ޚަބަރު / ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓްރީގެ ޑީޖީގެ ބާރުތަކާއި ޝަރުތުތައް މަތި ކުރަން އިސްލާހެއް!

މެންބަރުން މަޖިލީހުގެ ތަޅުމުގައި--ފޮޓޯ: މަޖިލިސް

ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނަވާ ބޭފުޅާ އަށް ލިބޭ ބާރުތަކާއި އެ މަގާމުގެ ޝަރުތުތައް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި މިހާރު ހުންނެވީ އެ ދާއިރާ އަށް 14 އަހަރު ހިދުމަތް ކުރައްވާފައިވާ ޑރ. އަހުމަދު އަޝްރަފެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖެނުއަރީ 11، 2022 ގަ އެވެ.

މި ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީގެ ޑީޖީގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެލޯޕެތިކް މެޑިސިންގެ ހާއްސަ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސަނަދެއް ހާސިލް ކޮށްފައިވާ މީހަކަށް ވުމެވެ.

ސިއްހީ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުމާއި އެ މުއްދަތުގެ ތެރެއިން މަދުވެގެން ހަތަރު އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހަކަށް ވާން ޖެހޭ ކަމަށް އާ އިސްލާހުގައި ވެ އެވެ.

ޑީޖީގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށާއި އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު، މަގާމަށް އެއްވެސް މީހަކު އައްޔަން ކޮށްފައިވާ ނަމަ އަދި އެއީ ގާނޫނުގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަވާ މީހެއް ނަމަ އެއީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މަގާމަށް އައްޔަން ކޮށްފައިވާ ފަރާތެއް ކަމުގައި ބެލޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކުރި އެވެ.

އެ މަގާމުގައި ހުންނަ މީހަކު އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިހާރު ހިމެނެނީ ސިއްހީ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނުތައް ހެދުމަށް މިނިސްޓްރީ އަށް ލަފާދިނުމާއި ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ކަނޑައަޅާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް އިރުޝާދު ދިނުމެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް މުއައްސަސާތަކާ އެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހި ކޮށްދިނުމާއި ރާއްޖެ އަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްހީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ސިއްހީ ދާއިރާ އާއި ހެލްތު މިނިސްޓްރީއާ ގުޅުން ހުރި އެހެން ކަންކަމުގައި ލަފާދޭ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

އިސްލާހުގައި ހިމެނޭ ބައެއް އިތުރު މަސްއޫލިއްޔަތުތައް

- ކޮމިއުނިޓީ އަދި އިނސްޓިޓިއުޝަނަލް ފެންވަރެއްގައި ވަށައިޖެހޭ ގޮތުގެ މަތިން ސިއްހީ ހިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރުމަށްޓަކައި ސްޓްރެޓީޖިކް ބިޒްނަސް ޕްލޭންތަކާއި ޕޮލިސީތައް އެކުލަވާލުން.

- ތަފާސްހިސާބު އެއްކޮށް ހެލްތު އިންފޮމޭޓިކްސް ޒަރިއްޔާ އިން މައުލޫމާތާއި ތަފާސްހިސާބުގެ ބޭނުން ކުރުމަށް މަގުފަހިކޮށްދިނުން.

- ސިއްހީ ދާއިރާއާ ގުޅުން ހުރި މަސައްކަތްތައް ކުރާ މަދަނީ ޖަމިއްޔާތަކާ އެކު، މަސައްކަތްކޮށް ސިއްހީ ދާއިރާ އަށް އެންމެ ފައިދާ ހުރި ގޮތެއްގައި އެ ފަރާތްތަކުގެ ބައިވެރިވުން ކުރިއަރުވައި ރާއްޖޭގެ ސިއްހީ ހާލަތު ހަރުދަނާ ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގަން އިރުޝާދު ދިނުން.

- ސިއްހީ ދާއިރާގައި ތަންފީޒު ކުރާ ސިޔާސަތުތަކަކީ ސައްހަ މައުލޫމާތާއި ހެއްކަށް ބިނާކޮށް ކަނޑައެޅޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި ދާއިރާ އަށް ބޭނުންވާ ދިރާސާތަކާއި އެނަލިސިސްތައް ދެނެގަނެ އެ އެނަލިސިސްތައް ހެދުމާއި ދިރާސާ ކުރުމަށް ފަންނީ ލަފާ ދިނުން.

ބިލުގައި އިތުރަށް ބަޔާން ކޮށްފައި ވަނީ ޕްރިވެންޓިވް ކެއާ ހިދުމަތް ފޯރު ކޮށްދިނުމުގެ އަސާސްތަކާއި ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމް ގާއިމް ކުރުމާ ބެހޭ މާއްދާތަކެކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެއިްން ޝާމް

25 June 2024

ތިފަދަ ބޮޑުބާރެއް ދޭއިރު މަޖިލީހުން އެންމެ މީހަކަށް ބާރު ދީގެން ނުވާނެ .އެކި ވިސްނުމުގެ އެކިފިކުރުގެ މީހުން ހިމެނޭ ގޮތަށް ކޮމެޓީއެއް އުފައްދަން ޖެހޭނެ. ޑީ.ޖޭ އަށް ބާރުދިނުން މައްސަލަ އެއްނޫން .އެކަމަކު އެއްވެސް ކަމެއް ފައިނަލް ކުރެވޭނީ ހެލްތް ކެއަރ ކޮމެޓީ އަށް ހުށަހަޅައިގެން ފާސް ވުމުންނެވެ.މިއުފައްދާ ކޮމެޓީގައި ތަޖުރިބާކާރު ޑޮކްޓަރުންނާއި ،ނަރުހުންނާއި ، އަދި ހޮސްޕިޓަލް ސީނިއަރ މެނޭޖުމެންޓުގެ ބޭފުޅުން ހިމަނަން ވާނެއެވެ.ކޮމެޓީއެއްނެތި ބާރުނުދޭތި

The name is already taken The name is available. Register?

ސަލީމު އިދުރީސް

25 June 2024

ވައުދުވެފަ އެޔައް އަމަލު ނުކިރުން އެއީ މުނާފިގުންގެ އެއްސިފަ ކަމައް އިލުމުވެރިން ބުނޭ

The name is already taken The name is available. Register?

ގޯހުންގޯހައް

25 June 2024

ވަކި މީހަކައް ފަހާފަ އޮތް ކޯޓަކާވައްތަރީ ތިޔަބިލު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454