ޚަބަރު / ފުލުހުން

"119 ކިލޯ ޑްރަގް މައްސަލަ ސާބިތުވާ ވަރަށް ތަހުގީގު ކުރިން"

119 ކިލޯ ކޭސްގައި ފުލުހުން ހިފެހެއްޓި ބައެއް މަސްތުވާތަކެތި--

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލަ ފުލުހުން ތަހުގީގު ކޮށްފައި ވާނީ ތުހުމަތު ކުރެވުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑިސެމްބަރު 12، 2021 ގައި ރާއްޖެ އަށް 119 ކިލޯ ޑްރަގް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކުރި އެވެ. އެއީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދު އެވެ.

އެ މައްސަލާގައި ޒުބައިރުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ސުނައިނާއި މުޖާހިދު މިނިވަން ކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެ ތަހުގީގާ ގުޅޭ ވަރަށް ތަފްސީލް ވީޑިއޯ ރިޕޯޓެއް ދެއްކި އެވެ.

އެ ރިޕޯޓުގައި 119 ކިލޯ ޑްރަގްސް މާލެ އެތެރެ ކުރި ގޮތާއި އެތަކެތި ރައްކާ ކުރުމަށް ތުހުމަތު ކުރެވޭ މީހުން ކުރި މަސައްކަތާއި އެ މީހުންނާ ގުޅުވައި ފުލުހުން ހެކި ހޯދި ގޮތުގެ ތަފުސީލްތައް ފުލުހުން އާންމު ކުރި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މި ތަހުގީގުގައި މި ކޭސްގައި ހިމެނޭ ހަތަރު މީހުންނަށް ކުށް ސާބިތު ކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި އެވެ.

މުހިންމު ހެކި ހުރި، ކޯޓުން ފޯނު ވެސް ހުޅުވައި ނުދިން!

މި މައްސަލާގައި ފޯނުގެ މައުލޫމާތުތައް ހިމެނޭ ރިޕޯޓް ފުލުހުން ހިމަނާފައި ނުވާ މައްސަލަ ގަޒިއްޔާގައި ބުނެފައިވާ އިރު ޝާކިރު ވިދާޅުވީ ތުހުމަތު ކުރެވޭ މީހުންގެ ފޯނުގެ ޕާސްވޯޑު ހޯދަން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރެއް ނުނެރެދިން ކަމަށެވެ.

"އާންމު އުސޫލެއްގައި އެފަދަ އަމުރެއް ނެރޭ އިރު އަޑުއެހުމެއް ނުބާއްވާ. އެހެން ނަމަވެސް މި މައްސަލައިގެ ހައްސާސްކަމުން އަޅުގަނޑުމެން އެދުނިން އަޑުއެހުމެއް ބާއްވާފައި ވިޔަސް އެކަން ޕްރޮސެސް ކޮށްދެން. އެހެން ނަމަވެސް އެ ފުރުސަތެއް ނުދިން. ކްރިމިނަލް ކޯޓުން ނިންމީ އަމުރު ދެވޭނެ ހާލަތެއް ނެތް ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

ވަރަށް އުންމީދާއެކު އެ ފުރުސަތު ލިބޭނެ ކަމަށް ބަލައިގެން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރި ކަމަށާއި ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް އެ ކޯޓުން ނިންމި ނަމަވެސް އެ ކޯޓަކުން ވެސް ފޯނުގެ ޕާސްވޯޑުތައް ހޯދުމުގެ ފުރުސަތެއް ނުލިބުނު ކަމަށް ޝާކިރު ވިދާޅުވި އެވެ.

"ދަށު ކޯޓުގައި އެކަމާ ގުޅިގެން ބަހުސެއް ހިނގާފައި ނުވާތީވެ ހައި ކޯޓަކުން އެ އަކަށް ރިއާޔަތް ނުކުރޭ. ނުބޭއްވޭ މަރުހަލާއެއްގެ ބަހުސެއް ނުހިނގާނެތާ،" ޝާކިރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑްރަގް ޓްރެފިކިން ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓާ އަހުމަދު ވަހީދު ވިދާޅުވީ ޝަރީއަތް ނިމެންދެން ތުހުމަތު ކުރެވޭ ތިން މީހުން ބަންދު ކޮށްފައި ވަނިކޮށް އެ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރު ނެތި މައްސަލަ ލަސް ވާ ކަމަށް ބުނެ އެ މައްސަލާގައި ހިމެނޭ މުޖާހިދު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ފަހުން އެ ނިންމުން ބާތިލުކޮށް އޭނާ އަލުން ބަންދު ކުރި އެވެ.

ވަހީދު ވިދާޅުވީ މުޅި މައްސަލައިގެ ޒިންމާ ޒުބައިރު ނަގަން އުޅޭ ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި މައްސަލަ ނިމިގެން އައީ ވެސް ހަމަ އެ ގޮތަށް ޒުބައިރުގެ މައްޗަށް އެކަނި މައްސަލަ ސާބިތުވެގެން ކަމަށެވެ.

