޭކްގެ ބޭނުން ހިފޭތޯ ރާއްޖެ ފިޔަވައި އަނެއް ހަ ގައުމުން އެބަ ހަރަކާތްތެރި ވެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ މެޗުތަކަށް އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނު ގައުމީ ޓީމުން ތިބީ ކޭމްޕްކޮށްގެންނެވެ. އެ ބުރުން ފުރުސަތު ނުލިބުނަސް ސްރީ ލަންކާ އާއި ބޫޓާނުގެ ގައުމީ ޓީމު ތިބީ މުބާރާތަކަށް ހުސްވެގެންނެވެ. ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފީފާ ސީރީޒް މުބާރާތުގައި ބޫޓާން ވެސް ވާދަ ކުރެ އެވެ.

އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގެ ހަމަ އެއްވެސް ހަރަކާތެއް ނެތެވެ. އެފްއޭ އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. ގައުމީ ޓީމުގެ ހަރަކާތެއް ނެތް އިރު، ކްލަބް ފުޓްބޯޅަ ވެސް އޮތީ ހުއްޓި ހިމޭންވެފަ އެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފީފާ ސީރީޒް މުބާރާތުގެ ތެރެއިން: އެ މުބާރާތުގައި ބޫޓާން ވެސް ވާދަ ކުރޭ

އާ ސީޒަން ފަށާނެ ތާރީހެއް ނޭނގެ އެވެ. އެކަންކަމާ ކަންބޮޑުވެގެން، ކްލަބެއްގެ ސީނިއާ އޮފިޝަލަކު ސްޕޯޓްސް މިނިސްޓްރު އަބްދުﷲ ރާފިއުއާ ބައްދަލުކުރަން ވެސް ދިޔަ އެވެ.

އެހެން ކްލަބެއްގެ އޮފިޝަލަކު ބުނީ ޖޫން މަހުގެ ކުރިން ވެސް ސީޒަން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަންނަ ސީޒަންގެ ލީގުގައި 10 ޓީމު ވާދަކުރާ ގޮތަށް އެފްއޭއެމުން ހަމަޖެއްސިޔަސް، ޓީމުތަކުން ޕްރެކްޓިސް ކުރާނެ އެކަށީގެންވާ ވަސީލަތެއް ވެސް ނެތެވެ.

ކުޅިވަރު އެކުވެނީގައި އެފްއޭއެމުން ބަލަހައްޓާ، ދެ ދަނޑުގެ ހާލަތު ގޯހެވެ. ވިނަގަނޑު އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ. އެ ދެ ދަނޑުގެ ލައިޓިން ސިސްޓަމް ހައްލު ކުރަން ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރާ ކަމަށް 2019 ގައި އެފްއޭއެމުން ބުންޏެވެ. ފަސް އަހަރުވީ އިރު ވެސް މައްސަލަ އަށް ހައްލެއް ހޯދައެއް ނުދެ އެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި އިންޑިއާ އާއި އެފްޣާނިސްތާނު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުގެ ތެރެއިން

އެފްއޭއެމްގެ ވެރިންނަށް ތުހުމަތުކޮށް ބައެއް މީހުން ބުނާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިހާ ދަށް ހާލަތަކަށް ވެއްޓުނު އެންމެ ބޮޑު ސަބަބަކީ އެފްއޭއެމްގެ ފައިސާ އަށް ވެރިން ހިޔާނާތްތެރިވުމެވެ.

"މިވަރުގެ ގެއްލުމެއް ދެން އިތުރަކަށް ފުޓްބޯޅަ އަކަށް ނުދެވޭނެ. ފުޓްބޯޅައިގެ ޖީލަކަށް މީގެ އަސަރު ކުރާނެ،" ކްލަބެއްގެ ކޯޗަކު ބުންޏެވެ.

ޔޫތު ފުޓްބޯޅައިގައި މަސައްކަތް ކުރާ ކޯޗަކު ބުނީ 16 އަހަރުންދަށުގެ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ކުރިމަގުގެ ރަން ޖީލު އެބައޮތް ކަމަށެވެ.

"އެކަމަކު ކީއް ކުރާނީ މިތާންގަ ހާލަތު އޮތް ގޮތުން އެ ކުދިންގެ ޕޭރެންޓުން ވެސް ތިބީ މާޔޫސްވެފަ،" ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ

ލަންކާގައި ކުރިއަށްދާ ފީފާ ސީރީޒްގައި ބޫޓާން ޓީމުގެ ކުޅުންތެރިން ޕްރެކްޓިހަށް ނުކުންނަނީ

ފީފައިން ދޭ ފައިސާ އަށް އެފްއޭއެމްގެ ވެރިން ހިޔާނާތްތެރިވާ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު ޑިވެލޮޕްމެންޓް ފަންޑް އެފްއޭއެމަށް ނުދީ ފީފާއިން ވަނީ ހިފަހައްޓައިފަ އެވެ.

އެފްއޭއެމްގެ މުސާރަތައް ދިނުމަށް 381،000 ޑޮލަރު ދިނުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 200،000 ޑޮލަރު މިހާރު ވަނީ އެފްއޭއެމަށް ޖަމާކޮށްފަ އެވެ. އެ ފައިސާއިން މުވައްޒަފުންނަށް މުސާރަ ދީ ބެކްލޮގް ވަނީ ކުޑަކޮށްފަ އެވެ.

