ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް
19 މެއި 2024 - 16:35
އައްޑޫ، ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ހިތަދޫ ކައުންސިލް މެމްބަރު އިބްރާހީމް ޝިނާޒު ވިދާޅުވީ މިއަދު މެންދުރު ހިނގި އެ ހާދިސާގައި ވެއްޓުނީ އެ އަވަށު އީވްނިން ޕާކު އަދި އޯކަމް ވިލެޖު ނަމަކަށް ކިޔާ ދެ ގެއެއްގެ އިންފާރު ކަމަށެެވެ. އަދި އެ އަވަށު ހުޅުދޫއާގެ އަށް ވެސް ރާޅުގެ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާޅު އެރި ސަބަބެއް ކަމަށް ޝިނާޒް ވިދާޅުވީ ކުރީ ސަރުކާރުން ފެށި ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ހުއްޓިފައި އޮތުމުން ކަމަށެވެ.
"އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން. މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައި ވަނީ. މަސައްކަތް ނިމިފައިވާ ސަރަހައްދުން އެއްވެސް ގެއަކަށް ގެއްލުމެއް ނުލިބޭ. ނުހަދާ އޮތް ސަރަހައްދުގައި ހުރި ގެތަކަށް މި ގެއްލުން ލިބުނީ،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް
ރާޅު އަރާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް އެމްޓީސީސީއާ ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ޝިނާޒް ވިދާޅުވި އެވެ.
"ހަމަ ދެންމެ، މީގެ ކުޑައިރުކޮޅެއް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ގުޅާފައި ވިދާޅުވީ އައްޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަން މިހާރު އެމްޓީސީސީއަށް ލިޔުމުން އަންގައިފީމޭ. އެހެންވެ އެ މަސައްކަތް ކުރިއަށް ގެންދިއުން ފަށާނެ ވަރަށް އަވަހަށް،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗާ ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 11.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީސަރުކާރު
20 May 2024
ކޮންމެ ސަރުކާރެއްވެސް ކައުންސިލެއްވެސް އުޅެނީ ކުރީސަރުކާރުގެ ބަލާވެރިކަމުން ސަލާމަތްނުވެގެން.
އޮނަރަބްލް އަފީފު ދީދީ
19 May 2024
ރިޔާސީ އަދި މަޖިލިސް އިންތިޙާބުގެ ވޯޓް ހޯދުމަށްޓަކާ ޑރ މުއިއްޒު އައްޑޫ ރައްޔިތުންނަށް ވައުދުވި އައްޑޫ ކޯއްޓޭ ބްރިޖް މަސައްކަތް އޮތް ހިސާބު ރައީސަށް ދަންނަވައިގެން ސާފު ކުރުމަށްފަހު އެކަން އައްޑޫ ރައްޔިތުންނާއި ޙިއްސާކުރުމަކީ ސިޓީ ކައުންސިލުން ކުރާންޖެހޭ މޭޔަރުގެ މައްޗަށް އެކަން ލާޒިމްކުރާ ކަމެއްކަމަށް ދެކެން. # ކީއްވެގެންތޯ މޭޔަރު މާލޭސަރުކާރުގައި ދަންބަވައިގެން ބުރިޖުގެ ކަންކަން އޮތް ހިސާބު ސާފުކޮށް ރައްޔިތުންނަށް މައުލޫމާތު ނުދެނީ!؟
އޮނަރަބްލް އަފީފު ދީދީ
20 May 2024
މިބްރިޖް އަޅާއިރު ހިތަދޫ ކޯއްޓޭއާއި ފެންމުލި އަދި Addu Nature park ވަށައިގެން ހިމާޔަތް ކުރެވޭގޮތަށް ހިތަދޫ ހުދުބިތުން ފެށިގެން (އަތިރިމަތިން ނުވަތަ ބީޗް) ކަޅިބިއްފަރާތް (ފުއްޓަރު ފަރާތް) މުޅި މިސަރަޙައްދުގެ ގޮނޑުދޮަށް ހިމާޔަތް ކުރެވޭގޮތަށް ބްރިޖް ހައިވޭ ހިތަދޫ ކޮޅުން ފޭދޫއާއި ވީކޮޅަށް ގެންދިއުމަށް ފުއްޓަރު ފަރާތުން ގެންދާއިރު ހައިވޭ އާއި އެކީ ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދޭގޮތަށް މިކަން ކުރަން ކައުންސިލުން ސަރުކާރުގައި އެދެންޖެހޭ.
