ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑްރަގް ބުލެޓުތަކެއް --
23 އެޕްރީލް 2024 - 23:33
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ބުލެޓުތަކެއް ދިރުވާލައިގެން ފުލުހުންގެ ބަންދުގައި ހުރި މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
"މިހާރު" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާލު ދެރަވެފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.
އޭނާގެ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ބުލެޓު ފޮރުވާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އޭނާގެ ހާލު ދެރަވެ، އައިޖީއެމްއެސްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން އިތުރަށް ބުނީ، އެ މީހާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
24 April 2024
މިފަދަ ހާތަލުގައި މަރު ބައްދަލުކޮށްފިއްޔާ ކިތަންމެހާވެސް ދެރަ. އެކަމަކު މަސްތުވާ މީހުންގެ އާބާދީ ކުޑަވުމަކީ ހިތްހަމަޖެހުމެއް އޮތް ކަމެއް.
ބަޑިތަކުރު
24 April 2024
މިހާވަރުންވެސް މި މީހާގެ މައްޗަށް ކުށެއް ސާބިތުވާނެބާ؟
އިސްމާލި
24 April 2024
ކަލޯ މަވެސް ހަމަ ތިހެން ހިތަށް އަރައި ކޮމެންޓުކުރަން މި އައީ. މިވަރުންވެސް ކޯޓުން ބުނާނެ ކާފީ ހެކި ނެތޭ. ޗެއިން އޮފް ކަސްޓަޑި ފުރިހަމަ ނުވެޔޭ.
ނުވާނެ.
24 April 2024
އެއީ އެމީހާ ގަސްދުގައި ދިރުވާލި އެއްޗެއް ކަމެއް ސާބިތު ނުވެގެން ތިޔަކަން ސާބިތެއް ނުވާނެ. ގަސްދުގައި ދިރުވައިލި އެއްޗެއްކަން އެނގޭނޭ ހެތްކެއްވެސް ނުހުންނާނެ. އަދި އެއީ މަސްތުވާ ތަކެތި ކަމަކަށްވެސް ސާބިތެއް ނުވާނެ. ގާނޫނުތައް ހަދަން ތިބި މީހުންގެ ފެންވަރު ހުންނަ ވަރަކަށް ގާނޫނު ހުންނާނީ.
ވާގޮތް
24 April 2024
ނުވާނެ. ހޭވެރިކަން ވީމަ އެ ވާނީ ބަޔަކު އޭނައަށް ގަދަކަމުން ކާންދިން އެއްޗަކަށް. ސިިމްޕަލް. އެނިމުނީ.
ނެތިދޭ
24 April 2024
ލޮލް!