ށ. ފުނަދޫގައި އިހުތިޖާޖު މީހުން ނުކުމެ ކުރަނީ--
03 މެއި 2024 - 17:02
ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި އެވެ.
ފުލުހުން ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި 60 އަހަރުގެ ދިވެހި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
"ސިހުރު ހަދާ މީހާ ވަރަށް ގަދަ ކޮށްލައިފަ އެބަ ބުނޭ އަދިވެސް ބޭނުން އެއްޗެކޭ ހަދާލާނީ، އެއްވެސް ކަމެއް ނުކުރެވޭނެ އޭ،" އޭނާ ކިޔައިދިނެވެ.
އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، އެ ރަށުގެ ގިނަ ބަޔަކު ވަނީ ކޯޓު ދޮށަށް އެއްވެ އެ މީހާ އާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިންޑްގޭމް
05 May 2024
ސިހުރަކީ މައިންޑް ގޭމެއް. ނަތިންގ އެލްސް.
ހަސްނާ
04 May 2024
މި މައްސަލާގައި ސިހުރުވެރިޔާ އަލިދީދީގެ ބަހެއް މުހިއްމު
ބާލައާދަނު
04 May 2024
ތިޔައީ ސިޔާސީ ސްޓަންޓެއް. ބޭނުމަކީ ރަށު ކައުންސިލްގެ ރައީސަށް ބާރު ބޮޑުކޮށް އޭނާ މަގާމުން ދުރުކުރުން. އެއަށް ފަހު ފާއިޒު އެމަގާމަށް ގެންއުން. ގޭމް އޯވަރ.
ޢިހޔރި
04 May 2024
ދުނިޔޭގަ އިންސާނުން އެޓަމް ފަޅައިފި. މުޅިއިންސާނާގެ ޖީނޯމް ސީކުއެންސް ކޮށްފި. ޢަޖައިބުވާފަދަ އާޓިފިޝަލް އިންޓެލިޖެންސް އުފައްދައްދައިފި. ޢަހަރުމެން ދިވެހިން މިތިބީ ސިޔާސީ ސޮރުންތަކެއްގެ އަވާގަ ޖެހިފަ ސިހުރު ހާހޫރައިގަ އަޅައިގެންފަ. ޖާހިލުކަމުގެ ހުރިހާ ހައްދެއް ފަހަނައަޅައިފަ. ސާބަހޭ ދިވެހިންނޭ.
އމމމމމމމމ
07 May 2024
ސިހުރުން ނުވެސް އެނގޭ ގޮތްގޮތައް މީހުންގެ ވިސްނުމާއި ބުއްދިއަށް އަސަރު ކުރޭ. ސިހުރުގެ ސަބަބުން މީހުންގެ ހިޔާލުތަކާ، އިހުސާސްތަކާއި، އަމަލު ތަކަށް ނުފޫޒު ފޯރާ. އެއީ ގަބޫލުކުރަންޖެހޭ ކަމެއް. އެކަމަކު ޤުރުއާނާއި ދުޢާތަކުން ސިހުރުގެ އަސަރުތަކުން ރައްކާތެރިވެވޭނެ
ކިރު ސައި
04 May 2024
21 ވަނަ ގަރުނުގެ ޖާހިލުން. އެކަމަކު ތިމަންނަމެންނަކީ މުސްލިމުންނޯ.
އަހުމްދު ބެއްޔާ
04 May 2024
ހާދަ ބިރެއް ގަނޭ. އެ އޮތީ ފޮތް ފޮތުން އެނގެން ބަނީ އިސްރާއީލު ބާގައިގެ މީހުން ހަލާކު ކުރެއްވީ ސިހުރު ހަދަނިކޮށް ކަމަޑް
މޮގޮމްބޯ
05 May 2024
އެމީހުން ހަލާކުވިނަމަ މިހާރު އިސްރާއީލުގައި އެއުޅެނީ ކޮންބަޔެއް؟
މޮގޮމްބޯ
04 May 2024
އަހަންނަކަ ނުޖެހޭނެ ސިހުރެއް. އަޅެ ހަދާބަލަ، ސިހުރު ހަދައިގެން މީހުން މަރުވާނަމަ ހަތިޔާރު ހެދުން ހުއްޓާލާފަ ސިހުރު ހަދައިގެން ހަގުރާމަ ކުރަން ޔުނައިޓެޑު ނޭޝަން އަށް އަންގަން ފެނޭ. ކީއްވެ ބާ ނަތަންޔާހޫ އަށް ސިހުރު ހަދާނެ މީހަކު ނުވެގެން އުޅެނީ
ލޮއްލަ
03 May 2024
އެއްކަލަ ނުކުޅެދޭ ނިޒާމު. ސިހުރު ވެރިއެއްކަން ސާބިތުވާ ހިސާބުން އޭނާއާ މެދު ކަންކުރަންވީ ގޮތް އެޔޮތީ 7 އުޑު މަތިން ބަޔާން ކޮށްދީފަ. ބަލަން ތިބޭތި ދުވަސްކޮޅަކު ޖަލު އޮވެފަ ސަލާމަތް ވާނެ. ކޯޓުން މުއްދަތް އިތުރު ކުރިއްޔޯ… ހަހަހަ
ހށނ
03 May 2024
ސިހުރަކީވެސް ފާޑެއްގެ އެއްޗެއް. އެގަބޫލު ކުރާބަޔަކަށް އޭގެ އަސަރު ކުރޭ. ސިހުރަކީ ކޯޗެއްކަން ނޭގޭ ބަޔަކަށް ސިހުރަކުން އަސަރެއް ނުކުރޭ.
ލައިޓް
03 May 2024
ސިހުރު ހާހޫރަޔަށް މީހުންބަންދުކޮށް، ހެދުމުން އެނގެނީ އަދިވެސް ބަލިވީމާ ފަންޑިތަހަދަން ވެސް އޯކޭކަން! ޒަމާނަކާ ނުގުޅޭ!
އަމީނު
04 May 2024
އާނ ދޯ. ފަންޑިތަ ހަދާ މީހުން ގެ ގިލްޑުން އެމީހުން ސަރޓިފައި ވެސް ކުރަން ޖެހޭނެ