ޚަބަރު / ކުށްކުރުން

ހައްޔަރުކުރި ބައެއްގެ އަތުން ފެނުނު ފޯނެއްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ

ކްރިމިނަލް ކޯޓު: ހައްޔަރުކުރި ބައެއްގެ އަތުން ފެނުނު ފޯނެއްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވަނީ ފެނިފައި

24 މެއި 2024 - 17:42

18 comments

ބިރު ދައްކައި ބްލެކްމެއިލްކޮށް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހެއްގެ އަތުން ފެނުނު ފޯނަކުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ބްލެކްމެއިލްކުރުމާއި ބިރު ދައްކައި ފޭރުނު ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން މާލެ އިން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ އަލީ އިރުޝާދު އަދި ގ. ޝާރާޒް، އަހުމަދު އަރީބެވެ.

އެމީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ ރިމާންޑް ޖަލެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ ކޯޓުގެ އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ތަނުން އެކަން ހިނގިތާ މާގިނައިރުތަކެއް ނުވަނީހެވެ. އެމީހުންގެ އަތުން އަނިޔާ ލިބުނު މީހާގެ ފޯނު ފެނިފައިވެ އެވެ. އެ ފޯނުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އަނިޔާ ލިބުނު މީހާގެ ފޯނުން ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފެނުނު ސަބަބެއް ވެސް ސާފެއް ނޫނެވެ.

ކޯޓު އަމުރުގައިވާ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން ތަހުގީގަށް ދިން ބަޔާނާއި ސީންއަށް އެޓެންޑްވި ފުލުހުން ކޯޓުގައި ދެއްކި ވާހަކަ ދިމާވެ އެވެ. ތުހުމަތު ކުރެވޭ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެކެވެ.

އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ، ކޯޓު އަމުރުގައިވާ ގޮތުން ކުށަކީ ރާވައި އިންތިޒާމްކޮށްގެން ހިންގާފައިވާ ކަމެއް ކަމަށްވުމާއި އެ ދެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތުމުންނެވެ.

18 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 20%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރުބާދު

25 May 2024

އަނެއްކާ މަގޭފޮޓޯ ތީގަ އެބަހުއްޓޭ އެބަކިޔާތަ؟.

The name is already taken The name is available. Register?

އަބްޑޫޅް +

25 May 2024

އޭ ބަލަ، ރާއްޖޭގަ އޮރިޔާން ކާޑާއި ފަރަންކިލަޓަރު ގެންގުޅުން މަނާކަން އަދިވެސް މީހުނަށް ނޭގެނީތަ؟ މި ކަންކަން މަނާކުރީ މީގެ 92 އަހަރު ކުރިންނޭ.

The name is already taken The name is available. Register?

އެންމެފަހުން

25 May 2024

އަނިޔާ ލިބުނު މީހާއާ ކުށްވެރިވި 2 މީހުންނާ ތިއީ އެއްކަހަލަ މީހުންނަށް އެންމެ ފަހުން ތިވީ. އެ 3 މީހުން އެކަކު އަނެކަކު ދަންނަނީ ކިހާ ވަރަކަށްތޯ ދެން ބަލަންވީ. އަނިޔާލިބުނު މީހާ އަތުގަ ހުރި ފޮޓޯތައް ނުދީގެން ހިނގި ކަމެއްކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

ފަހުން

25 May 2024

މިފަހަރު ތިއޮޮތީ ބްލެކްމެއިލް ކުރާ މީހާ އަތުލައިގަނެގެން އަނިޔާކުރި 2 މީހުން ހައްޔަރު ކޮށްފަ. ބްލެކްމެއިލް ކުރި މީހާ މިނިވަން ނުވެއްޖެޔާ ކިތަންމެހާވެސް ރަނގަޅު. ބްލެކްމެއިލް ވީޑިއޯތައް ގެންގުޅުނު މީހާގެ އެޑްރެހެއް ނަމެއްވެސް ޖަހާލާކަށް ނުކެރުނުދޯ؟

The name is already taken The name is available. Register?

