ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
26 މާޗް 2024 - 11:00
މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުން އަންނަ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.
ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާ އަށް ވާދަކުރާ ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑު ވަރަށް އުފަލާ އެކު މި ދަންނަވަނީ، ޗައިނާ ސަރުކާރުން ހިލޭ އެހީގައި، ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
"ޗައިނާގެ ޑެލިގޭޝަން ކަމާ ބެހޭ ޓީމް މިހާރު ރާއްޖޭގައި އެބަ އުޅޭ، އެ ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ކޮށް ނިމުމުން އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ."
މަސައްކަތެއްކުރަން މަޖީދީމަގު ކޮނެފައި މާރާމާތުނުކޮށް-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އަޅާ، ބަޖެޓު ހިފެހެއްޓި ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
27 March 2024
މަލޭ މީހުން ރޭ ގުއިގަ ޗައިނާ މީހުން މުރުއްބާ ކައްކަނީ! އެކަން ކުރަން ކުންފުނީގެ ޗައިނާ މީހުން އައިސް ސާވޭއެއް ހަދަނީ!
1234566
27 March 2024
ހިލޭ އެހީގަ ހެދިޔަސް ބައެއް ދިވެހިން އިޒްތޭލުގެ ފީކަޅާ ސިފަތައް ހުންނަނީ
ޙައްގުބަސް.
27 March 2024
ޗައިނާ ރާއްޖެއަ ބޮޑެތި އެހީ ލިބޭ. އިންޑިޔާ ޝަރުތުކޮއް ގައުމުގެ ކަންކަމާ އަތްބާނަނީ.
ށަނދާޅިޓަ
26 March 2024
އެކަމުގަ ޗައިނާއިން ހުށައަޅާ ހަމައެކަނި ސަރުތަކީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުން، ދެއްތޯ؟
ދަގަތްފާނު
26 March 2024
ގައުމަށް ލިބޭހާ ބޭރުގެ ހިލޭއެހީ އެއީ ކ.މާލޭ ރަށުތެރޭ ކަންކަމަށްދޭ އެހީގެގޮތުގައި ދައްކައިގެން އެއްރަށް ދައުލަތުގެ މައުމޫނިއްޔަ ބޯދާ ސަގާފަތް އުވާލަން ރަށްރަށު މަޖުލިސް މެންބަރުން ތެދުވާންޖެހޭ. މިސާލަކަށް ރާއްޖެއަށް ޗައިނާއިންދޭ އެތައް ބިލިއަނެއްގެ ހިލޭއެހީ އެއީ ޅ.ނައިފަރުގެ ރަށުތެރޭ ކަންކަމަށްދޭ ފައިސާކަމަށް ދައްކައިގެން އުޅެގެންފިއްޔާ އެކަންވެސް ހުއްޓުވަންޖެހޭނެ.
ޢަނަސް
26 March 2024
ޏަތިންގ އިޒް ފްރީ
އަހުމަދުބޭ
26 March 2024
ކިތައްމެ ޗާލުމަގުތަކެއް ހެދިޔަސް މަގުތަކުގައި ޕާކްކުރުމަށް ހައްލެއް ނުގެނެސް މަގުގެ ރީތިކަމެއް އަދި ރައޔިތަކަށް ލިބޭނެ ހިއްހަމޖެހުމެއްނެތް، އެހެން ނަމަވެސް ޗައިނާއިން ތިޔަކަން ކުރަން އިސްނެގުން އިންޑިއާއަށްވުރެ ރަގަނޅަށް ތިކަން ކުރެވޭނެ
1206
27 March 2024
މަގަކީ ޕާކު ކުރަން އޮންނަ ތަނެއް ނޫން.
ހިލޭ ޗައިނާ
26 March 2024
ތިކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އޮންނާނެ. އެއްވެސް ބަޔަކު ހިލޭ ކަމެއްކޮށްނުދޭނެ އެމީހުންނަށް ކޮންމެވެސް އެއްޗެއް ނުލިބެންޏާ
ހަންބޭބޭ
27 March 2024
އަޑިން 10 ވަރަކަށސް ފަޅުރަށެއް ނޫނީ ފަޅެއް ދިގު މުއްދަތަށް ދޭނީ. ހެހެ
ގެދާނޯމޮސް
26 March 2024
ހަނިކަމުން މީހަކަށް ހިނގާފަ ނުދެވޭވަރުގެ މަގުތަކުގަ ސައިކުޕާކިންގް ކުރަން އެމަގުތަށް ނުހެދިޔަސް ހެވެ. ބަދަލުގަ ބޭނުމީ އެސަރަހައްދުން ނެގެން ހުރި ގެތަކުގެ ބަދަލު ގޯތިދީގެން ނަމަވެސް މަގުހަދައި ޕާކިންއެވެ. މިކަން ނުވަންޏާ ވޯޓްހޯދަން މިގޯޅިތަކަށް ވަނުމުގެ ބޭނުމެއް ނެތެވެ.
ދޮހޮއްތު
26 March 2024
އުފާވެރި ހަބަރެއް. ހިލޭ ހިލޭ މުޅިން ހިލޭ.