އޭޑީކޭ ހޮސްޕިޓަލް: ނަސީރަށް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 އެޕްރީލް 2024 - 11:20
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރޭސިން ސައިކަލެއްގައި ޖެހި އެކްސިޑެންޓިވި މީހާ އަށް އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ހއ. ކެލާ، ފޭރުމާގޭ، އުމުރުން 69 އަހަރުގެ އަލީ ނަސީރު އެކްސިޑެންޓުވީ ހުޅުމާލޭ "މަސްޖިދުއް ރަޝީދު" ގައި ތަރާވީހު ނަމާދުކޮށް، ނިމިގެން ގެއަށް ވަންނަނިކޮށް، އެ ގެ ކައިރީގައި ރޭސިން ޖަހަން އުޅުން ޒުވާނެއްގެ ސައިކަލުން ޖެހިގެންނެވެ.
އަލީ ނަސީރަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ނަމަވެސް ފަހުން އާއިލާ އިން އެދިގެން އޭޑީކޭ ހޮސްޕިޓަލަށް ބަަދަލުކުރީ އެވެ.
އަލީ ނަސީރުގެ ދަރިފުޅު، މުހައްމަދު ސާއިފް ބުނީ ނަސީރު އަށް އަދި ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެކަމަކު، މިހާރު މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
އެ އެކްސިޑެންޓުގައި ނަސީރުގެ ބޯ ފަސް އިންޗި އަށް ވުރެ ބޮޑަށް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅި، ފުއްޕާމެޔަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި އުމުރުން 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިކާންޓް
09 April 2024
ރާއްޖެ އަށް ރޭސިންގް ސައިކަލް އެތެރެ ކުރުން މަނާ ކުރާށޭ އަދި ރާއްޖެ އަށް އެތެރެކުރާ ހުރިހާ ވެހިކަލްސް ތަކުގެ ސްޕީޑަކީ އެއީ ގަޑިއަކު 20 ކިލޯ މީޓަރަށް ލިމިޓް ކުރާށޭ ވައި ކާންޓް އައިި ބްރީދް ވެން އެވަރ އައި ތިންކް އެބައުޓް އިޓް ވައި ކާންޓް އައި ބްރީދް ވެން އެވަރ އައި ތިންކް އެބައުޓް އިޓް...
އަލީ އަސްފާގު
09 April 2024
ދުވަހަކުވެސް އަނިޔާ ލިބޭ މީހާއަށް އިންސާފު ހޯދައިދެވޭ ވަރުގެ ގާބިލް ކަމެއް ދިވެހި ސަރުކާރުގަ ނޯވޭ. ކުއްވެރިން ގެ ދަށުވެފަ ފުލުހުންނާއި ގައުމުގެ ވެރިންތިބީ. އިސްލާމް ދީނާއި ދުރު ގޮތަކަށް ގާޒީންގެ ހުކުމްތަށް ފެންނަނީ. ދީނުގެ ވެރިކަން ކުރާނަމޭ ބުނެ ދީނޭ ކިޔައިގެން އައި ސަރުކާރު ވެސް ޕާޓޭންނާ ގުޅިނިމިއްޖެ، ދީނޭ ކިޔައިގެން ސިޔާސީ ވާހަކަ ދައްކަމުން ދުވި ސަލަފުވެސް މިހާރު ވަނީ ހަވާސާއިން ގެއްލިފަ. ދިވެހިންނަށް މިއަށްވުރެ ރަގަޅު ވެރިއަކު ބޭނުންވޭ.
ޖުމްރީ
09 April 2024
އެއްވެސް ފިޔަވަޅެއް އެޅުނުތަ ސައިކަލު ދުއްވި އިންސާނާއަށް
ރޭސިންބޯއި
09 April 2024
ފަސްސަތޭކަ ފޫޓް ދިގު ހަނި ގޯޅިތަކުގައި ރޭސިން ނުޖެހޭނެ. ތިވާނީ އަޑުގަދަ ސައިކަލެއް އެގޯލިންދަނިކޮއް ޖެހުނީކަމަށް.