މިރްޒާޕޫރްގެ ޕޯސްޓަރެއް
13 ޖޫން 2024 - 10:17
ޕްރައިމް ވީޑިއޯ އިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ވެބް ސީރީޒް "މިރުޒާޕޫރު"ގެ ތިންވަނަ ސީޒަން އަންނަ މަހު ފަހެއްގައި ގެނެސްދޭން ނިންމައިފި އެވެ.
މި ސީރީޒްގެ ދެވަނަ ސީޒަން ނުކުތީ 2020 ވަނަ އަހަރު އެވެ.
އޭގެ ތިން އަހަރު ފަހުން، އަންނަ މަހު މި ސީރީޒްގެ ތިންވަނަ ސީޒަން ގެނެސްދޭކަން ޕްރައިމް ވީޑިއޯ އިން މިހާރު ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.
ކްރައިމް ތުރިލާ މި ސީރީޒްގައި ދައްކަނީ އުތުރު އިންޑިއާގެ ހިސާބެއްގައި އުޅޭ ގޭންގުތަކެއްގެ މެދުގައި ހިނގާ އަރާރުންތަކާއި ބަދަލު ހިފުމުގެ ރޫހު ހުންނަ ގޮތާއި ސިޔާސީ ކަންކަމާ އަދި މަކަރާއި ހިޔާނާތާ ގުޅޭ ކަންކަމެވެ.
ކަރަން އަންޝުމަން އާއި ގުރްމީތު ސިންގްގެ އިތުރުން މިހިރު ދެސާއީގެ ޑައިރެކްޝަނާ އެކު ގެނެސްދޭ ސީރީޒްގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަލީ އާއި ޕަންޖަކް ތުރިޕަތީ އާއި ދިވްޔެންޑޫ ޝަރުމާ އާއި ރާސިކާ ޑުއްގަލް އާއި ޝްވޭތާ ތުރިޕަތީ އާއި ކުލްބުޝަން ކަރްބަންދާ ފަދަ ތަރިން ހިމެނެ އެވެ.
މި ސީރީޒް ފުރަތަމަ އަދި ދެވަނަ ސީޒަނަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy