މާލޭގެ ޓްރެފިކް ބަލަހައްޓަން ފުލުހުން ނުކުމެ: ރޯދަމަހާ އެކު މާލޭ މަގުތަކުގެ ޓްރެފިކް ވަނީ އިތުރަށް ބާރުބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 މާޗް 2024 - 13:28
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ، މާލެ ސަރަހައްދުގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ރޯދަ މަސް ފެށުނު ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ވައްކަމުގެ 101 މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާ އާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވުމެވެ. މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ފުލުހުންނަށް މާލެ ސަރަހައްދުން ހުށަހެޅިފައި ވަނީ ވައްކަމުގެ 15 މައްސަލަ އެވެ.
އެއީ މާލެއިން ކުރި ވައްކަމުގެ 79 މައްސަލަ އާއި ހުޅުމާލެއިން ކުރި ވައްކަމުގެ 22 މައްސަލައެކެވެ. މާލެ ސަރަހައްދުން ވައްކަން ކޮށްފައި ހުރީ ރޭގަނޑު އެވެ.
މި ރޯދަ މަހު ހިނގާފައިވާ އެކްސިޑެންޓްތަކުގައި ވެސް އެކި މީހުންނަށް އެކި އަނިޔާތައް ލިބި، އުޅަނދުފަހަރަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ.
އެ މުއްދަތުގައި ހިނގި އެކްސިޑެންޓްގެ 86 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، އެއީ މާލޭގައި ހިނގި 48 އެކްސިޑެންޓާއި ހުޅުމާލޭގައި ހިނގި 38 އެކްސިޑެންޓެވެ. އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައި ހުރީ ހަވީރު ވަގުތު އެވެ.
ބްރިޖް އަދި ހައިވޭ އެކްސިޑެންޓްގެ ނުވަ މައްސަލަ ވެސް ޕޮލިހަށް ރިޕޯޓުކޮށްފައިވެ އެވެ.
ފޭރުމުގެ 20 މައްސަލައެއް ހުށަހަޅާފައި ވާއިރު އެއީ މާލެ ސަރަހައްދުން ރިޕޯޓުކުރި 16 މައްސަލަ އާއި ހުޅުމާލެ ސަރަހައްދުގެ ހަތަރު މައްސަލަ އެވެ.
އޭގެ އިތުރުން މަނާ ގަޑިތަކުގައި ދުއްވައިގެން 63 މީހަކު ޕޮލިހުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
27 March 2024
ކުއްވެރިން ޖަލުގަ ކަމެއް ވިޔަސް އެމްޑީޕީ ކުއްވެރިންގެ ދިފާއުގަ ތެދުވޭ. ސިޔާސީ މީހުން ކުއްވެރިންގެ ދިފާއުގަ ތެދުވީމަ ގައުމު ހަރާބުވޭ. ދެރަ
ޖޯކް
26 March 2024
މިތަން މިހާރުމީ އުޅެން، ދަރިޔެއް ބޮޑުކުރަން ހެޔޮވާވަރުގެ ތަނެއްނޫން. މުޅިން ހަލާކުވެ ނިމިއްޖެ. މައިގްރޭޓް ވުން އެއީ މަގެންގުޅޭ ވިސްނުމަކީ. އަދި ކޮންމެސް ދުވަހަކު މިކަން ފުރިހަމަ ކުރެވޭތޯ ބަލާނަން.
ކިހިނެއް
26 March 2024
ބަޔަކު ގައުމު ހަލަބޮލި ކުރަން މިދިޔަ އިންތިހާބުގަ ވޯޓް ދޭ ގޮތައް ބޮޑެތި ކުއްވެރިންވަނީ ޖަލުން ދޫކޮއްލާފަ
ފޮނިފޮނިޓައްޕު ކުމާރު
26 March 2024
ރޯދަމަހަކީ ވައްކަމާ އަޅުކަމާ ތަޤުވާގެ މަސް. މީ ދިވެހިރާއްޖޭގެ އެކަން އޮންނަ ގޮތް.
