ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ބަޔަކު އެހީވަނީ.
03 އެޕްރީލް 2024 - 12:28
ފުވައްމުލަކުގައި ރޭ ވެސް އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.
ފުވައްމުލަކު ދިގުވާޑު އަވަށުގައި އެ އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެންނެވެ.
ފުލުހުން ބުނީ ރޭ 11:30 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ.
އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.
ފުވައްމުލަކުގައި ރޭ އެކްސިޑެންޓެއް ހިނގާފައި ވާއިރު އޭގެ ކުރީ ރޭ ވެސް ވަނީ ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެން އެކްސިޑެންޓެއް ހިނގައިފަ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ވެސް އިއްޔެ ރޭ ފަތިހު މާލެ ގެނެސް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ވެސް ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ. އެއީ 32 އަހަރުގެ ފިރިހެނެކެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު މުދިމު
04 April 2024
ތިޔާހެންވީމަ ދަރަންޔައް ނަގައިގެން ދުއްވަމުން ގެންދަވަ ސައިކަލުގަ ބާރު ސްޕީޑު ގަ ހޭކެޑޭ ވަރައް ނުދުއްވާށޭ މިކިޔަނީ. ދެން ބޭސްފަރުވާވެސް ކުރަންޖެހޭނީ ސަލާން ޖަހައިގެން. މިޔާހެންވެގެން އެއްޗެކައް އެރުނީމޭކިޔާފަ ސައިޒޫ ނޯލޭންވީ... އަވަސް ޝިފާޔަކައް އެސޮރައް ވަރައްބޮޑައް އެދެން.
ޙ. ޙުސައިން
04 April 2024
ބާރަށް ދުއްވާމީހުން ޕޮލިހުންނަށް ނުފެންނާތީ ފިޔަވަޅު ނޭޅެނީ، ފުލުންގެ މައްސަލައެއްނެތް. ޏަމަވެސް ފުލުހުންގެ ބޭނުން، މަސްޢޫލިއްޔަތު ފުލުސް ބޭފުޅުންނަށް ފަހުމު ނުވަނީސް ފުލުން ތިއްބެއް ކަމަކު ލިބޭނޭ މޮޅެއް ރައްކާތެރިކަމެއް ނެތް.
ރަޖަބު
04 April 2024
ގަވާއިދާ ޚިލާފަށް ދުއްވާގެން ލިބޭ ގެއްލުމަށް އާސަންދައިން ބޭސްފަރުވާ ކޮށްދިނުން ހުއްޓާލާ އެމީހާ އަމިއްލައަށް ބޭސްފަރުވާއަށް ޚަރަދު ކުރާގޮތަށް ހަމަޖައްސަންވީ. އޭރުން ކޮންމެވެސް ވަރަކަށް ވިސްނާނެކަމަށްބެލެވޭ.
ކޮރަލް
03 April 2024
އެ ދެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. މައްސަލަ ތައް ދިރާސާ ކޮށްފަ ރަނގަޅު ކުރަން ފިޔަވަޅު ތަކެއް އަޅާބަލާށެވެ. ބާރަށް ދުއްވާ މީހުން ހުއްޓުވާ މުޖުތަމައު އަށް ކޮންމެ ވެސް ހިދުމަތެއް ކުޑަ ދުވަސް ކޮޅަކަށް ކޮށްދޭ ން ޖެހޭ ގޮތަށް ހަދަން ވީ އެވެ.
MySuperGreenDOTcom
03 April 2024
ރާއްޖެއަށް އެތެރެކުރާ ސައިކަލްތަކުގެ އަދި އެހެންވެހިކަލްތަކުގެ ސުޕީޑު ކޮންޓުރޯލު ކުރުމަކީ ދާދިފަސޭހަކަމެއް، ކީއްވެތޯ ނުކުރަނީ؟ (ވަކިވަރަކަށްވުރެން ބާރަށްނުދުއްވޭގޮތަށް ވެކިކަލްގެ އިންޖީނަށް ބަދަލުގެނައުން) މިރާއްޖޭގައި ކީއްކުރާ 100 ނުވަތަ 200 ކިލޯމީޓަރ ޕަރ އަވަރ ސުޕީޑެއްތޯ؟ ލ.ގަން ނޫނީ 10 ވަރަކަށް ކިލޯމީޓަރު ހަމަވާރަށެއްވެސް ރާއްޖޭގަ އޮތީކީނޫން
ސަންފާތު
03 April 2024
ސްކޫޕީ ދައްތަ ނަންވާނީ!
އަހައްމަދޫ
03 April 2024
ސާބަހޭ. އެއްތަންކޮޅު ވެސް މަޑުނުކުރާތި އިނގޭ. އެހެންނޫނީ ޒުވާނަކައް ނުވާނެ. ސައިކަލް އެއް ދުއްވި ކަމަކައް ނުވާނެ.
ހޭބަލި
03 April 2024
ހޭދިބުއްދިފިލާފައިވާ މާބޮޑު މިނިވަންކަމެއް ލިބިގެން އުޅޭ ތަނެއްގައި އެކްސިޑެންޓް ހިނގާނެ. އެއީ އަޖާއިބުވެ އަންތަރީސްވާންޖެހޭ ވަރުގެ ކަމެއް ނޫން.
އަސްލުތާ
03 April 2024
4ފުލުހުން ކޮޅުވެސް ތިބެނީ ފިތިފައި... އެހެން ވީމާ ހަމަ ނުކރެނީ ކިތަންމެ ބާރަށް ދުއްވިއަކަށް އެއްޗެއް ބުނެލަން އަދި އެފަދަ މީހަކާ ދިމާލަށް ބަލާލާކަށްވެސް ނުކެރެނީ... ދަށުވެފައި ތިބީމަ... ފުލުހުންގެ ޒުވާން ކުދިްނކޮޅުވެސް އަގުބޮދު ފޯނާއި ބޮޑެތިސައިކަލުތައް ހޯދަނީ 'އެފަދަ ކުދިން' ގެ ދީލަތި އެހީގަިއ ކަމަށް ވަނީ... ކުރިން އަދީބު ދިނީ ބޮޑެތި މީހުންނަށް މިހާރު "މަގުމަތި ކުދިން" ދެނީ އާދައިގެ ފުލުހުންނަށް...
ޓެކްސް ފައިސާ
03 April 2024
ބާރަށް ދުއްވާ މީހުންނަށް ދައުލަތުގެ ހަރަދުގައި ބޭސްކުރުން މަނާކުރާ ގާނޫނެއް ބޭނުންވޭ!