ހެލިކޮޕްޓަރުގައި ދިވެހި ސިފައިންނާއެކު އިންޑިއާގެ ސިފައިންގެ މީހަކު ބަލި މީހަކު އުފުލަނީ-- ފޮޓޯ: މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް
06 މެއި 2024 - 19:28
ދެ ސަރަހައްދަކުން މިހާތަނަށް އިންޑިއާގެ 51 ސިފައިން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ދެ ތަނަކުން ބޭރުގެ ޖުމްލަ 51 ސިފައިން މިހާތަނަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ ކުރިން ބާކީ ތިބި ސިފައިން އަނބުރާ ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެއި މަހުގެ 10 ވާއިރަށް ރާއްޖޭގައި ތިބި ހުރިހާ ސިފައިން ފައިބައިގެން ދާނެ. މިހާތަނަށް ދެ ޕްލެޓްފޯމަކުން 51 ސިފައިން ފައިބައިގެން ދިޔައީ." ހީނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ބެޗު ފުރީ މިދިޔަ މަހު އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 89 ސިފައިންގެ މީހަކު ތިއްބެވެ. ނަމަވެސް، އެއީ އެހާތަނަށް ކަށަވަރުކުރެވުނު އަދަދު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހީނާ ވިދާޅުވީ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން، ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އަދަދު ހާމަކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
07 May 2024
އިންޑިއާ ސިފައިން ރާއްޖޭގަ ތިބި އަދަދު ދިވެހި ސަރުކާރަކަށް އަދިވެސް ނޭނގޭ.
ރުސްތުމް
07 May 2024
މިމީހުންގެ ބަދަލުގަ ޔުނިފޯރމް ބާލާ ކުލަ ހެދުމުގަ އަންނަ ކުދީން ކޮޅު ކޮބާ. ކުޑަކުދީން ރުއްސަން ކޮށްލާ ޒާތުގެ ކަމެއް މީ. ދެން ހުޝާމަދު ކޮށްލަ ކޮށްލާ ތިބެންތާ މިޖެހުނީ
ރ. މުޢިއްޒު ވިދާޅުވީ ދެހާސް ސިފައިން ތިބިކަމަށް
07 May 2024
ކޮބައިހޭ އެމީހުން ފުރައިގެންދާ ތަނުގެ ފޮޓޯ؟ ހައްތަހާ ވެސް ކިޔަނީ އެބަތިއްބޭ! ދެން އިވެނީ ފުރައިފިޔޭ! ބުނާ އަޑެވެ.
މާޒިން މުހައްމަދު
07 May 2024
ރައީސް މުއިއްޒްއަށް ވޯޓް ދިނީ މިކަން ކުރަން. މިކަން ވީމަ މަގޭ ވޯޓް މިހާރު ވޯތް ވެއްޖެ.
ފައްސާން ވަލީދު
07 May 2024
ރައީސް މުއިއްޒްއަކީ ވަރަށް ހިކުމަތްތެރި ވެރިޔަކަށް ވެގެން މިދިޔައީ. ކުޑަ ދުވަސްކޮޅަކުން އިންޑިޔާ ސިފައިން ބޭލީ. މިއީ ޑިޕްލޮމެސީ ދަތުމަކީ.
ދީމާ ސަވާދު
07 May 2024
އިންޑިޔާ ސިފައިން ބޭރުކުރުމާއެކު ރައީސް މުއިއްޒް މިވަނީ ހިސްޓްރީއަށް، ގައުމުގެ މިނިވަންކަން ކަށަވަރު ކުރި ވެރިޔެއްގެ ގޮތުގައި.
އައުޒަމް
07 May 2024
ފަހުރުވެރިވޭ ރައީސް މުއިއްޒް ކަހަލަ ގައުމު ދެކެ ލޯބިވާ ވެރިޔަކު ލިބުނީމަ. އެހެން ނޫންނަމަ މިއަދުވެސް އިންޑިޔާ ސިފައިން މިތާ ތިބީސް
ސޫދާ ސޮބްރީ
07 May 2024
ޔާމީންގެ ޓެސްޓުން މުއިއްޒް މިދަނީ ބޮޑުކޮށް ފާސް ވަމުން.
ދޭހަ
07 May 2024
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 51 މީހަކު ފޮނުވާލައީތޯ ނުވަތަ އަނބުރާ ގެންދިޔައީތޯ؟
ހިއްސާން
07 May 2024
މޭ 10 ގެ ކުރިން ހުރިހާ ސިފައިން ބާލާނެ ކަމުގެ ޔަގީންކަން ލިބުމަކީ ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެއް.