ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ރަންވޭގެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަނީ: އެ މަސައްކަތް މިމަހު ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނޭ. --ފޮޓޯ: އަބްދުﷲ ޖަމީލު/ މިހާރު
22 ފެބުރުއަރީ 2017 - 13:02
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް، އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންދާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްފި އެވެ.
އާ ރަންވޭގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއު ކަމަށެވެ. އެގޮތުން، އެ ޓާމިނަލް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަހުން އޮންނަ ސަރަހަދަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަންވޭ ހިއްކުމުގެ މަސައްކަތް ނިމުމާ އެކު އެ މަސައްކަތް ވެސް ފަށާނެ. އާ ރަންވޭ ހަދާ ނިމޭއިރު އެ ޓާމިނަލްގެ މަސައްކަތް ވެސް ހުންނާނީ ނިމިފައި،" އާދިލް ވިދާޅުވި އެވެ.
މިހާރު ސީ ޕްލޭން ޓާމިނަލް ހުރި ސަރަހައްދު ނަގަނީ، އާ ރަންވޭގެ ބައެއް އެ ހިސާބަށް އަރާތީ އެވެ.
އާދިލް ވިދާޅުވި ގޮތުގައި އާ ސީޕްލޭން ޓާމިނަލްގެ ކޮންސެޕްޓް އާއި ޑިޒައިންގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އާ ރަންވޭ އަޅަން ހިއްކާފައިވާ ސަރަހައްދު: ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ނިމިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ މަޝްރޫއުގެ ދަށުން 31،754 އަކަމީޓަރު (340،000 އަކަފޫޓު)ގެ ސަރަހައްދެއް ހިއްކަން ޖެހެ އެވެ.
އާ ރަންވޭ އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭނުންކުރެވޭނެ ކަމަށް އާދިލް ވިދާޅުވި އެވެ. އޭގެ ކުރިން ސީޕްލޭން ޓާމިނަލާއި އެ ތަނާ ގުޅުން ހުރި ހުރިހާ އިމާރާތެއް، އަލަށް ހިއްކާ ސަރަހަައްދަށް ބަދަލުކުރަން ވަނީ ހަމަޖައްސައިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އިތުރުން، ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ސީޕްލޭންތައް ވެސް އޮޕަރޭޓްކުރަނީ އައިއެންއައިއޭއިންނެވެ. ޓީއެމްއޭގައި 45 ސީޕްލޭން އޮންނައިރު، މޯލްޑިވިއަނުން ނުވަ ސީޕްލޭން ގެންގުޅެ އެވެ.
އާ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބީޔޫސީޖީން ވަނީ ސަބް ކޮންޓްރެކްޓެއްގެ ދަށުން ޔޫއޭއީގެ ގަލްފް ކޮބްލާއާ ހަވާލުކޮށްފަ އެވެ. އެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މިދިޔަ ޖުލައި 25 ގަ އެވެ.
އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއެކެވެ. އޭގެ އިތުރުން މި މަޝްރޫއުގައި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ހެދުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
23 February 2017
ބީޔޫސީޖީން މިހަރުވެސް އެކުރަނީ ސަބް ކޮންޓްރެކްޓެއްގެ ދަށުން ޔޫއޭއީގެ ގަލްފް ކޮބްލާއާ ހަވާޅު ކޮށްގެން، ދެން މި އިތުރު ޕްރޮޖެކްޓް ތައް ބީޔޫސީޖީ އަށް ދެނީ ކީއްކުރަން، ވައި ނޮޓް ގަލްފް ކޮބްލާ؟
އެނޮނީމާ
23 February 2017
ބަލަ ތިހުރި ހޮޅީގެ ލިންކު ތަކުގައެހެރީ ރީނދޫ ދަވާދު ލާފަ ވީމާ ކަމަކުނުދާނެއްނުދޯ. އަވަހަށް މުއިއްޒަށް އަންގާ އޭގަ ލާން ހުދު ދަވާދު .
ދޮން އާމިރު
23 February 2017
ރައީސް ނަޝީދަށް ޝުކުރިއްޔާ...
ވާހިދު
23 February 2017
ހަބީބުވެސް ހާސިމުމެން ބޭނުންވަނީ އިންޑިޔާ މީހުނަށް ދޭން. އެކަމަކު އިންޑިޔާ މީހުނަށް ދީގެން ރާއްޖެއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް. މިހާރުވެސް ދިވެހިންނަށް ކުރާ ޖެއްސުން އެނގޭނީ އިންޑިޔާއަށް ދާ މީހުނަށް. އެއަރޕޯޓުިންވެސް ސަލާމަތްވާނީ ގަޑިއެއްހާއިރު ފަހުން. ދެން ދިޔަސް ވިސާވެސް ނަގަންޖެހޭ. ކޮން ވިސާއެއް ތިންމަސްދުވަހު ބޭނުންހާ ކަމެއް ކޮށްފަ އާދެވޭއިެރު ކޮން ވިސައެއް ނަގާކަށް. ސާކު ގައުމެއް. އެމަބަސީ ހުރޭ. ކިިހިނެއްވެގެންތަ ތިއުޅެނީ. ދޭނީ ހަމަ ޗައިނާ މީހުނަށް. ޖީބަށް ބަރުވިޔަސް ނުވިޔަސް.