ގިރި ހާދު.
19 May 2024
ކިރިޔާނު ގެގަޑު ސަލާމަތްވީ . އައްޑޫ ކޫދާ މެންނަށް ތަންކޮޅެއް އެތެރޭގައި ގެއަޅަން ނޭގެނީތަ ؟
ހަސީނާ.
19 May 2024
ކުއްވެރިވާނީ ފާރު ރޭނި މީހުން. ޤަނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް.
ޛުލީނާ
20 May 2024
ކީއްވެބާ މޫދުގައި ގެ ނޭޅީ؟ އެއޮތް ބޮޑު ރަށުގައި ގޮނޑުދޮށާ އެހާ ކައިރިން ނޫނީ ގޯތި ނަގައި، ގެ އަޅާކަށް ނޭނގުނުދޯ؟
އުމަރު ޖަމާލު.
19 May 2024
އައްޑޫސިތީގެ ނަމުގެ ކުރިއަށް ނުވަތަ ފަހަތަށް މާލެ ލާފައި މާލެއްޑޫ ކިޔާފައި ނަމަވެސް އައްޑޫގެ ވަށައިގެން ތޮށިލެވޭގޮތްވޭތޯ ކައުންސިލުން މާލޭ ސަރުކާރުގައި ދަންނަވަންވީ ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
19 May 2024
މާލޭ ސަރުކާރުން ގެންގުޅެމުން އަންނަނީ އެއްރަށް ދައުލަތް ސިޔާސަތެއްކަމަށާއި ވޭތުވެދިޔަ 60 އަހަރު ދައުލަތުގެ ޙަޒާނާއާއި ދައުލަތް ދަރަނިކޮށް ނެގި އެތައް ބިލިޔަން ޑޮލަރާއި އެކުވެރި ދައުލަތް ތަކާއި ބައިނަލްއަޤުވާނީ ޖަމާއަތް ތަކުން ލިބުނުހާ ފައިސާއެއް ތަޅާ ހުސްކުރީ ކ.އަތޮޅު މާލެއަށާއި އެރަށުގެ ބިންވެރިންގެ އުފަލާއި މަޖަލަށްޓަކާ ކަމަށް ބުނީމާ ބަޔަކު ރުޅިއައިކަމުގައިވިޔަސް ފެންނާން މިހިރަ އެތައްކަމަކުން މިދައްކަނީ ރަނގަޅު ވާހަކަ ކަން ހާމަވާން އެބަހުރި.
އިއްޒައްދީން
19 May 2024
މާލެ ގައި ހުރި އިއްޒައްްދީން ފާލަން ހަމައެކަނި މަރާމާތުކޮށް ފުރާޅު ބަދަލުކުރަން ވެސް 11.70 މިލިއަން ރުފިޔާ. އައްޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން 11.40 މިލިއަން ރުފިޔާވީމަ، ކަންކަން ހުންނާނެ ގޮތް ވިސްނާދެން.
އޮނަރަބްލް
19 May 2024
ކޮބާ އަފީފު ދީދީ؟
އިބިރިހިމާ.
19 May 2024
އޭނާ ފެނުނު މިއަދުވެސް ސްވާދީބް ކެފޭ ތެރޭގައި ފޮނިކަޑަން އިންދާ.
ހަޑަހާ ައްލާ.
19 May 2024
ކިހާ ދެރަ ދެން މާލޭ ސަރުކާރުން އެމީހުންނަށް ދޭނީ 1500 ރުފިޔާ ގަނޑު. ލިބުނު ގެއްލުން ކިހިނެއް އެވަރުން މަރާމާތު ކުރާނީ. ކީއްކުރާނީ އަހަރުމެންވެސް ތިބެން ޖެހިފައިވަނީ އެމީހުންގެ ދަށުގައި އެއްޗެއް ނުލިބުނު ކަމަށްވިޔަސް. ސަހަރޯ.
ގުއްދޫސު.
19 May 2024
ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް މާލެއަށް ހަރަދުނުކޮށް އައްޑޫސިތީ ފަދަ ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައިވެސް މީހުންނަށް ދިރިއުޅެވޭގޮތް ހަދާބަލަ. އޭރުން މާލެ ތޮއްޖެހުނ ކުޑަވާނެ.
ބޯހަލާކު
20 May 2024
އައްޑޫ މީހުން ނުދާނެ އައްޑޫ ދުބާއީއަށް ހެދިޔަސް