ޓޫރިސްޓު ރިސޯޓުތައް. ރިސޯޓުތަކުން ލިބޭ އާމްދަނީން އަށް ބިލިއަން ރުފިޔާ ވަނީ ގެއްލިފައި --
04 އެޕްރީލް 2024 - 13:14
މިދިޔަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީން 529 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) މަދު ވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ހެދި ރިޕޯޓެއް ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ޖުމްލަ 3.9 ބިލިއަން ޑޮލަރު (60 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ރިސޯޓުތަކަށް 2022 ވަނަ އަހަރު ވަނީ 4.4 ބިލިއަން ޑޮލަރު (68 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފަ އެވެ.
ރިސޯޓުތަކުގެ އާމްދަނީ ދަށްވި އިރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ 406 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ދަށްވެފަ އެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އަށް ވަނީ ފަސް ބިލިއަން ޑޮލަރު ވަދެފަ އެވެ. ޓޫރިޒަމް ދާއިރާ އަށް 2022 ވަނަ އަހަރު 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެ އެވެ.
- ޖުމްލަ އާމްދަނީ: 5 ބިލިއަން ޑޮލަރު (ކުރީ އަހަރާ ބަލާއިރު،
- ރިސޯޓުތަކުން ލިބުނު އާމްދަނީ: 3.9 ބިލިއަން ޑޮލަރު
- ރިސޯޓުތަކުގެ ޓީޖީއެސްޓީ: 481 މިލިއަން ޑޮލަރު
- ރިސޯޓުތަކުން މަދުވި އާމްދަނީ: 529 މިލިއަން ޑޮލަރު
ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ދައުލަތަށް ދައްކާ ޓެކްސްގެ ތެރެއިން 85 ޕަސެންޓު ހިއްސާކުރަނީ ރިސޯޓުތަކެވެ. މިދިޔަ އަހަރު ރިސޯޓުތަކުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 481 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާގެ 90 ޕަސެންޓު ލިބެނީ ރިސޯޓުތަކުންނެވެ. މިދިޔަ އަހަރު ރިސޯޓުތަކުން 61 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ ދަށަށް ދިޔަ އިރު އޮކިއުޕެންސީ ރޭޓު ވެސް އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށްވަމުންނެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ލިބޭ އާމްދަނީ ދަށް ވަނީ ރާއްޖޭގައި ޓޫރިޒަމަށް އޮންނަ ޑިމާންޑު ރިސޯޓުތަކުން ގެސްޓްހައުސްތަކަށް އެނބުރިފައިވާތީ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ސަރުކާރުގެ ޓާގެޓަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. ސަރުކާރުން އަންނަނީ މި އަހަރު ނިމޭ އިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށަން ތައްޔާރުވަމުންނެވެ. އާ ޓާމިނަލް ބޭނުން ކުރަން ފަށައިފި ނަމަ އަންނަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެ، އުފެއްދުންތެރިކަން ވެސް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެެއެޑަމް
06 April 2024
އަޅުގަޑުގެ ވިސްނުމަކީ ރިސޯޓުތަކުގެ ބުކިންނާއަދިމިނޫންވެސް ހުރިހާފައިސާއެއް ޖަމާކުރަނޖެހޭނީރާއްޖޭގެ ބެންކުތަކައްކަމައް ޤާނޫނަކުން ކަޑައަޅާއަދިރިސޯޓުތަކުގެ ޓެކުސް P ޕަސެންޓުކުޑކޮއްލުން އޭރުން ޓުއަރިޒަމްގެފައިދާ ރައްޔިތުންނައްއޙުސާސްވާނީ އޭރުންފެންނާނެ ކިތައްޓަނު ކަރަޔާކިތައްހާސް ކާށިކަންބެހެނީ ކީއްވެގެންތަ ރާއްޖޭގަހުރިއެއްޗެއްވިއްކާއިރު ރާއްޖެއައް ޕޭމަންޓްނުހެދެނީ!
ހަސަންްްްްްްްްްްްްް
05 April 2024
ތީ ޓެކްސް ނުދައްކަން ފަތުރާ ވާހަކަ. ރިޒޯޓް ހިންގާ ކުންފުނިތަކުގެ އޮޑިޓެޑް ފައިނޭންޝަލްސް ކޮބާ؟؟
ބަބޫ
05 April 2024
އެވީގޮތަކީ އިންޑިޔާގެ ޗީޕް ގެސްޓުން ގެނައުން. ހަމަ އެކަނި ރޫމް ޕޭ ކޮށްލައިގެން އުޅެނީ. މި އަހަރު އެހެނެއް ނުވާނެ. ރަޝިޔާ އާއި ޔޫރަޕްގެ މީހުނަށް ރިސޯޓްތައް ޗައިނާގެ ގެސްޓުންނަށް ގެސްޓްހައުސް ވިޔަފާރި.
