21 މެއި 2024 - 08:26
ސިއްހަތު ރަނގަޅު ދުޅަހެޔޮ ހަށިގަނޑަކަށް ކުޅިވަރަކީ ވަރަށް މުހިއްމު ކަމެކެވެ. ސްކޫލުގައި ކިޔަވަމުން އަންނަ އިރު، ކިޔެވުމުގެ އިތުރުން އިތުރު ކުޅިވަރުތަކުގައި ޝާމިލުވެ އުޅުމަކީ ކިޔެވުމަށް ލިބޭނެ އިތުރު ކުރިއެރުމެކެވެ.
ސްކޫލުގައި އުޅޭ އެހެން ކުދިންނާއެކު ވަގުތު ހޭދަކޮށްލުމަށް ކުޅިވަރަކީ ވަރަށް ރަނގަޅު ކަމެކެވެ. ބައެއް ކުދިންނަށް އެ ކުދިން ބައިވެރިވާން ބޭނުންވާ ކުޅިވަރު ދެނެގަންނާކަށް އުނދަގޫ ކަމަކަށް ނުވެއެވެ. ނަމަވެސް އަނެއްބައި ކުދިންނަށް މިއީ އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ.
ކުޅޭ ހިތްވާ ކަހަލަ ކުޅިވަރެއް ފެނިއްޖެ ނަމަ އެކަމަށް ފަސްޖެހުމެއް ނެތި ކުރިމަތި ލާށެވެ. ނުވާނެ އޭ ހިތަށް އަރާފައި އެކަމާއި ދުރަށް ނުދާށެވެ. ކޮންމެ ކަމެއް ވެސް ފުރަތަމަ ޖެހޭނީ އެކަމެއް ކުރަން މަސައްކަތެއް ކޮށްލާށެވެ.
ބައެއް ކުޅިވަރުތައް ކުޅޭއިރު ޓީމުގެ ހުރިހާ އެންމެން ހަމަވުމުން ނޫނީ ކުޅެން ނުފެށޭ ކުޅިވަރުތައް ހުރެ އެވެ. މިސާލަކަށް ފުޓްބޯޅަ، ވޮލީބޯޅަ ފަދަ ކުޅިވަރުތަކެވެ. އަދި މިކަހަލަ ކުޅިވަރުތަކުގައި ކުއްޖާއަށް މާގިނައިން ބޯޅަ ކުޅެން ނުލިބުމަކީ ވެސް ވެދާނެ ކަމެކެވެ. އެއީ މައްސަލައެއް ކަމުގައި ނުބަލާށެވެ.
އެކަނި ބައިވެރިގެން ކުޅޭ ބައިވެރި ކުޅިވަރުތައް ހުރެ އެވެ. ފެތުން، ޖިމްނާސްޓިކް ފަދަ ކުޅިވަރުތަކަކީ އެކަނި ބައިވެރިވެގެން ކުޅެވޭނެ ކުޅިވަރުތަކެވެ.
ގަވާއިދުން ކަސްރަތު ކުރާނަމަ، ކުޅިވަރު ނުކުޅުނަސް އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އިތުރު ކަމެއްގައި ބިޒީވުމަށް ކުޅިވަރަށް ނުވާކަހަލަ ކުޅިވަރެއްގައި ބައިވެރިވުން ރަނގަޅު ވާނެ އެވެ. މިސާލަކަށް ތަނަކަށް އެރުން (ކްލައިމްބިން)، ބައިކް ރޭސް، ފެނުގެ ކުޅިވަރުތައް (ވޯޓާ އެކްޓިވިޓީސް) ފަދަ ކުޅިވަރުތަކުގައި ބައިވެރިވުން ރަނގަޅުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
21 May 2024
ޓައިޓެންސް އައް ބާސްކެޓްކުޅެން ފޮނުވަންވީ ކުއްޖާ އޭރުން ގައުމީޓީމައް ވެސް އަރާނީ . ގަވައިދައް ވެސް ބޭނުން ކަމެއްކޮއްލެވޭ