ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމެއްގައި އެ ކޮލެޖުގެ ދަރިވަރުން ބައިވެރިވަނީ.--ފޮޓޯ: މިހާރު
11 ޖޫން 2024 - 10:46
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި 1،015 ދަރިވަރުންނަށް ލޯނުދީ، ދަރިވަރުންގެ ލިސްޓު ސަރުކާރުން މިއަދު އިއުލާން ކޮށްފި އެވެ.
މި އަހަރު ލޯނަށް ހުޅުވައިލުމުން 500 ފުރުސަތަށް އެދި 1،709 ދަރިވަރުން ކުރިމަތިލި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ލޯނަށް 1،153 ދަރިވަރުން ކޮލިފައި ވެފައިވާ ކަމަށެވެ. ލޯނަށް މިހާތަނަށް ހޮވިފައި ވަނީ 1،015 ދަރިވަރުން ކަމަށާއި އެ ދަރިވަރުންނަށް އަންނަ ބުރާސްފަތި ދުވަހު "ސްޕޮންސާ ލެޓާ" ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު ނެރެފައިވާއިރު، އޭގެ ތެރެއިން ޕައިލެޓް ލައިސެންސް ސްލޮޓްތަކުން ފެންނަން ހުންނާނީ ވަގުތީ ނަތީޖާ ކަމަށާއި އެހެނިހެން ސްލޮޓްތަކަށް ހޮވިފައިވާ ދަރިވަރުންގެ ދާއިމީ ނަތީޖާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ލޯނަށް ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.
މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާ މެދު އިތުރު ސުވާލެއް އޮތް ނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ.
މި އަހަރު ސްޓޫޑެންޓް ލޯނުތައް ހުޅުވާލީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިތުރު ހަރަދަށްވާ ފައިސާއާ އެކު އެވެ. ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުގައި ލިބޭއިރު، އޭގެ ތެރޭގައި ހުރިހާ ހަރަދެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޓަފޫޅި
11 June 2024
މިހާރު ލޯނު ދޭ އުސޫލު އެބަ ބަދަލުކުރަން ޖެހޭ. އޭލެވެލްް އިމްތިޙާނުގެ އެޑެކްސެލް ހުރިހާ މާއްދާތަކުން އޭ* ނުވަތަ އޭ ހޯދަިގެން ޔޫކޭ ނުވަތަ ދުނިޔޭގެ ޓޮޕް ޔުނިވާސިޓީ ތަކުން ޖާގަލިބި ދިވެހި އިސްލާމުން އޭ ނުލިބުމުގެ ސަބަބުން ކިެޔެވުން މި އޭސިޔާގެ ގައުމުތަކުގެ ދައް ޔުނިވާސިޓީ ތަކުން ވަނީ ކިޔަވަން މަޖުބޫރުވެފައެވެ. މިސަރުކާރުން މިހާރު މިއޮތް ލޯނު އަދި ސްކޯލޝިޕް ސްކީމް ބަދަލުކޮށް މިކުދިން ނަށް ދުނިޔޭގެ ޓޮޕް ޔުނިވާސިޓީ ތަކުން ކިޔެވޭނެ ފުރުޞަތު ލިބެން ޖެ،
އ.އަލީ
11 June 2024
އެހެން މާއްދާތަކުން އޭ ލިބޭގޮތަށް މަސަކަތް ކުރިނަމަ ދިވެހި އިސްލާމުންވެސް ލިބޭނެ. އެގޮތަށް ޤަވާއިދު ފަރުމާވެފައި ވަނީވެސް އެމާއްދާތަކަށް ދޭންޖެހޭ ސަމާލުކަން ބޮޑު ކުރުމަށް
ބޭކާރު
11 June 2024
މިހާރު ތި ކިޔަވައިދޭ ގޮތަށް ކިޔަވައިދޭނަމަ ދައުލަތުގެ މެޝިނަރީ އެއްކޮށް ހުއްޓޭތަން ދެން ފެންނާނީ. ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން ނުލިބުމުގެ ދަތިކަން މިހާރު އޮތީ އިންތިހާގައި. ހިލޭ ޑިގްރީ ޕްރޮގްރާމުން ބައެއް ވަކިކޮށް ދައުލަތުގެ މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް މަގާމުތަކުގައި ތިބޭ މުވައްޒަފުން ތަމްރީނުކުރުމާއި ތާޒާކުރަން ފަށައިގެން ނޫނީ މިކަމަށް ހައްލެއް ނާންނާނެ. މިއީ ވަރަށް އަވަހަށް ފަށަންވެއްޖެ ކަމެއް.
ދަރި
11 June 2024
ހަމާސްތީނަށް ތޯ އެމެރިކާ އިންގިރޭސިވިލާތް އޮސްޓްރޭލިޔާ ނިއުޒިލެންޑަށް ތޯ ފޮނުވެނީ ކިޔަވަން.
