އައްޑޫ ހިތަދޫ ޕޯޓު: މި ޕޯޓަށް ކޮންމެ 10 ނުވަތަ 15 ދުވަހަކުން އިންޑިއާ އިން 300 ޓަނުގެ މުދާ ގެންދިއުމަކީ އެމްޕީއެލްގެ އަމާޒެއް.
09 ޖުލައި 2024 - 09:17
އިންޑިއާގެ ޓުޓިކޮރިން އިން މޭވާ އާއި ތަރުކާރީ ހިފައިގެން ބޯޓުފަހަރުތަކުގައި ސީދާ އައްޑު އަށް ދާއިމީ ދަތުރުތައް ފެށުމަށް އެމްޕީއެލް އިން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އިއްޔެ "މިހާރު" އަށް ވިދާޅުވީ، ފުރަތަމަ ބޯޓު މާދަމާ ހެނދުނު 10 ޖަހާއިރު ހިތަދޫ ޕޯޓަށް ކައިރި ކުރާނެ ކަމަށެވެ. އެ ބޯޓުން ގެންދަނީ މޭވާ އާއި ތަރުކާރީގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޯޓުން މި ފަހަރު ގެންދާނެ 150 ޓަނުގެ މުދާ،" ވަޖީހު ވިދާޅުވި އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ފައިނީސްއާ ވާހަކަ ދައްކައިގެން ސީއީއޯ ވިދާޅުވި ގޮތުގައި އަމާޒަކީ ކޮންމެ 10 ނުވަތަ 15 ދުވަހަކުން އިންޑިއާ އިން މުދާ ހިފައިގެން އައްޑު އަށް ސީދާ ދަތުރުތައް ބޭއްވުމެވެ.
"އެކަމަކު ދާއިމީ ކުރެވޭނީ ޑިމާންޑު އިތުރު ވެގެން އައްޑު އަތޮޅާއި ފުވައްމުލަކުން. އަޅުގަނޑަށް ގަބޫލު ކުރެވޭ އެކަން ވާނެ ކަމަށް. ހަމައެކަނި ކާބޯތަކެއްޗެއް ނޫން. ހައުސްހޯލްޑް އައިޓަމް ވިޔަސް އަދި އެހެން އެއްޗެއް ވިޔަސް އިންޑިއާ އިން ގެންނަ ކޮންމެ އެއްޗެއް ގެނެވޭނެ އެ ބޯޓުފަހަރުގައި،" ވަޖީހު ވިދާޅުވި އެވެ.
އިންޑިއާ އިން މުދާ ހިފައިގެން ސީދާ އައްޑު އަށް ދާއިމީ ބޯޓުފަހަރުތައް ބޭއްވުމަށްޓަކައި އައްޑޫގެ ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވަން ވަޖީހު މިއަދު އައްޑު އަށް ވަޑައިގަންނަވާނެ އެވެ.
އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އައްޑޫ ރައްޔިތުން މޯޓިވޭޓް ކޮށްގެން، އައްޑޫގެ ވިޔަފާރިވެރިން މޯޓިވޭޓް ކޮށްގެން އެ އިން ކޮންމެ ވެސެލްއެއް ފުރެންދެން މުދާ ހޯދަން."--- ވަޖީހު
އޭނާ ވިދާޅުވީ، މި ގޮތަށް ދާއިމީ ބޯޓުފަހަރުތައް އައްޑު އަށް ދަތުރު ކުރަން ފެށުމުން މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ވާން ފަށާނެ ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި އިންޑިއާގެ ފައިނީސް ކުންފުނިން އޭނާގެ ކިބައިން އެދުނީ ސެކިއުރިޓީ ކަށަވަރު ކޮށްދިނުމާއި ޑިމާންޑު އިތުރު ކޮށްދިނުމަށެވެ. އޭގެ ތެރެއިން ސެކިއުރިޓީގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ދެން އޮތް ކަމަކީ ޑިމާންޑު ކްރިއޭޓް ކުރުން. އެ އިން ބޯޓަކަށް ލެވޭނެ ގާތްގަނޑަކަށް 300 ޓަނުގެ މުދާ. އެހެންވީމާ 300 ޓަނުގެ މުދާ ހަމަ ނުވެ ކޮންމެ ފަހަރަކު އެ އަށް ވުރެ މަދުން ދާ ކަމަށް ވަންޏާ ކޯސްޓެއް ކަވަރު ނުކުރެވޭނެ،" ވަޖީހު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އައްޑޫ ރައްޔިތުން މޯޓިވޭޓް ކޮށްގެން، އައްޑޫގެ ވިޔަފާރިވެރިން މޯޓިވޭޓް ކޮށްގެން އެ އިން ކޮންމެ ވެސެލްއެއް ފުރެންދެން މުދާ ހޯދަން."
ވަޖީހުގެ ވިސްނުމަކީ އިންޑިއާ އިން ސީދާ އައްޑު އަށް ގެންދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ފެރީގެ ނިޒާމުގެ ތެރެއިން ފުވައްމުލަކަށް ވެސް ގެންދާށެވެ.
