ފުލުހުން ހުއްޓުވި ވެހިކަލް
15 ޖޫން 2024 - 22:21
ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފަހަތަށް އަރުވައިގެން ދުއްވި ދެ ޕިކަޕު ފުލުހުން ހިފަހައްޓައިފި އެވެ.
ކުޑަ ޕިކަޕެއްގެ ފަހަތަށް ގިނަ އަދަދެއްގެ ބިދޭސީ ލޭބަރުން އަރުވައިގެން މާލެ އާއި ހުޅުމާލެ ދެމެދު ދުއްވާ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވިދާޅުވެފައި ވަނީ އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރަށް ސަމާލުވެ އެފަދަ ކަންކަން ހުއްޓުވާނެ ކަމަށެވެ.
ފުލުހުން ހުއްޓުވި ވެހިކަލް
ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ގިނަ އަދަދެއްގެ ބަޔަކު ފަހަތަށް އަރުވައިގެން ދުއްވި ދެ ޕިކަޕެއް ސިނަމާލެ ބްރިޖު މަތިން ހިފަހައްޓާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް އުޅަނދެއް އިމްޕައުންޑް ކޮށްފައިވާ އިރު ދެ ޑްރައިވަރުންގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނި ގޮތުގައި ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލަ ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ހައިވޭގައި ލައިސެންސް ނެތި އަދި ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ވެސް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
17 June 2024
އާއްމު ކަމެއް
ލޮލްީބް
16 June 2024
އެސްއޯ ފުލުހުންވެސް ބަރިބަރިއަކަށް ލޮރީއަށް ޝިލްޑުތަކާއި އެކު އަޅާ ފިއްތާފައި ހުންނަތަން ފެނޭ. އެވެސް ހަމަ އިންސާނުން. އެހެން ހަދާކަށް ނުވާާނެ. ޝިލްޑުތައް ތެރޭ ނޭވާ ނުލާ ހުންނަޖެހެނީ ކޮމްޕްރެސްވެގެން. ސިފައިވެސް ހަަމަ މިހެން. އެެމީހުނަަކީ އިންސާނުންނަށް ނުވަނީތަ؟
ޑޮންދިން
16 June 2024
ފުލުހުންނަށް ކުރިން ވަރަށް އިތުބާރުކުރިން. ނަމަވެސްކަނޑައެޅިގެން ޤާނޫނާ ހިލާފު ކަމެއް ރިޕޯޓް ކުރީމަ ހެޑްކުއަޓަރއިން ގުޅާފަ ބުނީ އަޅުގަނޑުމެންނަށް ތީގައި ކުރެވޭނެކަމެއް ނޯންނާއޭ. ކުޑަކުއްޖަކު ރުޔަސް އަޅުގަނޑުމެންނަށް ރިޕޯޓުކުރުން ކަހަލަ ކަމެކޭތީ. ސީޓީ ކައުންސިލަށް ސިޓީލާށޭ. އެކަމަކުމިއީ ޤާނުނު ތަންފީޒުކުރާ އިދާރާ. މީހުންގެ ގޯތިގެދޮރަށް އެހެންގޭގޭ މީހުންނަށް ކުނިއެޅުން އޯކޭއޭ އޭނަ ބުނީ. ލަދުކޮބާ ތިބޭފުޅުންގެ. ނޫސްތަކުގައި ޖަހީމަ ތެޅިގަންނަނި.
ހަސަނު
16 June 2024
އެ ބިދޭސީން ލައްވާ އެކަން ކުރުވި މީހުންހޯދާ އެމީހުންނަށް އަދަބު ދޭން ޖެހޭނީ. ކުންފުނީގެ ވެރިންގެ ކުށެއްއެއީ....
ާއަޔާސް
16 June 2024
ތަންކޮޅެއް އަވަސް ތިކަހަލަ ކަންކަން ޕޮލިހުންނަށް އިގޭލެއް.
