އިންޑިއާގެ ފޮރިން މިނިސްޓަރު ސުބަރަމާނިއަމް ޖައިޝަންކަރް (ވ) ސްރީ ލަންކާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަނިލް ވިކްރެމަސިންހައާ މި މަހުގެ 20 ވަނަ ދުވަހު ބައްދަލުކުރައްވަނީ: މި ދަތުރުގައި ވަނީ ލަންކާގައި އިންޑިއާގެ އެހީގައި ހެދި މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ހުޅުވާފައި.
24 ޖޫން 2024 - 21:44
ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ މަރުކަޒު، ރާއްޖެ އާއި އިންޑިއާގެ އިތުރުން އިންޑޮނީޝިއާ އާއި އޮސްޓްރޭލިއާ ސަރަހައްދު ވެސް ބެލެހެއްޓޭ ފެންވަރަށް އިންޑިއާގެ އެހީގައި ތަރައްގީކޮށް ހުޅުވައިފި އެވެ.
ކަނޑުދަތުރުފަތުގެ ފުރިހަމަ މައުލޫމާތު އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދަކުން ލިބޭ ގޮތަށް ހެދި މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ބުރާސްފަތި ދުވަހު ހުޅުވީ އިންޑިއާ އިން ދިން ހަ މިލިއަން ޑޮލަރުގެ އެހީގައި ތަރައްގީކުރުމަށް ފަހު ކަމަށް ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
މި ސެންޓަރުގެ މައި މަރުކަޒު ހުންނަނީ ވެރިރަށް ކޮލަމްބޯގައި ކަމަށް ވިޔަސް ލަންކާގެ އިރުމަތީ އައްސޭރީގެ ހަތް ސަރަހައްދެއްގައި ކުދި ސްޓޭޝަންތައް ވެސް ވަނީ ހަދައިފަ އެވެ. މީގެ ތެރެއިން އެއް ސްޓޭޝަން ހުންނަނީ ލަންކާގައި ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރާ ކައިރީގައި، ލަންކާގެ ދެކުނު ބިތުގަ އެވެ. މިއީ އިންޑިއާ ކަނޑުން އިރުން ހުޅަނގަށް ދަތުރުކުރާ އުޅަނދުތައް ބެލެހެއްޓުމަށް ހާއްސަ ސްޓޭޝަނެކެވެ.
ލަންކާގައި މި ގާއިމުކުރި މެރިޓައިމް ރެސްކިއު ރީޖަން އިން 1.77 މިލިއަން އަކަ ކިލޯމީޓަރު (683،400 އަކަ މޭލު) ގެ ސަރަހައްދެއް ބެލެހެއްޓެ އެވެ. އެހެންވެ މި ސަރަހައްދުގެ ތެރޭގައި އިންޑިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.
މި ފެސިލިޓީ ހުޅުއްވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ތިން ވަނަ ދައުރަކަށް ނަރެންދުރަ މޯދީ ހަވާލުވެ ވަޑައިގަތުމަށް ފަހު އެކުލަވާލި ކެބިނެޓުގައި ވެސް ފޮރިން މިނިސްޓަރުކަން ދެއްވި ޖައިޝަންކަރު އަލުން މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގަ އެވެ.
ޖައިޝަންކަރުގެ ދަތުރުގައި ވަނީ ލަންކާގައި އިންޑިއާގެ ކުންފުނިތަކުން ހިންގާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
26 June 2024
އިންޑިއާގެ އާބާދީގެ %60 ޕަސެންޓު މީހުންނަށް ސާފުބޯފެނާއި، ފާޚާނާގެ ނިޒާމު ގާއިމު ކޮށްދެވިފައި ނެތް. އެވަރު ގައުމަކުން ލަންކާގައި އަސްކަރީ މަރުކަޒު ހަދައި އަދި ނުވީތާކަށް ހަނދަށް މީހުން ފޮނުވީމަ ވަނީ ބޮޑު ޖޯކަކަށް.
ފައިދާ
25 June 2024
ލަންކާ ބަނގުރޫޓުވީމަ އިންޑިއާއަށް ހުރިހާ ފައިދާއެއް. މިގައުމުވެސް ބަނގުރޫޓުވެއްޖެނަމަ ވަރަށް ކަންކަން އޮންނާނެ.
ފެންފޯކް
25 June 2024
ރަނގަޅު. ލަންކާގައި ކަނޑަށް ބަލަން ތިބެ. ރާއްޖޭގައި ނުތިބެ ރާއްޖޭގެ ކަނޑުވެސް ބެލެހެއްޓުން އެއީ ރަނގަޅު ކަމެއް.
އަފްރާސިޔާބު
25 June 2024
އަނެއްކާވެސް އިންޑިޔާ މަޅިއެއްޖެހީ. އަހަރެމެންނާ ހަމަޔަށް އައިސްގެންނުވާނެ.
އެމެރިކާ
25 June 2024
ކޮބާ މީގެ ބޭނުމަކީ އިންޑީޔާ މީގެ ފައިދާނެގުން.
ގަދަ
25 June 2024
ހަހަހަ އަހަރެމެންނަށް ކީތް!!!!
ލުއިމަންޖެ
25 June 2024
ބަޑަށްޖެހިފައި ތިބޭމީހުން އަމިއްލަ ކިޑްނީވެސް ވިއްކައެއްނޫން. ތީ އެކަހަލަ ކަމެއް.
އަބްޑޫޅް +
25 June 2024
އިންޑިޔާ އައުޓު.