ހަބީބު
22 February 2017
ޖީއެމްއާރު އަތުން އެއާޕޯޓު އަތުލެވުނީތީ އުފާކުރަން ނަމަވެސް ޔާމިނަކައް ތާއީދެއް ނުކުރަން ސަބަބަކީ ރައްފުށުގެ ހާލު ނުބައްލަވާ ވެރިރައް މާލެޔާ ހުޅުމާލެޔާ އަޅައިގަނެގެން ނެއްޓެން ނޭނގި ރައްފުށުށުގެ ސިއްހީނިޒާމު ފޭލިވެ ރައްޔިތުންގެ އަނގަޔާ އަތާދިމާނުވެ ކަރަންޓާ ގެދޮރުގެ އަގު ބޮޑުވެ ރާއްޖެދޫކޮއް އިންޑިޔާ ނުވަތަ ލަންކާގެ ފަގީރު ހިސާބަކައް ދިރިއުޅެން ދާންޖެހިފަވާތީ
ހާސިމު
22 February 2017
ތި ޗައިނާ މީހުނަށް ހުރިހާ މަސްއްކަތެއްވެސް ދޭނީ އެއިރުންދޯ ޖީބަށް ބަރުވާނީ. ގައުމު ތަރައްގީ ކުރަނީ ކަމަށްބުނެ ސަތޭކަ މިލިއަނަށް ކުރެވޭ ކަމެއް އެންހާސް މިލިއަނަށް ކުރީމަ އެވެވެނީ ގައްދާރު. އެކުރެވެނީ ވައްކަން
ޑާޑާޑާޑާ
22 February 2017
ވެލާނާ އެއާޕޯޓުގައި ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުން ވެސް ބީޔޫސީޖީ އަށް ދިނުން އެއީ ވަރަށް ރަނގަޅަށް އެމްއޭސީއެލް އިން ކުރެއްވި ކަމެކެވެ. މިކަން ދަންނަން ޖެހޭނެ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން. އެކަން ދަނެގެން ޗައިނާގެ އެމްބަސީން މަސައްކަތް ކޮށްގެން އަވަހަށް ޗައިނާގެ ބޭންކެއްގެ އެހީގައި 2 ބިލިއަން ޑޮލަރުގެ ލޯން ހަމަޖައްސައިގެން އެލޯންގެ ދަށުން މާލެ ވިލިގިލި އާއި އަދި މާލެ އާއި ދެމެދު އޮތް ކަނޑުއޮޅި ހިއްކަން ފަށަންވީ އެވެ. އަދި އެތަނާއި މަލެ އާއި ދެމެދ ބްރިޖް ވެސް ފީނި ފީންނަށް އަޅާލަންވީއެވެ. އެއިރުން ދެން ރަންރީނދުލޭ މެންނަށް މަމެން އަތެއް ނުވާނެއެވެ. މިކަން ކުރަންވީ ރަންރީނދުލޭ މެން ސިޔާސީ ގޮތުން އިންދާލުމަށް ޓަކައި. ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާޑާ
މަންޑޭލާ
22 February 2017
ޖީއެމްއާރު މިތަނައައީ ކޮމްމެހެން މިތަން ތަރައްގީކުރާކަށެއްނުން މިތަނައްލިބޭ ލާރިކޮޅުގެ ބޭނުމުގާ.
ކުރަންވީދޯ
22 February 2017
ސީޕްލޭން ޓާރމިނަލްސް ތައް އެޅުމަށް ޓަކައި ހުޅުލެ ހުޅަނގުން ކަނޑު ހިއްކަންވީ އެވެ. އޮސާކާ އިންޓަރނޭޝަނަލް އެއާރޕޯރޓް އަކީ ވެސް އެއީ ކަނޑު ހިއްކައިގެން އަޅާފައިވާ ތަނަކަށް ވާތީވެ ސީޕްލޭން ޓާރމިނަލް ވެސް ރަނގަޅު ވާނީ ހުޅުލޭގެ ހުޅަނގުން 10 ކިލޯ މީޓަރު ދިގު އަދި 10 ކިލޯ މީޓަރު ފުޅާ މިނުގެ ކަނޑެއް ހިއްކައިގެން ނެވެ. އަވަހަަށް ޗައިނާ ނުވަތަ ސައުދީ ބޭންކް އިން 2 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މިކަން ފަށަންވީއެވެ. އެއިރުން ހުރިހާ ކުދިންނަށް ރަނގަޅު ލައިފެއް ވެސް ލިބިގެން ދާނެއެވެ.
އެހެންވެދޯ
22 February 2017
ހުރިހާ މަސައްކަތެއްވެސް ދޭންވާނީ އެމީހުންނަށް... ކޮންމެވެސް ސަބަބެއްވާނެ!