ކަކުނިބޯ
04 April 2024
ޜަންބިސް އޮޑިމިހޮނަށްދޭހެން ދޭއެއްޗެއް ރިސޯޓްތަކުން. 2000 ޑޮލްރަށް ރެއެއް ވިއްކާފަ ރެކޯޑްކުރާނީ 400ދޮލަރަށް ވިއްކިކަމަށް ޓިޖީއެސްޓީ ދައްކާނީ 400ދޮލަރަގެރޭޓުންބަލާގެން އަދި ރަންބިސް އަތުގައި ބަހައްޓާފައި ރިހިބިހުން ދިވެހިފައިސާއިން ޓެކްސްދައްކާނީ އަދި ކޮބާތޯ އެދައްކާ ޓެކްސްފައިސާކޮޅުން އަދި ޖެހޭ އެސޮރުމެންފެ ރިސޯޓްތަށް މާރކެޓްކޮށްދޭން ބަޖެޓްއިން ބައެއްދޭން. ގައުމުކާހުސްކުރަނީ މިބައިގަޑު. ދައުލަތުން މަރކެޓްކުރަންޖެހެނީ ހަމައެކަނި ޓުރިޒަމެއްއެއްނޫން
އަހުމަދު
04 April 2024
ރިސޯޓް ތަކަށް ލިބޭ އާމްދްނީ އަކީ އެގޭން ހުންނަ އެއްއްޗެއްނޫން. ރިސޯޓްތަކަށް ލިބޭ އާމްދަނީ ޖަމާވަނީ ބޭރު ގައުމުތަކުގެ ބޭންކުތަކަށް. ރިސޯޓްތަކުގައި ވަޒީފާގައި %90 އާއި ގާތްށް ތިބެނީ ބޭރު މުއައްޒިފުން އެމީހުންގެ މުސާރަވެސް ޖަމާވަނީ ބޭރު ބޭންކުތަކަށް. ދެންދްނީ ބޭރު ގައުމުތަކަށް. ރިސޯޓް ކުލިވެސް ގްވާއިދުން ދައްކަމުން ނުދޭކަމަށްވަނީ. ވީމާ މަޓީގެ އިހުލާސް ތެރިކާއިމެދުވެސް ސުވާލު އުފެދޭ. މަޓީ އަކީ ކޮންބޭނުމަކު ކޮންބަޔަކު ކޮންޓްރޯލް ކުރާތަނެއްތޯ؟
ހުސެއިނުބެ
04 April 2024
މިކަމުގެ ހިތާމައިގަ ސަރުކާރު ބަންދުދުވަހެއް ކަޑައަޅައި، ރިސޯޓްތަކުން ނަގަމުންދާ ހުރިހާ ޓެކުހެއް ވަގްތުން ވަގްތައް ހުއްޓާލަން ފެނޭ. ރިސޯޓް އޯނަރުންމަށް މި ލިބުނު ގެއްލުމުގެ ބަދަލުގައި ކޮންމެ ރިސޯޓަކަށް ދެފަޅު ދީ ކުލި 99 އަހަރަށް މަފުކޮށްދޭން ޖެހޭ. އަދި ޒަކާތު ފަންޑުމް ގާޒާއަށް ދޭން ކަޑައެޅި ބައި ރިސޯޓްތަކަށް ދިނުމަށް ގޮވާލަން.
ބިލިއަންމީހުންޕުލެނެޓް
04 April 2024
ނަތިންގ ލާސްޓްފޯ އެވާރ ގެސްޓް ހައުސްތައް ރާއްޖޭގައި ނެތުމުން ލިބޭ މޮނޮޕޮލީގެ ސަބަބުން ރިސޯތަކަށް ލިބޭ އާމދަނީ އިތުރުވިޔަސް ރާއްޖެ ވަންނަ ޓޯޓަލް އާމްދަނީ އިތުރުވާނެހޭ ސުވާލަކީ އަބަދު އެއް ޕުރޮޑަކްޓަކަށް ޑިޕެންޑްވެގެން ނުތިބެ މުޅި އިގްތިސޯދު ޑައިވާރސިފައި ކުރަން ވީ ރިސޯޓުތަކަށް އަންނާނެ މީހުން ތިބޭނެ ބިލިއަނުން މީހުން އުޅޭ ޕުލެނެޓެއް މިއީ
ޕިކްސް
04 April 2024
ވަކިކޮޅަކަށް ބުރަވެފައިވާ ބަޔަކު ނެރޭ ރިޕޯޓުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނިއްޔާ ރަނގަޅުވާނީ.
ބަކުރުބޭ
04 April 2024
ބޭންކްތައް މެދުވެރިކޮށް ރާއްޖޭން ބޭރުވި ޑޮލަރގެ އަދަދާ ބޭންކުން ރާއްޖޭގެ އެތެރެއަށް ބޭރުކުރެވުމު އަދަދު އެނގުނީމާ މިޖަހާ ސަކަރާތް ރަންގަޅާށް ބަލައިލެވޭނީ. މިނޫހުން މިކަހަލަ ހިސާބެއް ހާމަ ކޮށްލެވިދާނެތަ
ޑރ. ރާމީ ޙަސަން މަނިކު ޕީ.އެން.އެފް
04 April 2024
މިދިޔަ އަހަރު އިބޫ ގެ ސަރުކާރުން އޮތީ ހުރިހާ ޗާންސް އެއް ރިސޯޓް އޯނަރުން-ނަށް ހުޅުވާލާފަ! އެމީހުން ބޭނުން ގޮތަކަށް އެކައުންޓް ތައް ލިޔެ ހުށައެޅީމަ، ފައިދާ ވެސް ފެއްނާނީ އެ މީހުން ބޭނުން ގޮތަކަށް!