ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު މީހުން ބިމާ ހަވާލުވަނީ: ހުއްދަ ނުނަގައި ހުޅުމާލޭގެ ބިންތަކުގައި އިމާރާތް ނުކުރަން އެޗްޑީސީން ވަނީ އަންގައިފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ޖޫން 2024 - 21:19
އިމާރާތް ކުރުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގެ އެއްވެސް ބިމެއްގައި މަސައްކަތް ނުކުރުމަށް އެޗްޑީސީން މިއަދު އަންގައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ އިން ވިއްކާފައި ބިންތަކާއި ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރާ އިރު، އެޗްޑީސީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި އަދި އިމާރާތް ކުރުމާ ގުޅޭ ހުއްދަތައް ވެސް ނުނަގައި އެ މަސައްކަތް ކުރަމުންދާ ކަން މިހާރަކަށް އައިސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ހުޅުމާލެ އިން ދޫކޮށްފައިވާ ބިމެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް އެޗްޑީސީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އަދި އިމާރާތްކުރުމާ ގުޅޭ އެހެން ހުރިހާ ހުއްދަތަކެއް ވެސް ހޯދަން ވާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، ހުޅުމާލޭގެ ބިންތަކުގައި އިމާރާތްކުރުމުގެ އުސޫލު އެ ކުންފުނީގެ ވެބްސައިޓުން ވެސް ފެންނާނެ އެވެ. ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބުންޏެވެ.
އެ އުސޫލާ ހިލާފަށް އިމާރާތްކުރުމުގެ މަސައްކަތް ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އިއުލާނުގައި ވަނީ ދީފަ އެވެ.
އެޗްޑީސީން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލޭގެ އެކި ތަންތަނުން ވަރަށް ގިނަ އަދަދެއްގެ ބިން ވިއްކައިފަ އެވެ. އަދި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ވަނީ ހިލޭ ގޯތި ވެސް ދޫކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެން
28 June 2024
ހިލޭ ބަހާފައިހުރި ބިންތަކުގައި އެހުރީ ގުދަންތައް ހަދާ ބޮޑުއަގުގައި ކުއްޔަށް ދޫކޮށްފައި. އެބިންތައް ހިއްކަން ދައުލަތުން ބިލިޔަނުން ޚަރަދުކުރި. އެކަމަކު ދައުލަތަށް ބައިރުުފިޔާއެއްވެސް ނުލިބި އެ ބިންތައް ހިއްކަން ހޭދަވިފައިސާ ދައްކަމުން ލިބުނު ފުލެޓްގަނޑުގެ ފައިސާވެސް އަހަރެމެން މިޖެހެނީ ދަައުލަތަށް ދައްކަން. އަހަރެމެންގެ ދަރީންގެ ދަރީންނާ ހަމައަށްވެެސް މިވަނީ ބޮޑުސިންގާ ދަރަނި ކޮންޓެއިނަރެއް އެޅުވިފައި.
ޙެދިސީ
28 June 2024
އެޗްޑީސީ އަށް ނުވަންޏާ ދެން ބަލަހައްޓައިގެން ނުތިބެވޭނެ ދޯ. ބިންލިބުނީމަވެސް ދަތިކުރުމުގެ ފިޔަވަޅު ވަރުގަދަކޮށްގެން އެޗްޑީސީ ތިބެނީ. ގުޅިފަޅުގަވެސް އެއްކަމެއްވެސްނުކޮށް މުސާރަނަގާލަ ނަގާލަ މުއައްޒަފުންލައިގެން.
