ހުޅުމާލެ ގޯތި ދިނުމަށް ހިއްކަމުން އަންނަ ސަރަހައްދު: ބިންވެރިޔާ ސްކީމުން އެޗްޑީސީއަށް ބޮޑު ގެއްލުމެއް ލިބުނު. -- ފޮޓޯ: މިހާރު
10 ޖޫން 2024 - 13:08
ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، ހުޅުމާލެއިން "ބިންވެރިޔާ" ސްކީމުގެ ދަށުން ލިބޭ ގެއްލުމުގެ އަދަދު 7.2-10.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ބިމުގެ އަގު ކަމުގައިވާ 7.7 ބިލިއަން ރުފިޔާ އާއި ދޫކުރި ބިމުން ލިބޭނެ ކަމަށް ލަފާކުރާ 3.3 ބިލިއަން ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ގެއްލުމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 1،000 ގޯތި ވަނީ ދޫކޮށްފަ އެވެ. އެއީ 1.2 މިލިއަން އަކަފޫޓުގެ ބިމެވެ.
އޮޑިޓް އޮފީހުން ބުނީ، އެޗްޑީސީއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް "ގަލުފަޅު" އާއި މާގިރިފަޅު" ދީފައިވާ ކަމަށެވެ. އެއީ އެޗްޑީސީއަށް ގެއްލޭ އާމްދަނީގެ 3.3 ބިލިއަން ރުފިޔާ އެވެ.
އެޗްޑީސީއަށް ގެއްލިގެންދާ 7.7 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ބިން ދޫކުރުމުގައި މުޅި ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ފެންނާނެ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
ހުޅުމާލެއިން ދޫކުރާ 1،000 ބިމާ އެކު މާލޭގެ ރަށްވެހިންނަށް 9،000 ގޯތި ދޫކުރަން ކުރީ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިތުނައުފެއްދުން
11 June 2024
ތިއަށްކިޔަނީ ފިތުނަ އުފެއްދުން. ތިގޮތަށް އަގު ކުރަންޏާ މުޅި ރާއްޖޭގެ ހުރިހާގޯތިތެކެއްއަގުކޮށްފަ ނޫހުގެ ޖަހާބަލަ. ކިތައްރަށުގަ އެއޮތީ ބިންހިއްކާފަ ގޯތިދީފަ. ހަމަ މާލޭ މީހުންވިއްޏާ މިޖެހެނީ ގޯތިގަނެ ލޯނުނަގައިގެން ހަދާ ދަރިންގެ ދަރިންވެސް އެދަރަނީގަ އުޅެން. ދަރަނި އަދާކުރަން ކުއްޔާދީފިއްޔާވެސް އެ ގޯސްވީ. ހުރިހާމީހުންވެސް ހަސަދަ ވެރިކަން ދުރުކޮށް ކަމުގެ އަސްލަށް ބަލާލަބަލަ.
ދެޔޯ
11 June 2024
މާލެއިން ބިންހިއްކައިގެން އެބައުޅޭތަ.
ޒިންމާ
11 June 2024
އެސަރުކާރުން ހޭވި ހަޑި އެގޮތުގަ ބޭއްވުމަކީ މިސަރުކާރުގެ ޒިންމާދާރުކަންކުޑަކަން. އެ ސަރުކާރުން ދިން އެއްޗެއް އަތުނުލާނަމޭ ބުނެފިނަމަ އެސަރުކާރުން ކުރި ގޯސްކަމެއްގެ ވާހަކައެއްވެސް ނުދެއްކޭނެ. އެ ސަރުކާރާ އެއްގޮތަށް މިސަރުކާރުން ކަންކުރާނަމަ އެސަރުކާރާ މިސަރުކާރާ ތަފާތެއް ނޯންނާނެ. އެކަމުގައި 2 ސަރުކާރުވެސް އެވަނީ ހަމަހަމަ.
ޖޮޝިމްމިއާ
11 June 2024
މިއީ ގެއްލުމެއް ނޫން. ރަށްރަށް ހިންގަން ކުންފުނިތައް ހެދީމާ ކުރާނީ ވިޔަފާރި އޯޑިޓް. ބިންދޫކުރީ ދިރިއުޅުމަށް. އެއީ ކޮމާޝަލް ބިމެއްނޫން. އެކަން ކަވަރ ކުރަން އެ ބިންތައް ކުއްޔަށް ނުދެވޭ ގޮތް ހެދީމާ އެވީ. އެއީ ރޮކެޓް ސައިންސެއް ނޫން. ފަގީރުންނަށް ދޭ ސޮދަގާތަކީ ގެއްލުމެއް ނޫން. ރަށް ޔިތުން ދިރިއުޅެން ބިން ދޫކުރުމަކީ ވެސް ގެއްލުމެއް ނޫން. އެއީ ޤާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތަކަށް ބޯހިޔާވެހިކަން އޮތީ ޤަރާރު ކޮއްދީފައި.
