06 ޖުލައި 2024 - 23:59
ޑުސެލްޑޯފް (ޖުލައި 6) - ޕެނަލްޓީ ޖަހައިގެން ސުވިޒަލެންޑް ބަލިކޮށް ޔޫރޯގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރު ކޮށްފި އެވެ.
އެންމެ ފަހުގެ ރަނަރަފް، އިންގްލެންޑް މިފަހަރުގެ ސެމީން ޖާގަ ހޯދުމާ އެކު، އެ ޓީމަށް ވަނީ ޔޫރޯގެ ތާރީހްގައި މީގެ ކުރިން ހާސިލުނުވާ ރެކޯޑެއް ހާސިލު ވެފަ އެވެ. އެއީ ޔޫރޯގައި ވިިދިވިދިގެން ދެ މުބާރާތުގައި ސެމީ ފައިނަލަށް ދަތުރު ކުރުމެވެ.
ސުވިޒަލެންޑުން ލީޑް ނެގީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ. އެ ޓީމު ޑޭން އޮންޑޯއީ ނެގި ހުރަސް އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސުޓޯން ފައިގައި ޖެހިފައި، އެ ބޯޅަ މާ ބޮޑަށް ބްރީލް އެމްބޯލޯ އަށް ފަހިވި އެވެ.
އޭރިއާ ތެރެއަށް ވެއްޓިގެންފައި އެމްބޯލޯ ވަނީ ގޯލްގެ އެތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
ލީޑް ނަގައިގެން، ސުވިސްގެ ޓީމަށް ހަމަޖެހިލެވުނީ ހަތަރު މިނެޓެއްހާ އިރު އެވެ. ޑެކްލަން ރައިސް ދިން ބޯޅަ އޭރިއާގެ ބޭރުން ފޮނުވާލައި ބުކަޔޫ ސަކާ އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ގޯލްގެ ތިރީ ކަނަށް އޭނާ ފޮނުވާލި ބޯޅަ، ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސުވިޒަލެންޑްގެ ޑެނިސް ޒަކަރިއާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ ހުރި ޕޮޒިޝަންގެ ގޮތުން ބޯޅަ ފޮނުވާލަން ފުރުސަތު ފަހިވެފައި އޮތަސް، އެ ބޯޅައިން ލަނޑެއް ނުޖެހުނެވެ. އޭނާ ފޮނުވާލި އިންގްލެންޑްގެ ދިފާއީ ކުޅުންތެރިން ދިފާއު ކުރުމުން ރީބައުންސްވީ އެވެ. ދެން އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުރި އިންގްލެންޑްގެ އެހެން ޑިފެންޑަރަކަށެވެ. އޭނަ ވަނީ ބޯޅަ ދުރައްޖަހައި ނުރައްކާ ކުޑަކޮށްފަ އެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ކޮޅުގައި ސުވިޒަލެންޑުން އިންގްލެންޑް ފަހަތަށް ނުރައްކާ ކުރި އެވެ. ސުވިސްގެ ސިލްވަން ވިޑްމާ އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ތަނަވަސް ވި އެވެ. އެކަމަކު ނުރައްކަލަކަށް ނުވި އެވެ. ސާކާ
ޕެނަލްޓީޝޫޓް އައުޓްގައި އިންގެލްންޑުން ޖެހި ހުރިހާ ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ސްވިޒަލެންޑަށް ނާކާމިޔާބުވީ މެނުއަލް އަކަންޖީ ޖެހި ޕެނަލްޓީ އެވެ. އޭނާގެ ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއު ކުރި އެވެ.
ސެމީގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ، ނެދަލެންޑްސް ނުވަތަ ތުރުކީގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ. ސެމީގެ އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
07 July 2024
އިންގްލެންޑްގެ ނަސީބުވެސް ރަނގަޅު. އެެހެންވެ ލޮނދި ހިކައެއް ހެން ތިހެން ދެމިގަނެވެނީ. އަހަރުމެންގެ ޑަޗް މީހުން އެބަޖެހޭ އިންގްލެންޑް ހުއްޓުވަން. އިރާދަކުރެއްވިޔާ އެކަން ކުރެވޭނެ.
އެނަލިސްޓާ
07 July 2024
"މިހާރު"ގެ ފޭވަރިޓް ތޯ؟