އޮނަރަބްލް އަފީފު ދީދީ
28 June 2024
އިމާރާތް ނުކުރުމަށާއި، ގޯތި ސާފު ނުކުރުމަށް އެންގުމުގެ ބަދަލުގައި ތިކަމަކީ އިބްރާހިމް ސަރުކާރުގެ ވެރިންތަކެއް އެމީހުންގެ މަސްލަހަތަށްޓަކައި ހިންގާފައިވާ ޢައިރު ޤާނޫނީ އަމަލަކަށްވާތީ ކޯޓް އަމުރެއްގެ ދަށުން ތިކަން ކުރުމުގައި އިސްކޮށް ތިބި ފަރާތްތައް ހައްޔަރުކޮށް "ޤަބީލާ ވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ ތެރެއިން އެތައްހާސް މީހުން ބާކީކޮށް ދީފައިވާ ތިޔަ ގޯތި ދިން ދިނުމަކީ ބާތިލް ނިންމުމެއްކަމަށް ކަޑައަޅުއްވާ.
ގުދުގުދާބެއްޔާ
30 June 2024
ނުވާނު ތިޔަކަމެއް ކަލޭ ކަރުން ނާރުނަގާފަ އަޅޭއް ލަވަލަވާހުރޭ! ކަލޯ އަށް އިގޭތަ ދިވެރި ރާޢްޖޭގާނޫނު! ދައުލަތައް މީހެއްގެ ގޯތި ނަގާނަމަ އަދުލުވެރިބަދަލަށް ދޭން އޮންނަނީ! އަހަރުމެން މާލޭ މީހުން އައްޑޫ ތުރާކުނައް ނުފޮނުވޭނެ!
އޮނަރަބްލް އަފީފު ދީދީ
28 June 2024
މަތީގައި ދެންނެވި ގޮތަށް ބިން ނުލިބޭނެ ކަމަށް ނިންމުމަށްފަހު ކ.އަތޮޅު މާލޭގެ ޤާނޫނީ ރަށްވެހިންގެ ތެރެއިން "ދައުލަތުގެ އެހީތެރިކަން ނެތި ބޯހިޔާވަހިކަން ހޯދެން ނެތް ފަރާތްތަކަށް" ލިވިންގ އެލަވަންސްގެ ގޮތުގައި ފައިސާގެ އެހީތެރިކަން ދީގެން އެމީހަކަށް ދިރިއުޅެވޭނެ ގޮތް ހަމަޖައްސާދިނުން ރަނގަޅު. # ދުނިޔޭގެ ކޮން ޤައުމެއްގައިތޯ ފަޤީރުން އެޤައުމެއްގެ ވެރިރަށުގައި ދިރިއުޅެނީ!؟ ޢަދި އެކަން ކުރުމަށް ސަރުކާރުން އެހޭތެރިކަން ދެނީ!؟ ތިޔަ ބޯދާ ވިސްނުން ދޫކޮށްލާ.
ގުދުގުދާބެއްޔާ
30 June 2024
ހަމަރަގަޅަށް މިއައްޑޫ މީހުންނަކީ ބަޣާވާތް ކުރަންދަންނަ ރޭސިސްޓް ބައެއް!
ރަދީފްއޮފިޝަލް
27 June 2024
ރާއްޖޭގެ ހުރިހާ ދިމާލެއްގަ އޮތީ ކޮރަޕްޝަން.އެހެން ވީމަ މިފަދަ ކަންކަން ހުއްޓުވަން ދަތިވާނެ.
ޕްރޮފެސަރ. ތާކިހާބެ
27 June 2024
ބިންވެރިޔާގެ ސްކީމް ފޭސް 2 އިން ދޫކޮށްފައިވާ ބިންތައް ކުއްޔަށް ނަގައިގެން ބަންގާޅު ބޭފުޅުންކުރާ މަސައްކަތަކީ ޓިނު ގުދަން ހެދު މާއި ކެފޭ އިމާރާތް ކުރުން. ޢެބޭފުޅުން ވިދާޅުވަނީ މިކަން ކުރުމަށް ހުރަހެއް ނެތޭ . މިބިންތަކުންވެސް މަހުޖަނުންނަށް ވާނީ މިފަހަރު ބަންގާ ބޭފުން. މިބޭފުޅުން ގެ މައްޗަށް ގާނޫނު ނުހިގާނެ.
ކަރީނާ
27 June 2024
މާލޭ މީހުން ގެ މައްޗަށް ދެއްތޯ ގާނޫނު ނުހިނގަނީ