ޤައުމީދޫ
11 June 2024
މެނެޖްމަންޓުގެ ދާއިރާތަކާއި ޕައިލެޓްކަމާއި ގާނޫނީ ވަކީލުކަން ފަދަ ދާއިރާތަކުން ދޭ ލޯނުތައް މަދުކޮށްފައި އިންޖިނިއަރިންގގެ ދާއިރާތަކާއި ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތައް އިތުރުކޮށް ސައިންސްގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރަން މިހާރު ފަށަންވީ. ގައުމަށް މިހާރު ބޭނުންވަނީ ތަފާތު ހީވާގި މަސައްކަތްތެރިން. މަސައްކަތްތެރިން އުފެއްދޭނީ މަސައްކަތްތެރިކަން ކިޔަވައިދީގެން.
ފުލަޕު އައްލާ
11 June 2024
ޝަރުތު ހަމަވި މީހުންގެ ތެރޭގައި ހައްޖަށް ދިޔަ މީހާގެ ސްޓޯރީ ތަކުރާރު ނުވާނެބާ(●)
ކަލޮލް
11 June 2024
މިޔަށް ކިޔަނީ ލޯނޭ. ކޮންމެ މީހަކަށް ދިނަސް ދައްކަން ޖެހޭ އެއްޗެއް. ތިބުނާ މިހާގެ ހާލަކީ އަބަދުވެސް ރާއްޖޭގެ ހުރިހާ ކަމެއްގަ ވެސް ހާލު. ވަކި ކަމެއް އިސްތިސްނާ ކުރާނެ ކަމެއް ނެތް
އޮނީށް
11 June 2024
މިކަމުގަ ވެސް އޮޅުވާލާފަ ވަކި ބަޔަކަށް ގިނައިން ފައިސާ ދޭން ރާވާފަ މި އޮތީ. ކުރިން ދެމުން އައިގޮތަށް ހަމަ ހަމަކަން ގެއްލިފަ މި އޮތީ. ދެންވެސް ބާރުގަދަ މީހާ އެދުނީމަ ބާރުގަދަ މީހާ ތުރޫކޮށް އިތުރު ފައިސާ ލިބޭ ކެޓަގަރީގަ ޖެހެންވީ. މިއީ އިންސާފެއް ނޫން
ހުސެއިން ޝާމް
11 June 2024
ސީއެސްސީ ލީގަލްބޭފުޅުން ސްޓޫޑެންޓްލޯންދޭންފެށީމަ އަޅުގަނޑުމެން އެންމެންވެސް އެއިރުން ލޯނު ބޭނުންވާނެ.ފިތުނަވެރި ޝައިތާނާ އިނީ ސިވިލް ސަރވިސް ކޮމިޝަނުގެ ތެރޭ ފިލާ . ފުއާދޫ ރައްޔިތުންގެ މަޖިލީހަށް ފާރަވެރިވަންތޯ؟ ރައްޔިތުންގެ މަޖިލީހުން ސީއެސްސީ އަށް މެމްބަރުން ހޮވަނީ ހިތު ހުރި ގޮތަކަށް ސިވިލް ސަރވިސް މުވައްޒަފުން ޙާލުގަ ޖައްސާ މުޅި ޤައުމަށް ގިނަ ކުރާކަށްނޫން.ސިޔާސީ މީހުން ބުނާ މަސއްކަތް ކުރަން އެމީހުން ކައިރީ ކަޅުބިއްލޫރި ޖަހައިގެން ކާރު ދުއްވާ.
ހަބަރޭ
11 June 2024
މި ހަބަރު ޝާއިއުކުރި އިރު މިނިސްޓްރީގެ ވެބްސައިޓްގަވެސް ގެޒެޓުގަވެސް ނެތް މި އިއުލާނެއް. މިހާ މުޖައްރިބުކޮށް އިއުލާންކޮށްފިއޭ ބުނަން ކެރެންޏާ ނިކަން ހައިޕަރލިންކުވެސް ކޮށްލަބަ.
ބާބޫޖީ
11 June 2024
ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާކަމެއް ނޫން. ގިނަ ބަޔަކު އަނބުރާ ނާދެ ، ލޯނެއް ނުދައްކާ.
ބަރުބާދު
11 June 2024
ދުނިޔޭގެ އެއްގައުމެއްގަ ނުކުރިޔަސް ރާއްޖޭގެ ކުރިއެރުމަށާއި ދަރިންނަށް ކިޔަވައިދޭން ބޭނުންވެ ތަނަވަސްކަން ނެތިފައިތިބި މީހުނައް ވަރައްބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް.
ސަކެނެ
11 June 2024
އަނބުރާ އާދޭ އެންމެން ކަހަލަ ގޮތަކަށް. އައިސްތިބޭނީ ބޮޑު ގޮނޑި ނުލިބޭތީ ވަޒީފާއަށް ނުދާން މައިންބަފައިންގެ ތައްޕާހުގަ. އެހެން ނޫނަށް ހަޤީގަތަށް ބުނަންޏާ ބޭރު މީހުން ވަޒީފާ ދޭން ބޭނުންވާ ވަރަކަށް އެކަކުވެސް ކޮލިފައި ނުވޭ. އަންނާކަށް ނު ޖެހޭނީ