މީގެ ކުރިން ބޭއްވި އާޓް އެގްޒިބިޝަނެއްގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އެޕްރީލް 2024 - 21:59
އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކްރިއޭޓިވް އާޓްސް ސްކޫލް ތަރައްގީ ކުރަނީ މައިގަނޑު ތިން ކަމަކަށް އިސްކަންދީގެން ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް ވަނީ މުއްދަތު ދީފަ އެވެ.
ކްރިއޭޓިވް އާޓްސް ސްކޫލް ހަދަން ނިންމާފައިވަނީ އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމުގެ އިތުރުން އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއްމުންނަށް ޒިޔާރަތްކުރެވޭ ގޮތަށެވެ.
އިއުލާނުގައި ބުނީ އެ ސްކޫލު ހަދާނީ ދަރިވަރުންނަށް ތިބެވޭ ގޮތަށް ހޮސްޓެލް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، އަދި ޑިޒައިންނާ ގުޅޭ ތަފާތު އެކި ކަންތައްތައް ދަސްކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އުފެއްދުންތެރި ހިދުމަތްތަކާއި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ޕަބްލިކޭޝަން އަދި އިލްމު ފެތުރުމާއި އުފެއްދުންތެރި ހިޔާލު ފާޅުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސްކޫލް އެޅުމަށް ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމްވޯކްގެ ދަށުން ލުއިތައް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އމއމއމއމއމއމއ
29 April 2024
ދިވެހިންނަކީ އަބަދުވެސް ކުރެހުމާއި ފަންނުވެރިކަމަށް މޮޅު ބަޔެއް. ކުރީގެ ރާނާފައިވާ މިސްކިތްތަކާއި ބަނދެފަތިބި ދޯނިފަހަރުތަކާ، ހިރިގަލުގަ ހަދާފައިވާ މަސައްކަތްތަކާ، ލާޖަހާފައިވާ ލަކުޑީގެ މަސައްކަތްތަކުން ފެނޭ.
އަމީނު
29 April 2024
މި ގައުމުގެ ދުވަސް ދިޔައީ.
ދަލޭކަ
29 April 2024
ތިޔަ ތަނުގަ ނެޗުރަލް ހިސްޓްރީ މިޔުޒިޔަމް އެއް އެޅުން ވަރަށް މުހިންމު ކަމުގާ ދެކެމެވެ. އެއީރާއްޖޭން ނެތެމުން ގެއްލެމުންދާ ބާވަތް ތަކުގެ ދިރުން ހުރި ތަކެއްޗާއި، މިހާރުވެސް ދިރިއުޅެމުން ދާ ބާވަތް ތައް ނަކަލްކޮށް، ފަރުމާކޮށް ބެހެއްޓިދާނެއެވެ. މިސާލަކަށް ކުޑަކުދިންގެ ވާހަކަ ތަކުގާ އުޅޭ ރާބޮނދި، މާކަނާ، ފިދަނނަ، ބޮނޑަނަ، ގަސްގަހާގެހި، އެކިބާވަތްތަކުގެ މުރަކަ ،އެޑިޔުކޭޝަން ގެ އެކި އެކި ކަންކަމަށް މި މިޔުޒިޔަމް ބޭނުންތެރި ކަން ބޮޑުވާނެ ކަމަށް ފެނެއެވެ.
ބަކަރިބޯ
29 April 2024
އެސްޖޭ
ކައްކާ
28 April 2024
ބޮޑުބެރަށް މަ ހާދަ ނަށާހިތްވެއޭ. ތިޔަނުން ނެށުން ދަސްކޮށްދޭނެތަ؟