އެެއާ އެމްބިއުލާންސްގައި އަނިޔާވި ކުއްޖާ ވަނީ މާލެ ގެނެސްފައި.
18 މެއި 2024 - 11:51
ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، އަނިޔާވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެެނެސްފި އެވެ.
އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖާ ފާރެއް ދަށުވީ، އެހެން ކުދިންތަކަކާ އެކު ބޭރުގައި ކުޅެން އުޅެނިކޮށެވެ. އެ ކުއްޖާ ފާރުގެ ދަށުން ނަގައި، އެހެން ގެއަކާ ހިސާބަށް ގެންދިޔައީ ވެސް އެކުގައި ތިބި ކުދިންނެވެ.
ހެލްތު ސެންޓަރަށް ގެންގޮސް ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު، ހާލު ގޯސްކަމުން މާލެ ގެނައީ މިއަދު ހެނދުނު 8:30 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.
ކުއްޖާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު، "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާގެ ފައިގެ ބައެއް ކަށިތައް ބިނދިފައިވާ ކަމަށެވެ. އެ ކުއްޖާ އަށް މިހާރު ފަރުވާދެމުން އަންނަނީ ކަށީގެ ޑޮކްޓަރެކެވެ.
ކުއްޖާ މާލެ ގެނައީ އެތެރެ ހައްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް، ރަށުން ޓެސްޓު ނުހެދޭތީ އެވެ.
އެޅިގަލުން ހަދާފައިވާ ވަރަށް ދުވަސްވީ ފާރު ވެއްޓުނީ ކުއްޖާގެ އުނަގަނޑުން ތިރިއަށެވެ.
ކަނޑޫދޫ ކައުންސިލަރަކު ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ކުއްޖާއާ އެކު ތިބީ ކުޑަކުދިން ކަމަށްވާތީ އެކަން ހިނގާދިޔަ ގޮތް މާބޮޑަށް ސާފު ނުވިޔަސް އެއް ފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވެ، ގައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިން ސައިދު
19 May 2024
ސަޅި ސަޅި. މިކަހަލަ ކަންކަމަކީ ރައްޔިތުންނަށް ދެވޭ އެންމެ ބޮޑެތި ބޭނުންތެރި ހިދުމަތް ތަކަކީ. މިކަހަލަ ކަންކަމުގަ ފަސޭހަ އަވަސް ގޮތް ހެދުން އެއީ ވެރިއެއް ވިއްޔާ ކުރަން ޖެހޭ ކަމަކީ. މުއިއްޒު ހެލްތް ގެ ކަންކަން މި ބަލަހައްޓަނީ ވަރަށް ފަރުވާތެރި ކަމާ އެކީ
އާތިފްް
19 May 2024
އަދިވެސް އެއަރ އެމްބިއުލާންސް ކަހަލަ ކަހަލަ އެތަކެއް ކަންކަން ކުރަން ވީ ހަމަ. ރައްޔިތުންނަށް ފައިދާ ވަންޏާ އެ ނިމުނީ
ނޫހްް
19 May 2024
އަނިޔާވި ކުއްޖާ އަށް އަވަސް ޝިފާާ އަކަށް އެދެން، ރައީސް އަށް ޝުކުރު ހައްގު ރައްޔިތުންގެ ފަރާތުން
އަޒީމާާ
19 May 2024
ސީ އެމްބިއުލާސްެއެއްގެ މުހިންމުކަން މިހާރު ރައްޔިތުންނަށް އިހްސާސްވޭ. ޝުކުރިއްޔާ ރައީސް.
ޝިފްޒާން
19 May 2024
ހާލު ބޮޑު މީހުން އެބަ އޮންނަންޖެހޭ ހުސް ފުލައިޓެއް އަންނަންދެން، ފުލައިޓް ފުލް ވެއްޖިއްޔާ އަނެއްކާ އަނެއް ކަންތަކާ ޖެހުނީ. އިރާދަކުރެއްވިއްޔާ މުއިއްޒުގެ މި ފެށި ހިދުމަތާއެއްކޮށް އެކަހަލަ ހުރިހާ ދަތިތަކަށް ހައެްލު ލިބިގެން މިދިޔައީ
ސުފްޔާން
19 May 2024
މިހާރު ނުޖެހޭނެ އާސަންދަ ހަމަ ޖެހުނަސް ފުލައިޓެއް އޮތް ގަޑިޔަކަށް މަޑުކުރާކަށް. ވަގުތުން މި އެއާރް އެމްބިއުލާސް ދާނެ ލަސްނުކޮށް ބަލާ އެ އޮތް ރަށަކަށް
މަނީޝް
19 May 2024
ރައީސް ތާރަފް ކުރި އެއާރ އެމްބިއުލާސް ހިދުމަތާ އެއްކޮށް ސިއްހީދާއިރާއަށް ބޮޑު ކުރިއެރުން ލިބިގެން ގޮށްސިކަން މިކަމުން އެކަނިވެސް ހާމަވެގެންދޭ
ލުޖައިމް އަލީ
19 May 2024
ފަހުރުވެރިވޭ ރައީސް މުއިއްޒްކަހަލަ ވިޝަނަރީ ލީޑަރަކަށް ވޯޓް ދެވުނީތީ
ދިހާޟް ހުސައިން
19 May 2024
މިސަރުކާރުން ފެށި އިންގިލާބީ ކަމެއްގެ ސަބަބުން ހުރިހާ ފައިދާއެއް ރައްޔިތުންނަށް. ބަލިމީހުންނަށް އަވަސް ފަރުވާ
މުހައްމަދު ޝަނޫން
19 May 2024
ކިހާ ވަގުތެެއް ސަލާމަތް މިވީ. ފަރުވާވެސް އަވަސް ވީ. ރައީސް މުއިއްޒް ވަރެއްނެތޭ ބުނަނީ މިހެންވެ