ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --
27 ޖޫން 2024 - 13:00
ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ ކޮރިޑޯ ތެރޭގައި، ފިރިހެން ކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލަ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަން ކުރީ ކޮން ބައެއް ކަމެއް އަދި ނުހޯދޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުރާވަރު އުމުރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ބަޔަކު ތަޅައި އަނިޔާކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކުއްޖާގެ ކަރުގައި ހިފައި، ގައިގައި އަތުން ތަޅާ މަންޒަރު ވެސް ފެނެ އެވެ.
އަދި ރުޅިގަދަވެ ހުރެ އެކި އިންޒާރުތައް ދެމުން، ފައިން ވަރަށް އެ ކުއްޖާގެ ގައިގައި ބާރަށް ޖަހާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ. އެތަނުގައި އިތުރު ބަޔަކު ވެސް ތިއްބެވެ.
އެކަމަކު އަނިޔާ ހުއްޓުވަން އެކަކު ވެސް އުޅުނުތަނެއް ނުފެނެ އެވެ.
ފުލުހުން ބުނީ އެ ވީޑިއޯ މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްގެން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެ ވީޑިއޯ އިން ފެންނަ މީހުންނަކީ ކޮން ބައެއް ކަމެއް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ އެ ވީޑިއޯއާ ގުޅޭ މައުލޫމާތެއް އެއްވެސް މީހަކަށް ލިބިފައިވާ ނަމަ، ހިއްސާކޮށްދޭން ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަން
28 June 2024
ސިޔާސީ މީހެއްގެ ދަރިއެއް ނަމަ ތި އެއްމެން ހޯދާ ނިއްމާފަ ތިބޭނީ މިހާރު
ތަކުރުގެއަލިބެ
27 June 2024
މާލޭމީހާ ބޯހިޔާކޮށް އިޖުތިމާއީ މައްސަލަ ހައްލުކުރަން ސިނަމާލޭ ފުލެޓުން ވިލިގިލިން ހުޅުލޭ ފަޅުހިއްކައި އާބާދުކޮށް މިހިސާބަށް އާދެވުނުއިރުވެސް ހައްލެއްނުލިބުނު. ހުޅުމާލޭގެ ތޮއްޖެހުން މާލެއެކޭ ދާދިއެއްވަރު.އިޖުތިމާއީ ބަލިމަޑުކަން މެކުހަށް އަރައިފި. އެއްކަލަ ބޯހިޔާނުވާމީހާ މާލެއިން ތަރިކަވި ދެފްލޯ، ހުޅުމާލެއިން ދެފުލެޓު ސިފައެއް، ފުލުހެއްވީމަ ލިބުނު ފްލެޓު ހުޅުމާލެއިން ލިބުނުބިން. އަދިވެސް ބޯހިޔާނުވޭ. އިޖުތިމާއީ ފޭރާންވީދި ލަގޮޓިމެރިފަ. ވާނުވާއިގޭބާ
ތިމާވެށި
27 June 2024
ތަހުގީގު ކުރާ މައްސަލަ އަކަށް ވާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ. މައްސަލަ ތައް ފުނިޖެހިފަ އެވެ.
ބަކޫ
27 June 2024
ދިވެހި ފުލުހުންގެ ތަހުގީގު އހަރެންނަށްވެސް ފެނިފަމިހިރީ ތަހުގީގަށް މީހުންގެންގޮސް އެމީހުންނާއި ސުވާލުކުރާއިރު ހީވަނީ ކުޅޭކުޅޭ ކުޑަކުދިން ކުރާކަހަލުގެ ތަހުގީގުހެން ބަޔަކު އަސްލުގަވެސް ޖޯކުނުޖަހާވަރެއްނުން.... ތަހުގީގުކރާއިރު ވަކިކޮޅަކަށްޖެހިގެން ތަހުގީގުކުރާކަން މީހަމަފެންނަން ހުރިކަންތަށް ލަދުވެސްގެނޭ އެމީހުންގެ ތަހުގީގުފެނިފަ..... ވަރަށް ސަލާންް
ސީށީތީވީ
27 June 2024
ކޮބާހޭ ސީސީޓީވީތައް
ދަރި
27 June 2024
އިސްވެ ދެންނެވުނު ކަންކަން ހިނގަމުން މިދަނީ.
ޢިހުސާސް
27 June 2024
ޕަބްޖީ އާއި އެއްޗެހި ނުކުޅެވޭގޮތް ހަދާބަލަ. ހިޔާ ފުލެޓުގައި އެޔޮތީ ކެމެރާތައް އަޅާ ފުރިފަ. އެކަމަކު ކަންވެ ނިމުނީމަ ހިރުވާވެސްލަނީ. އެއިރުވެސް މިބުނަނީ ހޯދަނިއްޔޭ.
ވެންގަބޯ
27 June 2024
ކުޑަކުދިންނަށް އަނިޔާކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދިނު މަށް ފުލުހުންނަށް ގޮވާލަން ކުއްޖާއަށް އަނިޔާކުރި އިރު ހުއްޓުވަން ނޫޅެ މަންޒަރު ބަލަންހުރި މީހުނާއި ވީޑިއޯ ކުރިމީ ހުން ހޯދާ ބޮޑެތި އަދަބުތައް ދިނުމަށް ފުލުހުންނަށް ގޮވާލަން އަނިޔާ ލިބުނު ކުއްޖާއަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފުލުހުންނަށް ގޮވާލަން ކޮބާ ޖެންޑާ މިނިސްޓްރީން
ފާތުން
27 June 2024
ހިޔާ 5 ގަ ސެކަންޑް ފުލޯގަ ރާއްޖޭގެ މަސްހޫރު ފިއްޒާވިއްކާ ތަނެއްގެ ސުޓާަފުން ނިންދަވާތަނެއް. މި ބުނީއޭ އެތާ ކައިރިން ދިޔަޔަސް ބޯ އަބުރައި ގަނޭ. އެތެރޭގަ ޑަބަލު އެދު ބަރިބަރިއަށް ޖަހާފަ މުޅި ސިޓިންރޫމަށް ދާދެށް. މިކަން ކަން ބަލާނެ ދައުލަތުގެ މުއަށްސަސާއެއް ނެތީތަ
އަފްރާސިޔާބު
27 June 2024
އެމީހުންވެސް ކޮންމެވެސް ތަނެއްގައި ނިދާނެތާ. ހިޔާ ފުލެޓްތައް ދޫކުރީ ދެމަފިރިން ތިބޭ ގޮތަށް. އެއީ އާމްދަނީ ހޯދާ ތަނެއް ނޫން.
އަމަން
27 June 2024
ގާނޫބާ ހިލާފް އެތަކެއް ކަމެއް ތި ހިޔާފުލެޓްތަކުގަ އެބަކުރޭ. ފުލުހުންނަށް ނޭގެނީތޯ ނޫނީ ނުހުއްޓްވަނީތޯ.