ސްޓެލްކޯ ހެޑް އޮފީސް: މިދިޔަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
02 މެއި 2024 - 18:56
މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓްގެ ބިލުން ވެސް ޑިސްކައުންޓް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ މަނިކުފާނުގެ އެ ނިންމެވުމާ އެކު އެންމެ ފުރަތަމަ ކަރަންޓް ބިލުން ޑިސްކައުންޓް ދިނީ ރޯދަ މަހުގެ ކުރީގެ މަހުގެ ބިލުންނެވެ.
ނަމަވެސް ރޯދަ މަހު ބޭނުންކުރި ބިލަށް ޑިސްކައުންޓް ނުދީ އޮތުމާއި މިދިޔަ ރޯދަ މަހަކީ ހޫނު ގަދަ މަހަކަށް ވުމުން ގިނަ ގެތަކުގެ ކަރަންޓް ބިލް މިފަހަރު ބޮޑުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދެންމެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މިދިޔަ މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، ބިލްތަކުގައި ޑިސްކައުންޓް ހިމަނައިގެން ބަދަލު ކުރުމަށްފަހު އަލުން ބިލް ފޮނުވާނެ ކަމަށް އެ ޕޯސްޓްގައިވެ އެވެ.
ނަމަވެސް މިދިޔަ މަހުގެ ބިލްތަކުގެ ތެރެއިން މިހާތަނަށް ދެއްކި ބިލްތަކާ މެދު އަމަލު ކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.
ސްޓެލްކޯއިން ކުރިން ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ ކުރީގެ ކަރަންޓް ބިލުން ދިން ޑިސްކައުންޓް 20 މިލިއަން ރުފިޔާއަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑާދަނު
04 May 2024
އަނެއްފަހަރު!!!!!!!! ރޯދަމަހު ކަރަންޓް ބިލުން ޑިސްކައުންޓަށް 20 މިލިޔަން ރުފިޔާ ދީފިނު......... އެންމެ ދެރަކަމަކީ ރީޑިންޑިން ނަގާފަ ދެހަފްތާވެގެންދާއިރުވެސް ބިލް ނުލިބޭތީ. ދެން 16 ދުވަސް ފަހުން ބިލް ފޮނުވީމަ އެބިލް ރަގަޅުތޯ ބޭލޭނެ (ލަފާކޮށްލެވޭނެ) ގޮތެއްވެސް ނޯންނާނެއެވެ.
ދޮންބެއްޔާގެހަަސަން
03 May 2024
ހުރިހާ ނުބައެއް ހެދީ ކަރަންޓާއި ފެންކުންފުނިތަކުގެ ވެރިންނަށް ތިބިމީހުން. ރައީސް ވިދާޅުވީ ރޯދަމަހުގެ ބިލްތައް ކުޑަކުރައްވާނެއޭ. އެކަމަކު މިމީހުން ހަމަ ޖެއްސުން ކުރީ ރައީސްދެކެ މީހުން ރުޅިއަރުވަން. ހަމަ ޔަޤީން ޔަމީން ޕާޓީ ކުދިންކޮޅެއްތީ. ރައީސަށް ދަންނަވަން މާލަސްނުވަނީސް ތިމީހުން ތިތަނުން ނެރެން. ވަރަށް މަކަރުވެރި ބައެއްތީ
ހސއނ ފހމ
03 May 2024
ބިލް ދެއްކިމީހުންނަށް ސްޓެލްކޯގެ އެމްޑީގެ ޖީބުންނަމަވެސް ރިފަންޑް ދޭންޖެހޭނެވެ. އެއީ ރައީސްގެ ވަޢުދުފުޅާ ޚިލާފަށް ބިލްތައް ތައްޔާރު ކުރީ ސީދާ ސްޓެލްކޯގެ އެމްޑީގެ އޯޑަރަށެވެ. އެބޭފުޅާ ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ރޯދައިނާޔަތް މާރިޗް މަހުގެ ބިލްގައި ހިމަނާފައިވާނެކަމަށެވެ. އޭޕްރީލް މަހުގެ ބިލުން ރޯދަމަހުގެ ޑިސްކައުންޓް ނުލިބޭނެކަމަށެވެ.