24 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބސ877

06 April 2024

ޖަޖައްލާރިގަނޑެއް ދެނިކޮން ތިކަމުންސަލާމަތްވާނެ. ލާރިއައްދެވިހިފާފަތިބޭބައެއް ގިނައީ

The name is already taken The name is available. Register?

×ސ×އއއ

05 April 2024

ދިވެހި ބަހުން ލިޔާ ނަމަ ސުކުނަށް ބަލާލަބަލަ.. ބައެއް ފަހަރު ހީވޭ ބިދޭސީންބާއޭވެސް.. އ ސުކުނާއި ށ ސުކުން.. މިދެން ރޮކެޓު އިލްމެއް ނޫން ވިއްޔަ

The name is already taken The name is available. Register?

ކުރަފަތް

05 April 2024

މިގައި ދެން އަޅުގަނޑުމެން އާންމު ރައިއްޔަތުން ކީއްތޯ ކުރާނީ. ތަހުގީގު ކުރުމުގެ ޒިންމާއާއި ބާރު ވަނީ ތިޔަ ބޭފުޅުންގެ އަތުގައި. މައްސަލަ ކޯޓްތައަށް ހުށަހަޅަނީ ޕީޖީ. ސާބިތުވޭތޯ ނޫންތޯ ނިންމާނީ ކޯޓުތަކުން. ކޮންމެވެސް އެއް ފަރާތެއްގައި މައްސަލަ އުޅޭތީތާ 119 ކިލޯ ޑްރަގްއިން މީހުން ސަލާމަތްވެގެން ތިޔަދަނީ. އެހެންގައުމެއްގައި ނަމަ އުމުރައްޖަލަށް ނުވަތަ މަރުގެ އަދަބު ލިބޭނެ. ތިޔަކަހަލަ ވާހަކަ ދެއްކުމުގެ މަގްސަދު އަކީ ކޮބައިތޯ؟

The name is already taken The name is available. Register?

މަސްތުގެ ވަބާ ސިޔާސީ ވެރިންގެ ހަތިޔާރެއް!

05 April 2024

މި ގައުމުގަ 2000 ވުރެ ގިނަ ޑްރަގް ވިއްކާ މީހުން. ފުލުހުންނައް ފެންނަނީ އޭގެ ބައިކުޅަބައި! ތަހުގީގު ކޮއް ޖަލައްލަނީ މިލެވެނީ އޭގެ ބައިކުޅަބައި! ސަރުކާރު ސަޕޯޓް ހޯދުމައް އުމުރު ދުވަހައް ޖަލައްލާފަ ތިބި މީހުން މާފުކޮއް ދޫކޮއްލާނެ! 2 ޓަނު ޑްރަގް ކިހިލިޖަހާލައިގެން މަޖީދީ މަގުގަ ފާޅުގަ ދާމީހާ ވެސް އެންމެ ގިނަ ދުވަހު ޖަލުގައި ކުކުޅު ކާން މަޑުކޮއްލަން ޖެހޭނީ ދެތިން އަހަރު! ފަލަ ސުރުހީގަ ލިޔާވަރުގެ ހަބަރެއް ނޫން މިއީކީ!

The name is already taken The name is available. Register?

ވަކީލްް

05 April 2024

ކޯޓުގަ ތިޔަ ހުރިހާ ވާހަކަ ދެއްކިތަ؟ އަސަރުގަދަ ޖަޒުބާތުގެ ފިލްމުތަކެއް ޖާދޫގަ ފަނޑިޔާރު ނުޖެހޭނެއެވެ. ފަނޑިޔާރު ބަލާނީ ގާނޫނަށެވެ. ތިޔަގޮތަށް ކުރުފިލްމެއް ބެލުމަށްފަހު މީހަކު އުމުރު ދުވަހަހަށް ޖަލަން ލާން ނިންމޭނަމަ ފަނޑިޔާރަކަށް އަންނަން އެތައްއަހަރަކު ޔުނިވާސިޓީން ކިޔެވުމުގެ ބޭނުމަކީ ކޮބާ؟ ފުލުހުން ޑްރާމާ ދެއްކުމުގެ ބަދަލިގަ ދާންޖެހޭނީ މަތީކޯޓަށް. ސިސްޓަމުގެ އަގު ވައްޓާލުމަށް ކުރާ ކަމަށްނޫނީ ތިޔަކަމެއް ނުވާނެ.

The name is already taken The name is available. Register?

ސިކުނޑި

07 April 2024

މައްސަލަ ހިނގައި ދިޔަގޮތް ބަލާލާފަ ކޮމެންޓް ކުރުން ވަރަށް މުހިންމު!

The name is already taken The name is available. Register?

އައްޑޫ ނުސް

05 April 2024

ކޯޓްތަކުގެ މަސްސަލަ ވަރައް ބޮޑު.