ޢަހު
26 March 2024
ކޮ ބާ އަދި އިސްރާފް ކުރުމުގެ ވާހަކަ
ޔަހޫޔާ
26 March 2024
ޖެއްސުމައް ވޯޓްދޭމަތިން ކުއްވެރިން ދޫކުރީ ހަމަ ގަސްތުގަ އިބޫ
އާދަނު33
26 March 2024
ހީނުކުރާ ކަހަލަ މީހުން ވައްކަންކުރަންއުޅޭ.. ވަރަށް ސަމާލްވާންއެބަޖެހޭ
ބައިރޯ
26 March 2024
މިސްކިތުގެ ސަފުތައް ދެބައިކުޅައް އެއްބައި މަދަު، ވައްކަންވީ އިތުރު ރަންގަޅުތާ!!
ޜައި
27 March 2024
ޢިންތިހާބޯ ކިޔައިގެން ސަރުކާރު ކުންފުނިތަކުގެ މީހުން ވެސް އެކި ކަންކަމަށް ގެންދަނީ، ރަށްރަށަށާއި މަސައްކަތްތައް ނިންމުވަން، ރޯދަމަހަކު މިހާ މަސައްކަތް ބުރަވި ފަހަރެއް އަދި ނާދޭ. މިސްކިތަށް އެހެންވެ މަދު ރެއެއެްގަ ނޫނީ ދާނެ ފުރުސަތެއް ނުލިބޭ
ސައިޚް
26 March 2024
މި ޚަބަރުންވެސް މިވެރިކަމުގަ ގައުމު ކުރިއެރުން ހޯދައިފި ކަމަށް ގަބޫލުކުރަންޖެހޭ، އަދި މަޖިލިސް މެޖޯރތިޓީ ލިބިއްޖެއްޔާ އޮބިނޯންނާނެދޯ.؟
ޖެއްސު
26 March 2024
އެހެންނުން ވާނީ އިބޫ ދިޔައީ ވޯޓްދޭމަތިން ބޮޑެތި ކުއްވެރިން ދޫކޮއްލާފަ. އޭގެ އިތުރުން ރިޝްވަތުވަޒީފާއާ ރިޝްވަތުބަހާ މުޅިގައުމު ހަލާކުކޮއްލާފަ
ކަބާ
26 March 2024
މިދިޔަ 5 އަހަރު ދޫކޮށްފަ ހުރީ ހުސް ވަގުން ފޭރޭމީހުން ޕޮލިހުންނަށް ނުކެރޭނެ ލިސްޓުއާންމުކުރާކަށް އޭގެން މީހަކަށް ހުކުމެއް އަންނަނީ 100 ވައްކަމުން އެތްވައްކަން ސާބިތުވަނީ ވީމަވެސް ކޮންމެފަސްއަހަރަކުން މީއްޗެހިތައް ދޫކޮށްލާ އިބޫ ސަރުކާރުން ދޫކޮށްލި މީހުންގެ ލިސްޓު އާންމުކުރަން މަޖިލީހައް ގޮވާލަން
ގުދުގުދާބެއްޔާ
26 March 2024
ތިޔަ ވައްކަމުގަ ގިނައީ ރަށުން ފުންމާލިގޮތައް މާލެ އައިސް ގަޔައް ހިނިއަރައިގެން އުޅޭ ބަގަ! މަސައްކަތެއް ކޮއްލައިގެން ވަޒީފާއެއް އަދާކޮއްލައިގެން އުޅޭކައް ނުކުރޭ!
ކިންލި
26 March 2024
މީކިހިނަކުން ވާކަމެއްބާ؟ ޖަލުގަތިބި ސައިތާނުން މިނިވަން ވަނީބާ ރައިސްގެ ހެޔޮފުޅުކަމުން.
ފޫނު
26 March 2024
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވަނީ ވޯޓްދޭ މަތިން ގިނަ ކުއްވެރިންތަކެއް ދޫކޮއްލާފަ އެހެންވެ ވާނެ ގަތަރެތި މިވަނީ