"ކީއްވެ ނުގެންދެވެންވީ؟ އެ އިންތިޒާމުތައް ހަމަޖެހެން ވާނެ. މި ފަހަރު އަޅުގަނޑު އައްޑު އަށް ގޮސްފައި ބަލާނަން އެކަން ވެސް ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ، ކޮންމެ ބޯޓަކުން 300 ޓަނުގެ މުދާ އައްޑު އަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެއީ އައްޑޫގައި ހިންގާ ރިސޯޓުތަކުން އިންޑިއާ އިން މޭވާ އާއި ތަރުކާރީ ގެންގޮސް ދިނުމަށް އެދި ގުޅާތީ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ އައްޑޫމީހުން
09 July 2024
އައްޑޫ މީހުން މިކަމާ އުފާވެގެން ކޮމެންޓްކޮށްފައެއް ނެތް. ހަމަ ހުސް ބޮޓުންގެ މަސައްކަތް ފެންނަނީ.
ހައްގުބަސް.
09 July 2024
މިކަހަލަ ދެކޮޅުނުޖެހޭ ކަންކަން ކޮއްގެން ލިބޭނީ ގެއްލުން އައްޑޫއަކީ ތަރައްގީ ވާނެ ތަނެއްނޫން އެއައްވުރެ މީހުންގެ އަމިއްލަ އެދުން ބޮޑުވެފަ ޖާހިލީ މަކަރުހެދުމާ އޮޅުވާލުންބޮޑީ ސަންގްރިއްލާ ރިސޯޓުވެސް ހަފަހަރައް ބަންދުކޮއް ޗޮޕުންދަނީ ވައްކަމާ މަގާމުގެ ދަހިވެތިކަމުގަ އެކަކު އަނެކަކު ކަރައް ފައިން އަރާތީ ޝުކުރުވެރި ނުވާ ޖާހިލުންގެ ތަނެއް ބޯޓަކުން ފުލައިޓަކުން ކުރާނެ ކަމެއްނެތް ބޭކާރު ކަމެއްތީ
އަހުމަދު އަތީގު
09 July 2024
ދައުލަތުގެ 16 ބިލިޔަން ކައްވާލި ކަމައް އަޑު އިވެނީ ކާމިނީގޭ ކުއްޖަކާ, އަދީބު އާ ޒިޔަތު ކަމަށް އަޑު އިވެނީ
ގުއްކުޅު
09 July 2024
ވަގުންގެ ބޮޑުންނާއި ޑީލަރުން ތިބި ހިސާބު ތަކަށް ތި ކަންކަން ވީމަ ސުވާލު އުފެދޭ ލުޔެއް ދިނީތޯ އެކަމުގައި؟؟؟
އިސްމާލް
09 July 2024
މި ގައުމުގައި ޑްރަގްގެ ބޮޑުންގެ ގިނަމީހުން އައްޑޫ ހުވަދޫ ހިސާބަށް ނިސްބަތް ވާ މީހުން،އަނެއްކާ އެކަމުގައި ލުޔެއް ދިނީބާ އެމީހުންނަށް؟؟؟؟
އަގުމީމު
09 July 2024
ހީވަނީ ލޮނުމިދު މާ ގެ އާ, ކާމިނީ ގެޔަކީ މާލޭ ގޭ ގޭ ހެން
ހާމިދު ޝާހިދު
09 July 2024
ކޮޗިން ފެރީއަށް ހަޖޫ ޖެހި މީހުން އުފެއްދި ސަރުކާރުން އަނެއްކާވެސް އަނެއް ކޮޗިން ފެރީ ގެންނަނީ ދޯ! ކީކޭ ދެން ބުނާނީ! ދިވެހިން ވެއްޖެއްނޫންތޯ ހޭލުންތެރިވާން! "އެއީ، ކޮޗިން ފެރީ 2"
ޝޭކީ
09 July 2024
ވަރަށް ރަގަޅު. މި ކަގޯ ބޯޓުތަކުގައި އަމިއްލަ ފަރުދުންގެ ކުދިކުދި ސާމާނު ގެނެވޭ ގޮތަށަ ޚިދުމަތް ދޭ ބަޔަކު އުޅެންޏާ އަންގާލަދީބަލަ.
1828
09 July 2024
ދެވަނަ ކޮޗިން ފެރީ.
ކަސަބު
09 July 2024
އިންޑިއާ އައުޓް ގޮވާމީހުންނަށް ކިހިނެއްތަށް މިވަނީ
ހުވަދޫ އަލިބެއްޔާ
09 July 2024
ކޮޗިން ފެރީ އިން ރޯނު ވިއްކި މީހުން ކޮބާ؟؟؟
ނާއިލްް
09 July 2024
މިކަމުގަ އެންމެ އެދެވޭ ފައިދާއެއް ލިބޭނީ ހަމަ ރައްޔިތުންނަށް. ބުއްދިއެއް ހުރި މީހެއް ވިއްޔާ ކަން ކުރަން އިނގޭނެ، ސަޅި ތަންކޮޅަކީ މުއިއްޒުގެ ހުރިހާ ކަމެއް ބައްޓަން ވެފަ މި ހުންނަނީ ރައްޔިތުންނަށް ފައިދާވާނެ ހެން