ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މީހަކު ސައިކަލުގައި ދުއްވާފައި ދަނީ: ކަރަންޓުގައި ޖެހުނު ޒުވާނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 ޖޫން 2024 - 12:09
ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
މިދިޔަ މަހު 23 ގައި ހިނގި ހާދިސާގައި ކަރަންޓުގައި ޖެހުނީ އެ ރަށު ދޫނިހުރާ، ހުސެއިން އަތީގު އެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އޭރު ވެސް އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ. އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 26ގައި މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
އަތީގުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ހާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
"ހާލު ވަރަށް ކްރިޓިކަލް، ވަރަށް އަނިޔާ ލިބިފައި ހުރީ، ސްކޭންތަކުން ދައްކަނީ ބްރެއިން އާއި ކިޑްނީއަށް ގެއްލުންވެފައި ހުރި ކަމަށް،" އޭނާ ބުންޏެވެ.
އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނީ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ހާލު ސީރިއަސްވި އަތީގު އުޅުނީ އެ ކުއްޖާ ސަލާމަތްކުރުމަށެވެ.
އޭނާއަށް އަނިޔާވީ އަށް އަހަރުގެ ކުއްޖާ ސަލާމަތްކުރުމުގެ ތެރޭގައި ފެންގަނޑަށް ވެއްޓި ކަރަންޓު ހުރި ހޮޅިދަނޑީގައި އަތްލެވުމުންނެވެ.
އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސީނާ
04 June 2024
އެކުއްޖާޔަށް ފުރިހަމަ އަވަސް ޝިފާއެއް މިންވަރު ކުރައްވާޝި، އާމީން
ފެނަކަ
03 June 2024
ތިވަނީ ފެނަކަ ކުންފުނީން މީހުން ގިނަކަމުން ވަގުތުނުވެގެން ރަގަޅުނުކުރުވެ ހުރި ހޮޅިދަޑިއައްކައް. ޜައްޖޭގެ ކޮންމެރަށެއްގް ފަނަކަ މުވައްޒަފުންގެ ވަޒީފާގަ 150 އެއްހަމީހުންތިބެނެ 4 މީހުން ތިބިގެން ހިނއގޭބަރުގެ ތަންތާވެސް ވޯޓއްވެގެން ތިބެނީ 150 ނޫނީ 200 ހާމީހުން ވޒީފާދީފަ. ޢެޢިވާއެއްޗަކީ
ނަހުމާ އަހުމަދު
03 June 2024
ސަރުކާރުގެ އިހުމާލު. ބަދަލުގެ ގޮތުގައި 5 މިލިއަން އާއިލާއަށް ދޭންޖެހޭ. ފެންވަރުދަށްކޮށް ކޭބަލް ވައިރުކޮށް ވަޅުލުމާއި ބްރޭކަރު nulaa ފޮށިން ހޮޅިދަނޑިއަށް ކަރަންޓުނެގުން މީ ބޮޑެތި ޖަރީމާ!!
ނުރަބޯ
04 June 2024
ވާނުވާގަ ކޮމެންޓު ނުކުރޭ. ފެނަކައާއި އެރަށުގެ އިންޖީނުގެ ހަވާލުކުރީ އިހަކަށްދުވަހު. ތިޔަ ކޭބަލް ގުރައުންޑު ނުކޮށް އެޅިބަޔަކަށް އެއްޗެހިގޮވާ.