ބާކީކޮށްލީ
03 May 2024
ވިނަރެސްގެ އެއްވެސް ބިލަކަށް ނުލިބޭ ޑިސްކައުންޓް. ރައްޔިތުންގެ މެދުގައި ހަމަ ހަމަވާންޖެހޭ. ވަރަށް ބޭއިންސާފުންކުރާ ކަމެެއް. ޑރ މުއިއްޒުއަށް އެނގޭބާ މިކަން
ފުލްސަޕޯޓް ސާ
03 May 2024
ޑަކްޓަރު ރައީސް ކުރިންވެސް ވައުދުވެލައްވާފަވަނީ ރޯދަމަހުގެ ބިލުތަކުން ޑިސްކައުންޓު ލިބޭނެކަން. ޑަކުޓަރު ރައީސްގެ މި ވައުދުފުޅާ ދިމާ އިދިކޮޅަށް ބިލްތައް ހެދި ކުންފުނިތަކުން އެކަން ކުރީ ސީދާ ޑަކުޓަރު ރައީސްގެ އަގުފުޅު ވައްޓާލާއު ވައުދާ ހިލާފުވާ ބޭފުޅެއްކަމަށް ރައްޔިތުންނަށް ދެއްކުމުގެ މަގުސަދުގައި. އެހެންކަމުން އެކުންފުނިތަކުގެ ހުރިހާ ވެރިން ހިފާ ހައްޔަރުކޮށް ޖަލަށް ހުކުން ކުރަން ގޮވާލަން!
މީމަކަރުވެރިކަމެއް24
03 May 2024
ހީކުރަން ދިވެހީންނަށް ހަގީގަތް ރަގަޅަށް ފެނި އިހުސާސުވާނެކަމަށް
ޓިނު
03 May 2024
ރައީސް ވިދާޅުވިގޮތަކަށްނޫނޯ ޑިސްކައުނަޓްދިނީ .ކޮންސަރުކާރަކުބާ އެކަންކުރީ.
ޙހހދހހދފ
03 May 2024
އާ ބައެއް ގޭގެ ތަކަށް ނުދޭ. ވިނަރެސްގެ އެއްވެސް ބިލަކަށް ނުދޭ. ވިސްނާލަބަލަ. ޢަލަށް ގެ ބަދަލުވެގެން އުޅޭ މީހުންނަށް ދޯ އެންމެ ދަތިވާނީ. ސްޓެލްކޯއިން ހެދީ ބޮޑު ދޮގެއް އެވްރެޖްނުހެދޭނެޔޯ ކޮންމެވެސް ވާހަކައެއް ހަދާލީ. ވަރަށް ފޭކުކޮށް ކުރާކަމެއްތީ.ޕާޓީމީހުންނަށް ޑިސްކައޔުންޓްވެސް ކަޑަނީ
ޑެބީ
03 May 2024
ކުރީމަހު ޑިސްކައުންޓް ދީފަ މިފަހަރު ބިލު އޮތީ ކުރީމަހުގެ ޑިސްކައުންޓް ދިންވަރު ދެގުނަ ކޮށްފަ ބިލަށް ލާފަ. ބިލު ދައްކާތާ 25 އަހަރުވީއިރު މިވަހަރުގެ ބޮޑު ބިލެއް ނުދެކެން. މީވެރިކަމެއްނޫން މީމަކަރުވެރިކަމެއް.
އަލި
03 May 2024
ބިލު ދައްކައިފިން. ރައްޔިތުން ބަވައިގަތީމަތަ ކަންކަން އިނގެނީ. ތިފަހުމީއަކު ފަލަކީ ހިސާބު ޖަހާފަ ބުނެފަ އޮތީ ދެން އަންނަ ބިލުވެސް ބޮޑުވާނޭ.
އަފްރާސިޔާބު
03 May 2024
ކިހާރަނގަޅު ރައީސް! ސްޓެލްކޯއިން މިފަހަރުގެ ކަރަންޓް ބިލު 3 ގުނަ ހަތަރު ގުނަ ބޮޑުކުރީމާ ރައީސް އެ ނިންމެވީ އެބިލުން ޑިސްކައުންޓް ދޭން. ރައްޔިތުން އުފަލުން ފޮޅިފައި.