The name is already taken The name is available. Register?

ޕޮލިސް

04 April 2024

ސީދާ ފުލުހުން ހަދާ ގޯހުން މިހާ ބޮޑެތި މައްސަލަ ސާބިތުނުވަނީ.

The name is already taken The name is available. Register?

މެންގްރޫވް

05 April 2024

ތިބޭޅާ ހިތުން ވަރަށް އާދައިގެ މަސައްކަތެއް އެމީހުން އެކުރަނީ. މަދު ވަގުތުކޮޅެއް ހޭދަކޮށްގެން! ތިކަހަލަ ނާތަހުޒީބު ވިސްނުމުގެ މީހުން އުޅޭތީ އެބާވަތުގެ ކުއްކުރާ ބޭފުޅުންނަށް ހިތްވަރު ލިބެނީ!

The name is already taken The name is available. Register?

ހަމީދު

04 April 2024

ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ނިންމާ ނިންމުން ތަކާ މެދު ސުވާލު އުފެދޭ. ހަމަ އެއްފަނޑިޔާރުންތަކެއްގެ ފަރާތުން މި ކަން މިފެންނަނީ ، ޖޭ.އެސް.ސީ އިން އެބަ ޖެހޭ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް ދޭން.

The name is already taken The name is available. Register?

ކޮރަލް

04 April 2024

ޕީޖީ ނޫނީ ގާޒީ ގެ މައްސަލަ އަކަށް ވެދާނެ އެވެ. ތަހުގީގު ކޮށް ނިމި ޕީޖީ އަށް ފޮނުވާ މައްސަލަ ތަކުގަ ދެން ފުލުހުން ސައްކުވާ މީހުންގެ ކޯލް ރިކޯޑް ކުރަން ވި އެވެ.

The name is already taken The name is available. Register?

ވޯލް

04 April 2024

ތާޢްޖެގެ ޑްރަގް އެތެރެކުރާ ބަޔަކު ކޯޓު. މި މައްސަލާގައި ފޯން ހުޅުވަން ކޯޓު އަމިރު ނުދިން ގަޒީގެ މައްސލަ ބަލަންޖެހޭ އަދި ފަންޑިޔަރު ކަމުން ވަކި ކުރަންވެސްޖެހޭ. ކުށްވެރިން ކުށްކޮށްފަ ދެން މައްސަލަ ބަލާ ގާޒީ ކާރިން ލަފާ ހޯދަނީ ކުށް ސާބިތު ނުވާނީ ކޮށްކާމެއް ތަހްޤީގުގައި ގޯސްކޮށް ވެގެންތޯ. ދެން އެކަމެއް ގޯސްކުރަން ރިޝްވަތު ދޭންޖެހޭ ބަޔަކަށް (ވަކި ވަކި ފުކުހުން، ގާޒީން. ހެލިވެރިން) ކުށްވެރިން ރިޝްވަތު ދީގެން މައްސަލަ ސާބިތު ނުވެގެން ދަނީ.

The name is already taken The name is available. Register?

1828

04 April 2024

މައްސަލަ ސާބިތިކުރެވެނީ ހަމައެކަނި ތުހުމަތުކުރެވޭ މީހުންގެ ފޯނު ހުޅުވައިގެންކަމަށްވަނީ ނަމަ ދެން ބުނާނެ އެއްޗެއްނެތް. އިންސެންޓް ރައްޔިތުންގެ ފޯންކޯލް އަޑުއެހޭ ފުލުހުންނަށް. ދެން ކީއްވެ އެކަންކަން ކުރާމީހުންގެ ފޯންކޯލްތައް އަޑު އަހައިގެން ހެކި ނުހޯދެނީ؟ ކުށްކުރާމީހާ މިޖެހެނީ މައްސަލަ ސާބިތުކުރަން ހެކި ހުށަހަޅަންވެސް. ބަލަ މިއީ 21 ވަނަ ގަރުނޭ. ފުލުހުން އެހާ ފަހަތުގައި އުޅެގެން މިކަންކަމެއް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

މެންގްރޫވް

05 April 2024

1828 އަކީ ހަމަ ސީދާ ރޯނު އެދުރެއް ކަން ޔަޤީން ވެއްޖެ! ބަލަ ބޭފުޅާ އަށް ނޭނގޭތޯ ކޯޓު އަމުރާ ނުލާ ހޯދާ މީހުންގެ ފޯނު އަޑުއަހައިގެން އެ ވެލިޑް ނުވާކަން. ވަގަށް އަޑު އެހިދާނެ، އެކަމަކު ބޭނުން ނުކުރެވޭނެ އެއްޗެއްވީމަ ކޮބާ ފައިދާއެއް. ކޯޓު އަމުރު ނެތި ފޯނު އަޑުއަހާފަ ވާތީވެ ދޫކޮށްލިއެއްޔާ ބުނާއިރަށްވެސް މީނަ ކޮމެންޓް ކުރާނެ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454