31 މާޗް 2024 - 12:18
ޕެރިސް (މާޗް 31) – ޕީއެސްޖީ ދޫކޮށްލުމުގެ ވިސްނުން ކިލިޔަން އެމްބާޕޭ އަދިވެސް ގެންގުޅެފާނެކަމުގެ އުންމީދު އެބައޮތް ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ހިލޭ ޓްރާންސްފާގައި، ރެއާލް މެޑްރިޑަށް ބަދަލުވާން މިދިޔަ މަހު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެއާލްއާ އެކު އެމްބާޕޭ ނުރަސްމީ ވާހަކަތައް ކުރިއަށްގެންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިހާތަނަށް އެއްބަސްވުމެއް ނެތެވެ.
ވާދަވެރި މާސޭއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންރީކޭ ބުނީ އެމްބާޕޭ ޓީމުގައި މަޑުކޮށްފާނެ ކަމުގެ އުންމިދު އަދިވެސް އޭނާ ދޫކޮށްނުލާ ކަމަށެވެ.
މާސޭ އާއި ފީއެސްޖީގެ ކުރިމަތިލުން މަޝްހޫރުވެފައި އޮންނަނީ ލި ކްލާސިކޭގެ ނަމުންނެވެ. މިއީ އެމްބާޕޭގެ އެންމެ ފަހުންގެ ކްލާސިކޭގެ މެޗަށް ވެދާނެތޯ އެންރީކޭ އަ ސުވާލު ކުރި އެވެ.
"ކީއްވެ މީ އޭނާގެ ފަހު ކްލާސިކޭ މެޗަށް ވާންވީ،" ސުވާލު އުފައްދައި އެންރީކޭ ވާހަކަ ދެއްކި އެވެ.
"މި ސީޒަނުގައި ހަތަރު ތަށި ހޯދައި، އެންމެ ފަހު ވަގުތު ކިލިއަން އެމްބާޕޭ ޕެރިހުގައި މަޑުކުރަން ބޭނުންވާ ކަމަށް ނިންމައިފިނަމަ، ވިސްނާލާ ދެން ވާނެ ގޮތް!.
"ކީއްވެ ނުވާންވީ، ބަލަން ތިބެމާ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy