ކުޅިވަރު / ޔޫރޯ 2024

ޔޫރޯ ކާމިޔާބުކުރާނެ ގޮތް އިޓަލީ އަށް މިހާރު އެނގޭ: ކްރިސްޓަންޓް

ހަމްބާގް (ޖޫން 13) – ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާނެ ގޮތް މިހާރު އިޓަލީ އަށް އެނގޭކަމަށް އެ ޓީމުގެ މިޑްފީލްޑަރު ބްރަޔަން ކްރިސްޓަންޓް ބުނެފި އެވެ.

މާދަމާ ރޭ ފަށާ މުބާރާތުގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު ނުކުންނާނީ އަލްބޭނިއާ އާ ދެކޮޅަށެވެ. އެ މެޗުގައި ރޯމާގެ މިޑްފީލްޑަރު ކްރިސްޓަންޓް ކުޅޭނެ ކަމަށް ބެލެވެ އެވެ.

އެއީ ޓީމުގެ މުހިންމު މިޑްފީލްޑަރު ނިކޮލާ ބަރޭލާ އަދި ނިކޮލާ ފަޖޯލީ މެޗަށް ފިޓް ނުވެދާނެ ކަމަށް ބެލެވިފައިވުމުންނެވެ.

މުބާރާތުގެ ކުރިން ޔޫއެފާގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކްރިސްޓަންޓް ބުނީ ޔޫރޯ ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭނެ ގޮތަކީ ކޮބައިކަން އިޓަލީގެ ޓީމަށް އެނގޭ ކަމަށެވެ. އަދި އެ ޓީމުން ތިބީ މުބާރާތް ދިފާއު ކުރުމުގެ އުންމީދުގައި ކަމަށް އޭނާ ބުންޏެވެ.

ޔޫރޯގައި އިޓަލީ އަށް މަސްހުނި ނަތީޖާތަކެއް އެބަ ހުއްޓެވެ. ޔޫރޯ 2000 ގެ ފައިނަލުގައި އެ ޓީމު ފްރާންސް އަތުން ބަލިވި އެވެ. އަދި 2016 ގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި އެވެ. އެކަމކު 2020 ގެ ޔޫރޯ އިންގްލެންޑް ބަލިކޮށް ކާމިޔާބު ކުރި އެވެ.

"ޔޫރޯ 2020 ވެގެންދާނީ އަހަރެމެންނަށް ވަރަށް ފުރިހަމަ ހަނދާނަކަށް. އެކަމަކު މިއީ ފުޓްބޯޅަ އާ މުބާރާތެއް އިތުރަށް މަސައްކަތް ކުރާން ޖެހޭނެ އަހަރެމެންނަކީ އަދިވެސް އެންމެ މޮޅު ޓީމުކަން ސާބިތުކޮށްދޭން،" އުމުރުން 29 އަހަރުގެ ކްރިސްޓަންޓް ބުންޏެވެ.

މުބާރާތުގެ ފޭވަރިޓުންނަކީ ކޮބައިތޯ ސުވާލު ކުރުމުން ކްރިސްޓަންޓް ބުނީ އިންގްލެންޑާއި ފްރާންސް އެ ލިސްޓޤގައި ހިމެނޭނެ ކަމަށެވެ.

"ނަމަވެސް އަހަރެމެންގެ ސްކޮޑް ވަރަށް ޒުވާން އަދި ތަޖުރިބާވެސް އެބައޮތް. މި ޓީމު ހިމެނޭނެ،" އޭނާ ބުންޏެވެ.

6 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޭ2016

14 June 2024

2016ގަ ފައިނަލް ކުޅުނީ ޕޯޗްގަލް އާއި ފްރާންސް

The name is already taken The name is available. Register?

ށާބަސް

14 June 2024

2016 ވަނަ އަގަރު ފައިނަލް ކުޅުނީ ފުރާންސް ޕޯޗްގަލް

The name is already taken The name is available. Register?

ބަރުބާދު1

13 June 2024

އިނގޭތީ އެއްނު މިފަހަކަށް އައިސް ވޯލްޑް ކަޕަށް ކޮލިފައި ނުވަނީ. ލަދުވެތި.

The name is already taken The name is available. Register?

ޔޫރޯޔޫރޯ

13 June 2024

ކުރިން 2020 ޔޫރޯ ނެގީ ވެސް 2018 ވޯލްޑް ކަޕަަށް ކޮލިފައި ނުވެ އޮވެ.. މި ދައްކަނީ ޔޫރޯގެ ވާހަކަ.. ވޯލްޑްކަޕް ވާހަކައެއް ނޫން.. ވޯލްޑްކަޕް އެމީހުންނަށްވުރެއް ވަކި ގިނައިން ނެގި ބަޔަކު ނެތް ޔޫރަޕަކު.. ޔޫރަކީ އުނދަގޫ ޒޯނެއް ވޯލްޑްކަޕަށް ކޮލިފައިވާން އެންމެ މެޗަކުން ބަލިވިޔަސް ނުވެދާނެ.. އިޓަލީއަށް ވީ އެހެން 22ގައި. ސައުތު އއމެރިކާގަ 5 މެޗުން ބަލިވެގެން ވެސް ވޯލްޑްކަޕަށް ކޮލިފައި ވެވިދާނެ ޔޫރަޕަކު އެހެނެއް ނުވާނެ..

The name is already taken The name is available. Register?

ސާމިހް ކެޕްޓަން

13 June 2024

ވޯލްޑް ކަޕަށް ކޮލިފައިވާނެ ގޮތް ދަސްކޮށްބަލަ. ހެހެހެ

The name is already taken The name is available. Register?

ވީލްޑްޗެމްޕިއަން

13 June 2024

އެމީހުންނަށް ވުރެއް ގިނައިން ތޮޔަ ވޯލްޑްކަޕު ނެގި ބަޔަކު ނޫނީ ކޮލިފައިވީ ބަޔަކު ޔޫރަޕުގަ އެބައުޅޭތަ ވަކި.. ޖާމަނީ އެކަނި އޮތީ ވަރުންް އެޅިގެންވާ ބަޔަކަށް ވެސް.. ތިޔަ ނަންކިޔާ ޓީމުތަކަށް ވުރެއް ގިނައިން ކޮލިފައިވެ ތަށިވެސް ނަގާފަ އޮތީ.. ދަސްވެފަތާ އޮންނާނި ކޮންމެ ބަޔަކަށްވެސް އަޑިގަނޑުތަށް އަންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454