ލައިޝާ8887

25 May 2024

އެ ދެމީހުންނަކީ މީގެ ކުރިންވެސް އެތަކެއް ފަހަރަކު ހަމަ މީގެ ރަހީނު ކުރުމުގެ މައްސަލާއިގަ ހައްޔަރު ކޮށްފަ ތިބި ދެމީހުން. މުޖުތަމައުއަށް އެހާ ނުރައްކާތެރި ބައެއް އެހާ ފަސޭހައިން ކޮންމެ ފަހަރަކު އަލުން ދޫކޮށްލަން ޖެހޭ ސަބަބެއް ނުވިސްނުނު.

The name is already taken The name is available. Register?

ބާބޫޖީ

25 May 2024

ސަބަބު ވަރަށް ސާފު. މިއީ ގައުމެއް ނޫން.

The name is already taken The name is available. Register?

ފަހުދު.

25 May 2024

ތިއޮތީ އަނިޔާ ލިބުނު ދެމީހުން ހައްޔަރު ކުރެވި ކުއްވެރިޔާ ދޫވެފައެއް ނޫނުތަ؟

The name is already taken The name is available. Register?

މަރިޔާދު

24 May 2024

ބަރަހަނާ ފޮޓޯ ފެނުނު ފޯނުގެ ވެރިޔާ ހައްޔަރު ކުރަން ނުޖެހޭބާ.. ގައިމުވެސް ކޮންމެވެސް ކުށެއް ކޮށްގެން ދޯ އެހެން ބައެއްގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އެ މީހާގެ ފޯނުގައި ހުންނާނީ

The name is already taken The name is available. Register?

ސިލްމާ ޒާހިރި

24 May 2024

ތިޔަ 2 މީހުން ފޮޓޯއަށް ނާރަނީތޯ؟

The name is already taken The name is available. Register?

ޝަރީޒް

25 May 2024

ފޮޓޯ ޖަހައިފިޔާ ދެން ފަހަރަކު ރަހީނެއް ނުކުރެވޭނެ ނުން. މުޖުތަމައުގަ ކުށް ނުހިގަންޏާ ފުލުހުން ކުރާނެ މަސައްކަތެއް ދެން ނޯންނާނެ ނުން. މާ ގިނަ ދުވަހެއް ނުބަހައްޓާ ދޫކޮށްލާނެ

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

24 May 2024

އަނިޔާލިބުނު މީހާގެ ފޯނުން އެހާބައިވަރު ބަރަހަނާ ސާމާނު ފެންނަންވީ ކީއްވެބާ؟

The name is already taken The name is available. Register?

ހުރިހާ

25 May 2024

އެއްވެސްމީހެއްގެ ބަރަހަނާއެއް ދިވެހިރާއްޖޭގަ ނުފެންނާނެ. އެހެނީ ހުރިހާއެންމެންހިނޭނެހެން ބަރަހަނާވަނީ ބުލޮކްކޮށްފާ

The name is already taken The name is available. Register?

އެހެންވެދާނެ

25 May 2024

ހުރިހާ އެންމެންގެ ފޯނުގަ މިހާރު ހުންނަ އެއްޗެއް އޭނަގެ ފޯނުގަވެސް ހުންނާނެތާ. ފުލުހުން ހުއްޓުވާފަ ކޮންމެ މީހެއްގެ ފޯނު ބެލީމަ އެނގިދާނެ އެކަހަލަ ފޮޓޯ ނުގެންގުޅޭ މީހުން މިހާރު މަދުވާނެކަން.

The name is already taken The name is available. Register?

ކޮރަލް

24 May 2024

ތުހުމަތު ކުރެވޭ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެކެވެ. އިތުރަށް ބުނާނެ ވާހަކަ އެއް ނެތެވެ. ފެއިލްވެފަ އެވެ. ދެންވެސް ރަނގަޅު ކުރަން ވީ އެވެ.

The name is already taken The name is available. Register?

މޮހޮދަޅޭ

24 May 2024

މިކަހަލަ މީހުންގެ ފޮޓޮއާއެކު އާންމު ކުރަންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454