ޚަބަރު / މަސްވެރިން

ވައުދާ އެއްގޮތަށް މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން އަޑުއުފުލައިފި

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ހުޅުމާލޭގެ ކަންނެލި ޖެޓީގައި މިއަދު އިހުތިޖާޖު ކުރަނީ.

12 ޖޫން 2024 - 19:02

46 comments

ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ގޮވާލައި، ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ ފަރާތްތަކުން މިއަދު އަޑުއުފުލައިފި އެވެ.

ހުޅުމާލެ ކަންނެލި ޖެޓީގައި ގިނަ އަދަދެއްގެ ކަންނެލި ދޯނިތައް އެއްވެ، އަޑުއުފުލަމުން ދިޔައީ މިފްކޯއިން ބޮޑުކަންނެލި ގަތުމާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށެވެ.

އެ މީހުން ގޮވަމުންދިޔައީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލުކުރައްވައި، އެ ކަންބޮޑުވުންތައް އަޑުއެހުމަށެވެ.

އޭގެފަހުން، ޝިޔާމް ވަނީ އެ ސަރަހައްދަށް ވަޑައިގެން އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

ސުލްހަ ބެލެހެއްޓުމަށްޓަކައި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދިޔަ އިރު، މިނިސްޓަރު މަސްވެރިންނަށް ވިދާޅުވީ، މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ސަރުކާރުން ވައުދުވެފައިވިޔަސް، އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން އެ ކަން މި އަހަރުގެ ތެރޭގައި ކުރެވެން ނެތް ކަމަށެވެ.

"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން. މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ވަރަށް ކުރީ ކޮޅު ގިނަ ވައުދުތައް ފުއްދެމުންދާ ކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ވެސް ސަރުކާރުން ފުއްދާނެ އެވެ.

ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެކަމުގެ މަޝްވަރާ ސަރުކާރުން ކުރަނީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމުގެ ތެރެއިން ކަމަށެވެ.

އެކަމަކު، ލޭނު މަސްވެރިކަމުގެ ހުއްދަ ދިނަސް މީގެ ކުރީގައި އެކަން ކުރި ގޮތަށް ލޭނު އެޅުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވި އެވެ.

46 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 12%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމާސާ ރާއްޖެ

13 June 2024

މަސްވެރިން ބޭނުންވާއަގަށް މަސްގަންނަން ސަރުކާރަށް ޖެހޭނ އެއްވެސް ސަބަބެއް ނޯންނާނެ.. މިގޮތަށް މަސްގަންނަންޏާ، ތޮއްޑޫކަރާވެސް ސަރުކާރުން ގަންނަންވާނެ އެމީހުން ވިއްކާ ރޭޓަށް.. ހައެގޮަށް ކެލާ ކައްޓަލަވެސް ސަރުކާރަށްގަންނަންވާނެ ކެލާމީހުން ވިއްކާ ރެޓަށް... މީބޮޑު ސަކަރާތެއް ތެލަށް ސަބްސޑީ ދީފަ އަދި މަސްވެސް މަސްވެރިން ބުނާ އަގަގަށް ގަންނަޖެހޭ.. ހެހެހެ...

The name is already taken The name is available. Register?

ޟިހުގަ

13 June 2024

ހީވަނީ ސަރުކާރަކީ މިމަސްވެރިންނަށް ބަލަދު އަރާފައި ތިބެންޖެހޭ ބައެއްހެން. ސަރުކާރުން އެެބަޖެހޭ މިފްކޯ ޕްރައިވެޓައިޒް ކޮށްފައި މިފިޔަފާރިން ދުރަށްދާން. މިފްކޯ މިއޮންނަނީ އަބަދުވެސް ކޮންމެ ސަރުކާރެއްގެ ކަރުގައި ޖެހިފައިވާ ކަށްޓެއް.

The name is already taken The name is available. Register?

އިސްމާލި

13 June 2024

ދަނޑުވެރިން ދަނޑު ހައްދަން ބިމަށް ކުލި ދޭން ޖެހޭ. ރިސޯޓު ވެރިން ރިސޯޓު ހަދަން ބިމަށް ކުލި ދޭން ޖެހޭ. މަސް ކައްކާ، ވަޑާންކުރާ މީހުން ބަންޑާރަ ބިމެއް ނަމަ ކުލި ދޭން ޖެހޭ. މަސްވެރިން މަސް ބާނަން ރައްޔިތުންނަށް އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭ. ނުވިތާކަށް ބާނާ މަސް ވެސް ސަރުކާރުން ބާޒާރު އަގަށްވުރެ ބޮޑުކޮށް ގަންނަން ޖެހޭ. މިއީ ކޮން އުސޫލެއް ތަ؟

The name is already taken The name is available. Register?