ހަމަތަ
11 June 2024
ބިންތައް ދޫކުރީ ކިހިނެތްތަ؟ ޝަރުތު ހަމަނުވާ މީހުންނަށްވެސް އެންމެ ފަހުން ބިން ދީފަ އޮތީ. އަދި ދޫކޮށްލަން ބުނި ތަންކޮޅުވެސ
ހަމަތަ
11 June 2024
ދޫކޮށްލަން ބުނި ތަންކޮޅު މިހާރު ދޫކޮށްލަން ނުޖެހުން އެއީކީ އެއްވެސް އިންސާފެއް ނޫން. މާލޭގަ އުޅޭނެ ތަން އޮއްވާ އެހެން ބިމެއް ހަމަ އެކަކަށް އޭރުން އެ ލިބެނީ. ނުހައްގު މުއްސަނދިކަން އެ ދެވެނީ ވަކި ބަޔަކަށް.
ގައުމީދޫ:
11 June 2024
ދައުލަތުގެ ކުންފުންޏެއްގެ ރައުސުލްމާލް ވަކި ރަށަކަށް ވިހައި ރަޖިސްޓްރީވެފައިވާ ބަޔަކަށް ބަހާލުމަކީ މި ގަރުނުގެ އެންމެ ބޮޑު ޚިޔާނާތް އަދި މި ފަދަ ބޭއިންސާފެއް ދެމެހެއްޓުަމަކީވެސް ބޮޑު ޚިޔާނާތެއް
ހަނީފް
11 June 2024
އިބޫ ހިތުން ވަރަށް މޮޅުކަމެއް އެ ކުރެވުނީ. ހުރިހާ ގެއްމެއް ހަމަ ދިވެހިންނަށް
ވަކިކުޑަތަ
11 June 2024
ޝަރުތު ހަމަނުވާ މީހުންނަށްވެސް އެންމެ ފަހުން ބިންތައް ދިނީ. އެއީ ކަން އޮންނަންވާނެ ގޮތެއް ނޫން. އަދި މިސަރުކާރުން އައިސް ބުނެފި ދޫކޮށްލަން އޮތް ތަންކޮޅު ދޫކޮށްލަން ނުޖެހޭނެކަމަށް. އެހެންވީމަ ވަކި ބަޔަކު މުއްސަނދި ކުރުވަނީ މިސަރުކާރުންވެސް
ބާސިލް
11 June 2024
އަހަރެމެން އޭރުވެސް ގޮވިން ހެޔޮނުވާނެއޭ ތިހެން ހަދަން. ގައުމު އިނދަ ޖެހޭނެއޭ
އަސީލު
11 June 2024
ގައުމު އެއްކޮށް އިނދަ ޖައްސީލައިފި މި އެމްޑީޕީ މީހުން
ކަލާމު
11 June 2024
އެހެންވީމައެ އަހަރެމެން ބުނަނީ އިބޫއަކީ ގައުމެއް ހިންގަން އިގޭނެ މީހެއް ނޫނޭ
މުގޮށި6މީދާ
11 June 2024
ތިޔައީ ބޮޑު ޖަރީމާއެއް. ނޭކުރެންދޫމީހުނަށް ނޭކުރެންދޫއިން ގޯތިލިބެއޭ ކިޔާބަހައްޓާފަ ބިލިއަނުން ދަރަނިނަގާފައޮތް ދައުލަތުގެ ކުންފުންޏެއްގެ 11 ބިލިއަން ރުފިޔާގެ ހަރުމުދާ ކ.މާލޭ ގުރޫޕަކަށް ހިލޭ ބަހާފަ ތިއޮތީ ކަށިމަތީގެ ކުލައަށް ބަލާފަ. އެމްޓީސީސީގެ މަހާޖައްރާފާއި މިފްކޯގެ މަސްބޯޓުފަހަރު ތިރަށުގެ ގޭގެއަށް ހިލޭ ބަހާލާކަށްވެސް ފަހެއްނުޖެހޭނެ ކަންތައް މިދާގޮތުން.
ދެރަ
11 June 2024
އިބޫ ހިތުން މޮޅުކަމެއް ކޮށްލީ، އެކަމަކު ވެރިކަމެއްވެސް ނުލިބުނު، އޭގެ ބަދަލުގަ ތާރީޚް އެރައީސްގެ ނަން ލިޔެވޭނީ ......