އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް: މި އަހަރު މިހާތަނަށް 900 އަށްވުރެ ގިނަ ކުދިން ރަށްރަށުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް އެދިފައިވާ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: މިހާރު
09 މެއި 2024 - 12:39
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލޭ ސްކޫލުތަކަށް ވަނުމަށް 4،000 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ވަނީ 2020 އިން ފެށިގެން މި އަހަރުގެ ނިޔަލަށް މާލެ ބަދަލުވާން އެދުނު ދަރިވަރުންގެ އަދަދުތައް އިއްޔެ ހާމަކޮށްފަ އެވެ. އެ ތަފާސްހިސާބަލަށް ބަލާއިރު 2020 އިން ފެށިގެން މި އަހަރުގެ މިހާތަނަށް 4،443 ދަރިވަރުން ރަށްރަށުން މާލެ ސްކޫލުތަކަށް ބަދަލުވެފައިވެ އެވެ.
- 2020-2021: 480 ދަރިވަރުން
- 2021-2022: 716 ދަރިވަރުން
- 2022-2023: 780 ދަރިވަރުން
- 2023-2024: 1500 ދަރިވަރުން
މި މަހު 26ގައި ފަށާ ދިރާސީ އާ އަހަރު ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން މިހާތަނަށް 967 އަށް ދަރިވަރުން ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން ބުންޏެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ ގްރޭޑް 1 އަށް ވަނުމަށް ޖުމްލަ 2،163 ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 1،192 ފޯމު މާލެ ސަރަހައްދުން ހުށަހެޅި އިރު، 171 ފޯމް ހުށަހެޅީ އެކި ރަށްރަށުންނެވެ.
އެލްކޭޖީ: 68 ދަރިވަރުން
ޔޫކޭޖީ: 30 ދަރިވަރުން
ގްރޭޑް 1: 171 ދަރިވަރުން
ގްރޭޑް 2: 81 ދަރިވަރުން
ގްރޭޑް 3: 92 ދަރިވަރުން
ގްރެޑް 4: 69 ދަރިވަރުން
ގްރޭޑް 5: 96 ދަރިވަރުން
ގްރޭޑް 6: 87 ދަރިވަރުން
ގްރޭޑް 7: 87 ދަރިވަރުން
ގްރޭޑް 8: 103 ދަރިވަރުން
ގްރޭޑް 9: 55 ދަރިވަރުން
ގްރޭޑް 10: 28 ދަރިވަރުން
މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެދި 1،158 ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 967 ފޯމް ހުށަހަޅާފައި ވަނީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްގުބަސް
09 May 2024
ރައްރަށުގަ 10 އަކައް ކިޔަވާ ދޭއިރުގަވެސް މާލެ.
ޓޮޕްޓެން
10 May 2024
ޓޮޕްޓެންއަށް އަތޮޅު މަދަރުސާތަކުގެ ކުދިން އަރާ ފުރޭއިރުވެސް ހަމަ މާލެއަށް ކިޔަވަން. ދެން އަރަތެއްނު.
ސަނީސައިޑްބޮންޑް
09 May 2024
މިޤައުމުގެ ވެރިކަމަށްފާވާ އެއްވެސް ސަރުކާރެއްގެ ސީރިއަސް ވިސްނުމެއްނެތް ޑީސެންޓްރަލައިޒް ކުރުމުގެ، ސިޔާސަތުތަށް މުޅިންކަނޑައެޅިގެންދަނީ މިކުނިގޮނޑެއްފަދަ މާލެއަށް ކުލިއަޅުން ގޮތުގަ ރަށްރަށުން މީހުން ހިޖުރަކުރާނެހާގޮތަކަށް. ރަނގަޅުވަޒީފާގަނޑެއް ހޯދަންޏާވެސް މިޖެހެނީ މިތަނަށްހިޖުރަވާން.
