ޚަބަރު

ޔޫނިއަންތަކުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ މީހުންނަށް ކަމަށް ހަމަޖައްސައި، ގަވާއިދު އާއްމުކޮށްފި

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން މިދިޔަ މެއި މަހު ބޭއްވި އެއްވުމެއްގައި ބަޔަކު ބައިވެރިވަނީ.-- ޓްވިޓާ ފޮޓޯ: ޒިމްނާ

03 ޖުލައި 2024 - 10:05

ޔޫނިއަންތަކުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ކަމަށް ހަމަޖައްސައި، ޔޫނިއަންތައް ހިންގުމުގެ ގަވައިދު މިއަދު އާއްމުކޮށްފި އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން، މަސައްކަތްތެރިންގެ ޖަމިއްޔާތައް ރަޖިސްޓަރީ ކުރެވޭނެ މަގު ވަނީ ފަހިވެފަ އެވެ. އޭގެ ދަށުން ހަދަންޖެހޭ ގަވައިދު ރޭ އާއްމުކުރުމާއެކު، އެ އަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.

މަސައްކަތްތެރިންގެ ޔޫނިއަން ރަޖިސްޓަރީ ކުރަން ހުށަހެޅޭނީ މަދުވެގެން ހަތް މީހުންގެ ސޮޔާ އެކުގަ އެވެ. ވަޒީފާ ދޭ ޔޫނިއަންގެ އާއްމު މެމްބަރެއްގެ ގޮތުގައި މަދުވެގެން ތިން މެމްބަރުން ހިިމެނެން ޖެހޭނެ ކަމަށް ގަވައިދުގައި ވެ އެވެ. އެ ލިޔުންތައް ފުރިހަމަ ނަމަ 30 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކޮށްދޭން ޖެހެ އެވެ.

ޔޫނިއަންގެ މެމްބަރަކަށް ވެވޭނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ. އެކަމަކު، 16-18 އަހަރާ ދެމެދުގެ ކުއްޖެއް ނަމަ ޔޫނިއަންއެއްގައި ރަޖިސްޓަރީ ކުރެވޭނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ އެވެ. ނަމަވެސް، އުމުރުން 18 އަހަރު ނުވާ ކުދިންނަށް ޔޫނިއަން އޮފިސަރަކަށް ނުވެވޭނެ އެވެ.

ވޯކް ޕާމިޓްގެ ދަށުން ވަކި މަސައްކަތެއް ކުރަން އެތެރެވާ މީހަކަށް އެ ދާއިރާ އިން ނޫނީ ޔޫނިއަންގައި ބައިވެރި ނުވެވޭނެ އެވެ.

މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އެއް ބާވަތެއްގެ ދެ ޔޫނިއަން ނުވަތަ އެ އަށް ވުރެ ގިނަ ޔޫނިއަން އެއްކޮށްލައިގެން ވަކި ޔޫނިއަން އެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.

މުހިންމު ބައެއް ޕޮއިންޓުތައް:

1- އުމުރުން 16-18 އަހަރާ ދެމެދުގެ ކުއްޖެއް ނަމަ ޔޫނިއަންއެއްގައި ރަޖިސްޓަރީ ކުރެވޭނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ.

2- އުމުރުން 18 އަހަރު ނުވާ ކުދިންނަށް ޔޫނިއަން އޮފިސަރަކަށް ނުވެވޭނެ.

3- ރަޖިސްޓަރީ ކޮށްފައިވާ އެއް ބާވަތެއްގެ ދެ ޔޫނިއަން ނުވަތަ އެ އަށް ވުރެ ގިނަ ޔޫނިއަން އެއްކޮށްލައިގެން ވަކި ޔޫނިއަން އެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެ.

4- ޔޫނިއަން ރަޖިސްޓަރީ ކުރަން 5،000ރ. ގެ ފީއެއް ދައްކަންޖެހޭ.

5- މަސައްކަތްތެރީންގެ ފެޑެރޭޝަން އަދި ވަޒީފާ ދޭ ފަރާތްތަކުގެ ފެޑަރޭޝަން ރަޖިސްޓަރީ ކުރެވޭނީ 10،000ރ. އަށް.

6- ހަޅުތާލެއް ކުރަން ނިންމޭނީ ޔޫނިއަންގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ފާސްކޮށްގެން. ހަޅުތާލުގެ 48 ގަޑިއިރުގެ ނޯޓިހެއް ވަޒީފާ ދޭ ފަރާތަށް ދޭން ޖެހޭ.

ޔޫނިއަންތައް އެއްކޮށްލުމުން، އެއްކޮށްލި ޔޫނިއަންތަކުގެ މެމްބަރުން އަލަށް ރަޖިސްޓަރީކުރި ޔޫނިއަންގެ މެމްބަރުން ކަމުގައި ވުމާއި އެއްކޮށްލި ޔޫނިއަންތަކުގެ މުދަލާއި ދަރަނި އާ ޔޫނިއަންގެ މުދަލާއި ދަރަންޏަށް ބަދަލުވުމާއި އެއްކޮށްލި ޔޫނިއަންތަކާ ދެކޮޅަށް އުފުލާފައިވާ ދައުވާއެއް އޮވެއްޖެ ނަމަ އޭގެ ޒިންމާ ނަގާނީ އަލަށް ރަޖިސްޓަރީ ކުރި ޔޫނިއަން އެވެ.

އެކި ޔޫނިއަންތައް އެއްކޮށްލައިފި ނަމަ އެ ޔޫނިއަންތަކުގެ ވަކިވަކި ގާނޫނީ ޝަހުސިއްޔަތު ނެތޭނެ އެވެ.

މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ފަހެއް ނުވަތަ އެ އަށް ވުރެ ގިނަ ޔޫނިއަން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ފެޑަރޭޝަނެއް އުފައްދައި ރަޖިސްޓަރީ ކުރެވޭނެ އެވެ.

ޔޫނިއަންގެ މެމްބަރުންނަށް އަސަރު ކޮށްފާނެ ފަދަ އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅޭނީ ނުވަތަ ހަޅުތާލެއް ކުރެވޭނީ ޔޫނިއަންގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކަން ކުރަން ފާސްވެއްޖެ ނަމަ އެވެ.

އެކަން ކުރަން ނިންމައިފި ނަމަ އެ ހަރަކާތް ހިންގުމުގެ 48 ގަޑިއިރު ކުރިން އެ އިންޑަސްޓްރީ އަށް ފިޔަވަޅު އެޅުމަށް ނުވަތަ ހަޅުތާލެއް ކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލު، ވަޒީފާ ދޭ ފަރާތަށް ހުށަހަޅަން ޖެހޭނެ އެވެ.

އިންޑަސްޓްރިއަލް ފިޔަވަޅެއް ނުވަތަ ހަޅުތާލެއް ކޮށްފި ނަމަ އެ ކަމެއް ނިމޭތާ ހަތް ދުވަހުގެ ތެރޭގައި އެ ހަރަކާތް ހިނގައިދިޔަ ގޮތުގެ ތަފްސީލް، ޑިރެކްޓަ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސް އަށް ހުށަހަޅަން ޖެހޭނެ އެވެ.

ޔޫނިއަން ރަޖިސްޓަރީ ކުރެވޭނީ 5،000ރ. ގެ ފީއަކާ އެކުގަ އެވެ. މަސައްކަތްތެރީންގެ ފެޑެރޭޝަން އަދި ވަޒީފާ ދޭ ފަރާތްތަކުގެ ފެޑަރޭޝަން ރަޖިސްޓަރީ ކުރެވޭނީ 10،000ރ. އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454