ކޮރަލް

13 June 2024

މަސްވރީން މުޒާހަރާ ތައް ހުއްޓާލަން ވީ އެވެ. އަދި މަސްވެރީން ގްރޫޕް ތައް ހަދާ ގުޅިގެން މަސްބޭރުކުރަން ވީ އެވެ. ބޭރުގެ ބޮޑެތި ހޮޓާ ރެސޓޯރަންޓް ފަދަ ތަންތަނަށެވެ. ލަންކާ މީހުން ރާއްޖޭގަ މަސް އެބަ ބޭރު ކުރެ އެވެ. އެމީޙުންގެ ވިޔަފާރި ދަނީ ފުޅާ ކުރަމުންނެވެ. ފަރު މަސް ވެސް ބޭރު ކުރަން ވީ އެވެ. ބިދޭސީން މިގައުމުގަ ހުރިހާ ދިމާ ލަކުން ވިޔަފާރި ތައް ދިވެހީންގެ އަތުން އަތުލަނީ އެވެ.

The name is already taken The name is available. Register?

އައިމިނާ

13 June 2024

ހިސާބަށްވުރެ ކަންނެތް ވީމަ މަސް ކައްކާ ހިއްކާ ގޮތްގޮތް ހަދާކަށްވެސް ނުކެރޭ. މި މަސްވެރިން ބުނާގޮތަކަށް ގަންނަން މި ޖެހެނީ. ޢަޖާއިބު ހީވޭ. ރާއްޖެއިން ބޭރުން ގެނެސް ވިއްކާ އައިސް ކުކުޅަށް ވުރެ ދިވެހިން ދިވެހި ކަނޑުތަކުން ބާނާ މަހުގެ އަގު ބޮޑު. މިފްކޯ ތަންތަނުން ގަންނަ މަސްކިލޯއެއްގެ އަގު ބަލާލީމަ އިނގޭނެ މީގެ ތެދުކަން.

The name is already taken The name is available. Register?

ކިއްލާ2222

13 June 2024

މަސްވެރިން ގެ ލާރި ނުދީ މި ސަރުކާރުން ފައިސާ މި ހަރަދު ކުރަނީ ފަލަސްތީން ފަދަ ޖަމާއަތް ތަކަށް ދެން ތުބުޅި ގުރޫޕް ތަކާ ހަމާސް ފަދަ ޓެރަރިސްޓުން ނަށް!

The name is already taken The name is available. Register?

އެނގޭތީ މިބުނީ.

13 June 2024

މީ އެމްޑީޕީން ރާވައިގެން ކުރި މުޒާހަރާއެއް.

The name is already taken The name is available. Register?

އަލި

13 June 2024

މަސްވެރިން ބާނާ ހުރިހާ އެއްޗެއް އޭރަކު އޮންނަ ސަރުކާރުން ގަންނާކަށް ނުޖެހޭ. ތިހެން ގަންނަންޏާ ކިއްލިތަޅާ މީހާގެ ކިއްލިއާއި، ހެދިކާ ހަދާމީހާގެ ހެދިކާ ވެސް ސަރުކާރުން ގަންނަންވީ ނޫންތޯ؟.

The name is already taken The name is available. Register?

މުހައްމަދ

13 June 2024

މިހާރު މިފްކޯއިން ކަންނެލި ގަންނަން ފެށީތޯއެވެ. ވައުދުވިއަސް ހުވާކުރިއަސް ނުކުރެވޭނެ ކަންކަން ހުންނާނެކަން ގަބޫލު ކުރަންޖެހެއެވެ. ނިމިދިޔަ ސަރުކާރުން ވައުދުފުއްދަން ކަޑުމަސް ބޮޑުއަގުގަ ގަނެގެން މިފްކޯ އެއޮތީ ފޫނުބެއްދޭވަރަށް ދަރާފެއެވެ. މިފްކޯ އަށް މިހާރުވެސް މިލިއަނުން ސަބްސިޑީސް ދީގެން ދަރަނި ދެއްކޭތޯ ކުރާމަސަތްކަތެއް ކުރިއަކަށް ނުދެއެވެ. ހަމައަގުގަ މަސްގަނެ ލިބޭހުރިހާ މަހެއް ދަޅުގައި ބަންދުކުރުން ނޫން ފަރުވާއެއް މިފްކޯއަކަށް ނެތެވެ.

The name is already taken The name is available. Register?

ޙަސަނު

13 June 2024

ކިތަންމެ ވަރަކަށް ބަޔަކު ހަޅޭއްލެވިޔަސް ގުދާރު ބިންދާނުލަން ގޮވާލަން. ޤައުމުގައި މަސްވެރިންނާ ދަނޑުވެރިން އަދި މަސައްކަތްތެރިންވެސް އެބަތިބި. އެމީހުންވެސް މަސައްކަތުގައި ބޮޑު އަގު ހޯދަން ބޭނުންވޭ. ތިފާޑަކަށްނނޫޅޭ. ކެރްތެރިކަމެއް ހުންނަންވާނެ. ޢަދި ވަގުތުނފާއިތެއްނުވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454