ގއ. ވިލިނގިލި: އަންހެނެއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ | މިހާރު
30 ޖޫން 2024 - 11:04
ގއ. ވިލިނގިލީގައި އަންހެނއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު ވިލިނގިލީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ.
އަނިޔާވެފައިވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއީ މަށޭ
30 June 2024
އޭ މަށޭ އެބަ ކިޔާތަ ރަށުތެރޭގަ؟
މިހާލު
30 June 2024
މަސްވެރިން މުޒާހާރާގަ އުޅޭސޮރެއްވީމަ ހައްޔަރުކޮއްލަން އެއްޗެއް ރާވާލީދޯ
ގިލިގިލ
30 June 2024
ތިމައްސަލަބަލަން ވަކި ޑިޕާޓްމަންޓެއް ހުޅުވަންފެނޭ.
raajje
30 June 2024
ފަރުވާދިނުމަށްފަހު އެހާއަވަހަށް ދޫކޮށްލާނީ މާބޮޑުކަމެއްވެފަނެތީމަ، ހަންދިއުން މަށައިގެންދިއުން މީކީ އަނިޔާއޭ ކިޔާވަރުކަންކަމެއްނޫން، ބޮލުގައި ނުވަތަ މީހެއްގެ ގައިގާ ގާބުރިއަކުން ނުވަތަ އެހެންއެއްޗަކުންވެސް ޖެހުމަކީކޮށްގެންވާނެކަމެއްނޫން، ރުޅިކޮންޓުރޯލުކުރަންޖެހޭ،
ރަދީފްއޮފިޝަލް
30 June 2024
އަންހެނެއް ގައިގަ ޖަހާނީ ވަރަށް ފިނޑިވީމަ. ގެޓް ވެލް ސޫން ސިސްޓަރ.
raajje
30 June 2024
އަންހެނެއްގެ ގައިގާޖަހައިގެންނުވާނެ، ފިރިހެނެއްގެގައިގާވެސް ޖެހުމަކީ މާމޮޅުކަމެއްނޫން، ޖަހަންޖެހެނީ ބައެއްބޭފުޅުންނަށް އުޅެވޭގޮތުން، އަދި އަނެއްބައިމީހުނަށް ރުޅިކޮންޓުރޯލުކުރަން ނޭންގޭތީ، ޖެހުމަކީ ވަރަށްމޮޅުކަމެއްކަމަށްދެކޭބަޔަކުވެސް އެބައުޅޭ! ލޯބި، ރުޅި، ސެކްސް، އަދި ކެއިންބުއިން މިކަންކަން އޮންނަލިމިޓުގައި ކުރީމާދިއިއުޅުމަށް ފައިދާކުރާނެ! ދެދުނިޔޭގެބައްޖަވެރިކަން ލިބުމަށްމަގުފަހިވާނެ
ވާނުވާ.
01 July 2024
ގަޔަކު ނޫނޭ ޖެހީ ބުރޯ....ބޮލުގަޔޭ!