އަފީފު ދީދީ 100 އަށް އަރައިފި
09 May 2024
ނަގުލަށް ފިތާލީމައި އެއްކަލަ އޮނަރަބަލް އަފީފު ދީދީ މިއޮއްގެން ތެޅިފޮޅެނީ އެވެ. ހައްހައްހާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާއާ
މުޑަހަންޖާ
09 May 2024
ރާއްޖޭ ރިސޯޓަކުން ބެޑެއް ވިއްކައިފިއްޔާ އެނގޭނެގޮތް އޮވޭ، އާންމުކޮށް ބެޑު ވިކެނީ 7 ދުވަހަށްކަމަށްވަނީ. 4000 ދަރިވަރުން ވިއްޔާ ރަށުގެ ގޭގެއިން އެވިކުނީ 12،000 ބެޑު 10 އަހަރަށް. މީގެ އެއްވެސް ހިސާބުކިތާބެއް ބަލާކަށްނުކެރޭ. އެކަމަކު އަތޮޅުތެރޭ މީހަކު ގުޅަހެދިއަސް އޭގެ ހިސާބު އެބަޖަހާ މާލޭ ސަރުކާރުން.
ތިޔަ
09 May 2024
ބުނަންހޭވާހަކައެއް! މާލެތަރައްގީކުރަނީ އަތޮޅުތަކުންނާއި، ރައްރަށު މީހުންގެ ބުރަމަސައްކަތުން ކުރާވިޔަފާރީގެ ޓެކްސްވެސްނަގައިގެން. އެހެންވީމަ ކިޔަވަންވެސް މާލެ އާދެވެންވާނެ. މާލެމީހުން ހިހޫތަނުންކައިގެން އުޅޭއުޅުން ބަދަލުވާންވީ. ރައްރަށަކީ ތިމާލޭމީހުން ބޭއިހްތިރާމް ކުރަން ހުރި ތަނެއްނޫން.
އެޔަ
10 May 2024
ރަށްރަށު މީހުންވެސް މިހާރު ބުރަ މަސައްކަތް ކުރާކަށްނުޖެހޭ. ގެސްޓްހައުސް ހަދަން ގޯތި ކުއްދަށް ދީފަ ނޫނީ ވިއްކާލާފަ މާލެ ބަދަލުވަނީ. އެހާރާ މިހާރާ ތަފާތު. ގިނަ ރަށްރަށު މީހުންނަކީ މިހާރު އެހާ ފަގީރު ބައެއް ނޫން. މިސާލަކަށް މާފުށީ މީހުން މާލެ މީހުންނަށްވުރެ މުއްސަނދިވާނެ. ބަދަލުވަމުންދާ މަންޒަރު ރަގަޅަށް ބަލަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
09 May 2024
އެތައްމިލިޔަން ފަތުރުވެރިންއަންނަ ދުނިޔޭގެ އެންމެއަގުބޮޑު ޓްއަރިޒަމްގެފައިދާ ކ.އަތޮޅު މާލެސަރަޙައްދުގައި ދިރިއުޅޭމީހަކަށްނޫނީ ނުލިބޭގޮތަށް އެރަށު އެއަރޕޯޓުނޫން އެއަރޕޯޓަކަށް ބޭރުން އަންނަ ބޯޓްނުޖެއްސޭގޮތް ހަދާ ހަނިމާދުއާއި Gań International Airport ގައި "މަރު ތަޅު އަޅުވާފައި" އޮންނަތާ 50 އަހަރު ވަނީ. # ވެރިކަންދީފިނަމަ "ރާއްޖެ ތަރައްޤީކުރާނަމޭބުނެ ވޯޓްހޯދިމީހާ" ވެރިކަންލިބުމުން ލ.އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް މާލެއަށްބަދަލުކުރި؟!
