"މަހަރާޖް"ގެ މަންޒަރެއްގައި ޖުނައިދު.
24 ޖޫން 2024 - 05:58
ބޮލީވުޑްގެ ސުޕަސްޓާރު އާމިރް ހާންގެ ދަރިފުޅުގެ ޖުނައިދު ހާންގެ ފުރަތަމަ ފިލްމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އާމިރުގެ ދަރިފުޅު ޖުނައިދު ބޮލީވުޑަށް ތައާރަފުވާން އުޅޭ ކަމަށް ބުނެ އަޑުތައް ފެތުރުނީއްސުރެ، ފިލްމުގެ މަސައްކަތްތައް ފަށައި ރިލީޒްކުރުމާ ހަމަ އަށް ގިނަ ބަޔަކު ތިބީ އެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އޭނާ އަށް ކުރާ އުއްމީދު ބޮޑުކަމުންނެވެ.
މި މަހު 14 ގައި ނެޓްފްލިކްސް އިން ގެނެސްދޭ ގޮތަށް ހަމަޖެހިފައި އޮތް ފިލްމު "މަހަރާޖް" ޑިޖިޓަލް ޕްލެޓްފޯމަށް ނެރެން ނިންމާފައިވާތާ ގަޑިއެއްހާއިރު ކުރިން، ގުޖުރާތުގެ ހައިކޯޓުން ވަނީ އަމުރެއް ނެރެ އެ ފިލްމު ސްޓްރީމްކުރުން ހުއްޓުވައިފަ އެވެ. މިއީ އިންޑިއާގެ ތާރީހާ ގުޅޭ ފިލްމަކަށް ވާތީ، އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑެވެ.
ނަމަވެސް، އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އެ އަމުރު އުވާލުމުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މި ފިލްމު އަންނަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރަމުންނެވެ.
ޖުނައިދުއާ އެކު މި ފިލްމުގެ ލީޑު ރޯލުތައް ކުޅުނީ ޖައިދީޕް އަހުލާވަތު، ޝާލިނީ ޕާންޑޭ އަދި ޝަރުވާރީ އެވެ.
މި ފިލްމު ބެލުމަށް ފަހު އާމިރްގެ ބައެއް ފޭނުން ބުނެފައި ވަނީ އާމިރްގެ ދަރިފުޅު އުފަންވީ އެކްޓްކުރަން ކަމަށާއި އޭނާގެ މޮޅުކަން ފެނި ހައިރާންވާ ކަމަށެވެ.
ޖުނައިދު ވަނީ ޖާންވީ ކަޕޫރުގެ ކޮއްކޮ ހުޝީ ކަޕޫރާ އެކު އޭނާގެ ދެވަނަ ފިލްމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަދި ނަން އިއުލާންނުކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަން
24 June 2024
ހީވޭ ރަންގަޅު ފިލްމަކަށް ވާނެހެން.
ޖާގަ
24 June 2024
ލޭގާ ހުރިކަމެއްވިއްޔާ ހުންނާނެ.