ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: މިހާރު
02 މެއި 2024 - 11:52
އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ތެރޭގައި ހިމެނޭ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެ މައްސަލަ ފެންމަތިވި ރަށުގައި އާންމުންގެ ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާހައްޔަރު ކުރަން ގޮވާލައި ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބަ
03 May 2024
މީހާ ސިއްރުކުރުމުގެ ބޭނުމަކީ ތިކަހަލަ ޖަރީމާއްއަށް ފުރުސަތު ހުޅުވުން ފުރުސަތު ބޮޑުކުރުން މީސަރުކާރުން ހިންގާ ޖަރީމާއެއް ޛިލެއް ނައްތާލަން
963.
02 May 2024
އަޅެ މީ ދެން ކިހާ ދެރަވެއްޖެކަމެއްތަ؟ ކަށްވަޅާ ކައިރިވާވަރަކަށް މި މީހުންގެ ޒުވާންކަމުގެ ޖޯޝު އަރަނީ މައްޗަށް. ބޮޑުވަރެއް.
ގެދާނޯމޮސް
02 May 2024
ޖެންޑާމިނިސްޓްރީން ކުދިންގެ ރަށްކާތެރި ކަމަށް ހަމައެކަނި ބާރުއަޅާފައި އޮންނަނީ ކުދިންގެ މަންމަ ނުވަތަ މާމައެވެ . އެދެން ކޮންމެ ގޮތަކަށް އުޅޭބަޔެއްނަމަވެސް ދަރިއަކު ހުންނަން ޖެހެނީ ބަފައިންގެ ލޯބިން މަރުހޫމްވެ އެބަޔެއްގެ ގާތުގައެވެ. ޖެންޑާ ކިޔާތީ ކުދިންނަށް އަޅާލާބަފައިން ނަށްސަޕޯޓް ކުރާނެ މުއަށްސަސާއެއް ސަރުކާރުން ގާއިމް ނުކުރާ ހިނދަކު ކުދިން ގެ ދިފާއުގަ ތިބޭނެ ބަފައިން ކުދިންގެ ބޭބެމެންގެ ފަރާތުގެ ސަޕޯރޓް އަންހެން ދަރިންނަށް ނުލިބެއެވެ.
ާއަލިމޯޑު
02 May 2024
ޖެންޑާ މިނިސްޓްރީގެ މެންޑޭޓަކީ ހަމައެކަނި އަންހެނުންނަށް ރައްކާތެރިކަން ހޯދާދިނުމެއް ނޫން. ޖެންޑާގެ މާނައަކީ ވެސް އަންހެނުންނެއް ނޫން ބްރަދާ
ހަމޭން
02 May 2024
އެކަމަކު އެންމެނަށް ހީވެފަ އޮންނަނީ ހަމައެހެން. މީހަކަށް މާނަ އޮޅިގެން ނޫޅޭ އަލިމޯޑޫ
ބާބް
02 May 2024
އަލި މޯޑޭ. ޖެންޑާރ ގެ މާނަ ނޭގޭ މީހުން މިހާރު ނުތިބޭނެ. އެކަމަކު ޖެންޑަރ މިނިސްޓްރީ އަކީ އަންހެނުންގެ މިނިސްޓްރީ. ޖެންޑާރ ގެ މާނަ އެނގުނަސް މިކަން ކަލެޔަށް އެނގޭހެން ހިޔެއް ނުވޭ.