1828
09 May 2024
ތިޔަ މުޤައްދަސް މާލެއަށް ނުގޮސް ކީއްތޯ ކުރަނީ؟ މުޤައްދަސްވީމައިވެސް އެ މާތް ފަސްގަނޑަށް އަރާލަން ޖެހޭނެއެއް ނޫން ތޯ؟ ބަލަ ސަރުކާރުތަކުން ސިޔާސަތު ކަނޑައަޅައި ތަންފީޒްކުރަމުން އެގެންދަނީ ރާއްޖެތެރެއިން މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރާވާގޮތަށް. މާލޭ މީހުންގެ ގެދޮރު ކުއްޔަށް ދީގެން ތާ އުމުރަށް އިތުރު ކަމެއްނުކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ ގޮތަށް. މިއަށްވެސް ކިޔަންވީ އިންސާފް. މާލެއަކީ ދިރިތެޅެންވެސް އުޅެން ހެޔޮވާވަރުގެ ތަނެއްނޫން.
ބަދަލުވާ
10 May 2024
ތިކަން ބަދަލެއްނުވޭ މާލެ ނޫން މީހުންނަށް ވެރިކަން ލިބުނަސް މަޖްލިސް މެމްބަރުކަން ލިބުނަސް. ރަށްރަށުގަ ކިޔެވެން ހުއްޓަސް އެމީހުން އެ ދެކެނީ މާލޭގަ ނޫނީ އުޅެވެން ނެތް ކަމަށް. އެ ވިސްނުން ބަދަލުނުކުރާހާ ހިނދަކު އަންނާނެ ބަދަލެއް ނެތް.
ކޮލި
09 May 2024
ދެރަކަންކަން މީ.
އޮނަރަބްލް އަފީފު ދީދީ
09 May 2024
ދައުލަތުގެ ޙަޒާނާގެމައްޗަށް "ވަކިރަށެއްގެ ބިންވެރިން ވެރިވެގެންތިބިތިބުމަށް ނިމުންގެނައުމަށްޓަކާ" ތުރާކުނުން އައްޑުއަށްހިމެނޭ އެހެންރަށްރަށުގެ ރައްޔިތުންނަށް ލިބޭކުދިންނަށް (ކޮންމެރަށެއްގައި އުފަންވިކަމުގައިވިޔަސް) މާތްވެގެންވާ މުޤައްދަސްރަށްކޮޅުގައި ރަށްވެހިކުރުވުން ރަނގަޅު. # ދުނިޔެއިން ރޭސިޒަމް ނެތިގެން ގޮސްފައިވީކަމުގައިވިޔަސް މާލޭސަރުކާރުގެ ސިޔާސަތުތަކުންފެންނަނީ ސައުތުއެފްރިކާއާއި ޖަރުމަން އަދި ޒިމްބާބުވޭއިން ކުރިންފެނުނު ކަންކަން ނޫންތޯ!؟
އޮނަރަބްލް އަފީފު ދީދީ
09 May 2024
ކ.އަތޮޅު މާލެއަށްއުފަންވުމަކީ އެރަށުގައި އޭނާގެ ފުލެޓާއިގޯތި ހުންނާންޖެހޭކަމެއްކަމަށް އެރަށުމީހުނަށާއި ކ.މާލޭގައިއުފެދޭ އެރަށު ސަރުކާރުތަކަށްހީވުމަކީ އެމީހުންގެ ތަންދޮރުނުފިލާކަން. # ނިއުދިއްލީ، Tokyo، މޮސްކޯ، London އަދި ނިއުޔޯކްފަދަ ދުނިޔޭގެ އެންމެއަގުބޮޑުސިޓީތަކަށް އުފަންވެ އަދި މިދެންނެވިސިޓީތަކުގެ ރަށްވެހިން ޖެހޭނީ "ކުޅަނދު ހަމަނުވާމީހުން" ނަމަ ކިޔަވައިގެންތިބި ޤާބިލްމީހުނަށް ޖާގަދީފައި ވިލެޖްތަކަށްދާން. މާލޭމީހާވެސް މިގޮތް ދަސްކުރާންޖެހޭ.