ޖިޔާން
16 June 2024
އެކްސިޑެންޓް ގިނަ ބްރިޖެއް މަތީ ބާރު ސްޕީޑްގައި އިންސާނުން އެގޮތަށް ގެންދިއުމުން އެމީހުންގެ ފުރާނައާއި ހަށިގަނޑު ތިޔަ ވައްޓާލެވުނީ ނުރައްކަލަުގެ ތެރެއަށް. ދުނިޔޭގެ ޖާދޫގައި ޖެހި ވިޔަފާރީގެ މަންފާ އިތުރުކުރުމުގެ ގޮތުން މީހުންނަށް ކޮންމެ ފަދަ ގޮތެއް ހަދާލުމަކީ ވެސް އޯކޭ ކަމަކަށް ބަޔެއް މީހުންނަށް ހީވޭ
އަދުނާނު
16 June 2024
ކޮން ކުންފުންޏެއްގެ ޕިކަޕެއް ކަމާ ކޮން ކުންފުންޏެއްގެ މީހުން ކަން ޖަހާލަން ނުކެރުނީ ކީއްވެބާ؟
ކޮމެންޓޭ1
16 June 2024
ދެން ތީގެން ކޮންމެ މީހަކު ޓެކްސީ އަކަށް ލާފަ މަސައްކަތަށް ފޮނުވާ. މަސައްކަތުގެ ބިލު ފޮނުވީމަ ބޮޑުވެގެން ފާޑު ކިޔާނެ. މީއަދި ތަރައްގީ ވަމުން އަންނަ ވަޞީލަތްތައް މަދު ޤައުމެއް. ތަރައްގީވެފަ ހުރި ގައުމުތަކުންވެސް އެހިސާބަށް ދިޔައީ ތިހުރިހާ ކަމެއް ކޮއްގެން. ނުވިތާކަށް ނިކަމެތި ހިސާބުތަކުން ގަދަކަމުން ހޯދާފައިވާ އަޅުން ލައްވާ މަސައްކަތް ކޮއްގެން. އަހަރުމެންގ ފުދުން ތެރިކަން އިތުރުވީމަ ތިކަންކަމަށް ބެލިދާނެ.ބޮންތީގަ އެއްފަހަރުން ހިފަން އުޅެގެން ނުވާނެ
ބާބް
16 June 2024
މިކަލޭގެ މިއީ ވަގުބަންގާޅީން ލައްވައި ވަގުމަސައްކަތްކުރުވައިގެން ކައިބޮއި އުޅޭ މީހެއްކަން ޔަގީން
ހުޅަންގު އުޅޭހާ ގޮތަކަށް އުޅޭކަށް ނުޖެހޭ
16 June 2024
އެއްބަޔަކު އިންސާނުންގެ ކަރާމާތާ ފުރާނައަށް ނުބަލާ މުއްސަންދިކަން ހޯދިއަސް މުސްލިމުން އެގޮތަށް ކަންކުރާކަށް ނުޖެހޭ.
އމްހް
19 June 2024
އެމްޑީސީސީ ޕްރައިވެޓް ހަޔަރ ނަގައިގެން އެކަން ކުރީމައި އަގުބޮޑެއް ނުވާނެ އަގު ބޮޑިއްޔާ އަމިއްލަ ބަސް ގެނެވޭނެ އޭރުން އެ ނިމުނީ
ކޮރަލް
16 June 2024
ބްރިޖް މަތީން ކޮންމެ ދުވަހަކު ،،،، އެއީ ކޮންސްޓްރަކް ޝަން ކުންފުންޔަކުން ބިދޭސީން މާލެއިން ހުޅުމާލެ އަށް ގެންދަނީ އެވެ. ބްރިޖް ގަ ހަރުކޮށްފަ ހުރި ސައިކަލްގެ ނަންބަރު ޕްލޭޓް ވެސް ފެންނަ ވަރު މޮޅު ކެމެރާތައް ކުރިމަތީންނެވެ. ޑްރައިވަރުގެ އިތުރުން ކުންފުންޔަށް ވެސް ފިޔަވަޅު އަޅަން ޖެހެ އެވެ.
ސަމީރު އަލީ
16 June 2024
އަދި ބޭރު ޑަރައިވަރުން ދުއްވާ ކުންފުނިތަކުގެ ޕިކަޕް، ލޮރީތަށް ދުއްވަނީ އެއްގޮތަކަށްވެސް ގަވައިދާ އެއްގޮތަކަށްނޫން. ޕިކަޕަށް މުދާއަރުވާއިރުވެސް ފޮށިގަޑުން މައްޗަށް 4 ފޫޓް ހުންނަވަރަށް މުދާއަރުވައިގެން ދާތަންވެސްފެނޭ. ފުލުހުން އެމީހުުން ހުއްޓުވާ ސުވާލުކޮށް ހަދާތަނެއްނުފެނެ.