"އެފްއޭ ޕެރަލައިޒް ވިޔަ ނުދޭން، ފައިސާކޮޅު ވެސް އެ ދެނީ،" އެފްއޭއެމްގެ އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕާކިސްތާނާއި އުރުދުން މިދިޔަ ހަފުތާގައި ކުޅުނު މެޗުގެ ތެރެއިން

ހަރަކާތް ހުއްޓިފައި ވުމުން، މިއަހަރު ދެން ގައުމީ ޓީމުން މެޗެއް ކުޅޭނެ މެންޒަރު ވެސް ނުފެންނަ ކަމަށް ކުރިން ވާހަކަ ދެއްކި، ކްލަބްގެ ކޯޗު ބުންޏެވެ. މި ހާލަތަށް ފުޓްބޯޅަ ވެއްޓިގެން ދިއުމުގެ ގެއްލުން ގައުމީ ޓީމަށާއި އޭއެފްސީ މުބާރާތުގައި ވާދަ ކުރާ ކްލަބަށް ވެސް ކުރާނެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ އަހްމަދު ތޯރިގް ވިދާޅުވެފައި ވަނީ، މިހާރު އޮތް ހާލަތުން ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ ގޮތުން ނޯމަލައިޒޭޝަން ހާލަތަށް އެފްއޭއެމް ގެންދަން ޖެހޭ ކަމަށެވެ.

"ފެންނަފެނުމުގައި އެފްއޭއެމް ނޯމަލައިޒްކޮށްގެން ނޫން ގޮތަކަށް ވިގަނިއަރާފައިވާ ކަންކަން ހަމައަކަށް ނޭޅޭނެ،" ސޯޝަލް މީޑިއާގައ ތޯރިގް ވިދާޅުވި އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލަ

26 March 2024

އަދިވެސް ތިޔަކަން ކުރިޔަށް ގެންދެވޭނީ ނިއުރޭދިއަންޓް ސްޕޯޓްސް ކުލަބު ވެސް އެއްވަނަ ޑިވިޝަނަށް މިއަހަރު ކުޅެވޭނެގޮތް ހަދައިގެން. ފޯރިހިފާނީ ނިއު 1ވަނަ ޑިވިޝަނުގައި މިއަހަރު ކުޅޭވޭގޮތްހަދާ ވިކްޓަޜީ، ވެލެންސިޔާ އެއްވަނަ ޑިވިޝަނުގައި އޮވެގެން އަދި ރަނގަޅު ހިންގުންތެރިއަކު އެފް،އޭ.އެމް އާއި ހަވާލުވެގެން

The name is already taken The name is available. Register?

ބުލްބޯޅާ

25 March 2024

ތިޔަ ގޭންގުތަކުން ތިކަން ކުރަންޏާ އަހަންނަށް ރަނގަޅީވެސް ތިގޮތް. ފުޓުބޯޅަ ކުރިއަރުވާކަށް ނޫން މިހާރު ފުޓުުބޯޅަ ކުޅެނީ، އެހެން ކަންތައްތަކެއް ދޮންނަށް ކުނޑި އަޅައިން ދޮންނަން. ކަންމަތީ ކަޕުތައް ވަގު ފުޓްސެލް ދަނޑުތަކުގެ ކުޅެލަކުޅެލާ ތިބޭ. ސަރުކާރު ކުންފުނި ތަކުން ސްޕޮންސާ ވެސް ލިބޭނެ. އެކަމް ގައުމު ތަމްސީލު ކުރަންށޭ ކިޔާފަ ފުޓުބޯޅަ ކުޅެން ދެން ބޭރަށް ދާނެ ކަމެއް ނެތް. އެހެން ކުރާނެ ކަންކަން އެބަހުރި

The name is already taken The name is available. Register?

ސަސި.

25 March 2024

ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައޮތްނަމަ ބައްސާމަގުޅޭ ކޮންމެވެސް ހަބަރެއް ކޮންމެ ދުވަހަކު ނޫހުގަ ނޯންނާނެދޯ. އެފްއޭއެމްއަކީ ބައްސާމު، ބައްސާމަކީ ފުޓްބޯޅަ

The name is already taken The name is available. Register?

ޥަގުތުެގެއަސަރު

26 March 2024

2011 ގެނައި ކޯޗް އުރުބާނީ ފަސްވަރަކަށް އަހަރު ކުރި މަސައްކަތުގެ ފޮނި މީރުކަން 2018 ނަސީބުވެސް އެހީވި ލިބުނު ފަހުން އަޑި އަޅަމުން ގޮސް އައިނު ކަނޑާ ފެނާ ޖެހޭ ހިސާބުގ މިހާރު ޓީމު މޯޓިވޭޓް ވާނީ 2018 ތަށި ހޯދި ކޯޗް ކަހަލަ ހަރުކަށި ކޯޗަކަށް.. 2018 އުރުބާނީ ނެތުމުން ދެރަ އެކަމް އޭނާ އާއި ނިއު ކޯޗް ދިވެހިން ހޭނުވި ރީތި ބޯޅަ ގިނަ އިރު ހިފަހައްޓާ ޗާންސް ހޯދި ފައިނަލް އިންޑިއާ އާއި ދެކޮޅަށް... މަށަ.. ޔަގީން އަދިވެސް އޮސްކާ ގައުމީ ޓީމް ހަވާލު ކޮއްފަ ދީ 5އހރ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454