އަލިފާނުގެ ހާދިސާގައި އަނިޔާވި މީހަކު ފަރުވާއަށް ގެންދިޔުމަށް ބަޔަކު އެހީތެރިވަނީ
04 ޖުލައި 2024 - 14:33
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގީ އެލްސިއޯން ބޭކަރީ ކައިރީގައި ހުރި މ. އެންޒިއަންގޭގެ ތިން ވަނަ ފްލޯގައި ކަމަށެވެ.
ފުލުހުން ފުރަތަމަ ބުނީ އެ ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ފަހުން އެމްއެންޑީއެފްއިން ބުނިގޮތުގައި އެ ހާދިސާގައި ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
އެ ގޭގައި ހިފާފައިވާ އަލިފާން މިހާރު ވަނީ ނިއްްވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނބވޗ×ޒ
05 July 2024
އެ މީހުނަަް ރަނގަޅު ވާނެ ކަމައް އުއްމީދު ކުރަން
ކޮރަލް
04 July 2024
ބައެއް ބިދޭސީން 4 ފޫޓް ހަމަ ނުވާ ހަނި ގޯޅިގަނޑުގެ އެންމެ އެތެރޭގަ ބިދޭސީންނަށް ކައްކަ އެވެ. ސަހަރާމަގުގަ ބޯ ކޮށާ ސެލޫން އާ ޖެހިގެން ހުރި ގޯޅި ގަނޑުގެ އެތެރޭގަ ވެސް ބިދޭސީން ކައްކައެވެ. ހިތާމަވެރި ހާދިސާ އެއް ހިނގާފާނެ އެވެ.
މީދޫތަކުރު
04 July 2024
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހެލްތު އިންޝުއަރެންސް އާއި މަސްވެރިންނަށް ސަބްސިޑީ ދޭ ފަދައިން ކޮންމެ ގޭބިސީއަކަށް ވެސް އަލިފާން ނިއްވާ އާލާތްތައް ފޯރުކޮށްދޭން ޖެހޭނެ.