މާލޭ މަގުމަތީ ކުނިކަހަން ހުރި ވެމްކޯގެ މުއައްޒަފެއް-- ފައިލް ފޮޓޯ: މިހާރު
05 އެޕްރީލް 2024 - 15:20
މާލޭގެ މަގެއްގައި ކުނި ކަހަން ހުރި އަންހެނެެއްގެ ގައިގައި ރޭ ސައިކަލަކުން ޖެއްސުމަށް ފަހު އެ މީހުން ފިލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިއްޒުއްދީން މަގުގައި ކުނި ކަހަން ހުއްޓާ ސައިކަލަކުން ޖެއްސުމުން އަނިޔާވީ ފުލުހުން ބުނިގޮތުގައި އުމުރުން 48 އަހަރުގެ ދިވެހި އަންހެނަަކަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭގެ 11:30 ވާން އުޅެނިކޮށް ކަމަށާއި ސައިކަލުން ޖެއްސި ދެ މީހުން މަޑުނުކޮށް، ފިލާފައިވާ ކަމަށެވެ.
"އެ ސައިކަލާ އެކު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
މާލޭގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ ވެމްކޯ އިންނެވެ. އަދި މަގުތަކުގެ ކުނިކެހުމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
06 April 2024
ހިޔާ ފްލެޓް ކުޑަ ތަންކޮޅެއްގަ އެތައް ހާސް ކެމެރާ އެކެވެ. މާލޭ މަގު ތަކުގަ ކެމެރާ އެއް ނެތެވެ. އަމިއްލަ މީހުން ކައިރީ ފްޓޭޖް ހޯދަން އާދޭސް ކުރަނީ އެވެ. ހުރި ކެމެރާ ތައްވެސް ހުރީ ސިޔާސީ މީހުންގެ ދޮރު ބުޑު ފެންނަ ގޮތަށެވެ. އެމީހުންގެ ސެކިއުރިޓީ އަށެވެ. ނޫސްވެރީން މިކަން ވެސް ބަލާލަ ދީ ބަލާށެވެ.
އައިޝާރ
06 April 2024
މިކަމަށް އިންސާފެއް ނުލިބޭނެ އެކްސިޑެންޓު ކޭސް ތަކުގަެި ޕޮލިހުން އޮތީ ފެއިކް ވެފަ. ކޭސް ތައް ފައިލް ކުރެވުނީމަ ނިމުނީ ހަނާވާނީ ނިކަމެތި ރައްޔިތު މީހާ
އަހައްމަދޫ
06 April 2024
މިއުޅޭ ބާރައް ދުއްވާ ރޯމިޔޯތައް ކޮންއިރަކުންތަ ކޮންޓްރޯލް ކުރެވޭނީ
އިހްސާސް
06 April 2024
ތިއޮއްހާ ފުލުހުން ކީއްތޯތިކުރަނީ؟ މިއީ ބޮޑެތި މަގުތަކެއް އޮތްތަނެއް ނޫން. ފުއްޕާފަ ދުއްވާމީހުންނަށް އެޅޭނެ ފިޔަވަޅެއްނެތީތޯ؟
ސަނީސައިޑްބޮންޑް
05 April 2024
ކުރަންވީކަމަކީ ކުނިކަހާނިމެންދެން ވެހިކަލްތަކަށް މަގުބަންދުކޮށްލަންވީ.
މީދާ
05 April 2024
ރިސްކު އެލަvންސް ދޭންޖެހޭނެ.
ޢަބުދު
05 April 2024
ތިކަން ތި ނިމުނީނު، އެމީހުން ފިލީ، ދެން ނިމުނީ. ގައިމު ފިޔަވަޅު އެޅޭނަމަ ތިކަހަލަ ކަންތައް ރިޕީޓް ނުވާނެ. ތިޔަ ޒާތުގެ ކިތައް ކަންތައް ހިނގަނީ.،
އުދުހޭ
05 April 2024
މަގުތަށް ކުނިކަހަން މަގުމެތަށް ނިކުމެއުޅުމަކީ ގާނޫނީގޮތުން ހުއްދަ ކަމެއްބާ؟ ދިވެހިރާއްޖޭގައި ގިނަފަހަރަށް ކަމެއް ވީމާ ބަލާލާއިރު ގާނޫނުގަ އެބައި ނޯވެ. އެހެންވީމާ އަނިޔާ ލިބޭ މީހާއަށް ކުރެވޭނެކަމެއް ނޯވޭ.
ސުންގޮބޮޅި
05 April 2024
ހަމައެކަނި ކުނިކަހާމީހާ ގައިގަ ޖެއްސީމަކާއެއްނޫން، މަގުމަތީ ސުލޫކެއްނެތި އަވިއްސެއްހެން ސައިކަލްތަކުގައި އުޅޭ މީހުންނަށް އަދަބުދީ ސައިކަލްވެސް ދިގުމުއްދަތަކަށް ހިފައްހައްޓަންވީ. އެމީހަކު އުޅޭނެގޮތަކަށް އުޅެވެން އޮތީމަ ކުނިކަހާމީހާ ކީއްކުރަން މިސްކިތު ނަމާދަށް ހުންނަމީހާގެ ކަންފަތްކާލާފަވެސް އެދަނީ. މިސްކިތުހުންނަ ފަންކާވެސް ވަގަށް ނަގަނީ.
އަމިއްލަ ހިޔާލު
05 April 2024
މީ ވަރައްދެރަކަމެއް، އަހަރެމެން މިގައުމާދޭތެރެ ނުވިސްނާ ވަރަކައް އެހެންބަޔަކު ވިސްނާނެކަމައް ބެލުމަކީ ގޯހެއް، ޕޮލިހުން މިހާރު ވެއްޖެ ޒިންމާދާރުވާން މިބުނަނީ ކޮންމެ ރައްޔިތެއް ފަހަތުގަ ޕޮލިހެއް ބަހައްޓާ ވާހަކައެއް ނޫން، މަގުމަތި ގައި ޕެޓްރޯލް ކުރުން ގިނަކޮއް ޑިއުޓީގަޑީގައި ތޮހޭދަކުރާ ވަގުތު ރައްޔިތުން ނައް ފައިދާވާ ޒިންމާދާރު ކަމެއް ކަމޭހިތާގެން މިކަން ކުރަން ވެއްޖެ.