މާލެއަށް ކުރިން ކުރި ވިއްސާރައެއްގައި އުދަ އަރަނީ: ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނޭ --- ފޮޓޯ/މިހާރު
13 ޖުލައި 2024 - 19:49
ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ވިއްސާރަ ކުރާނެތީ މޫސުމަށް ސަމާލުވާން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އެދިއްޖެ އެވެ.
މެޓް އޮފީހުން މިރެއިން ފެށިގެން މާދަމާ ހެނދުނު 6 އާ ހަމައަށް އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނިގޮތުގައި މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ނަމަވެސް ދެކުނު އަތޮޅުތަކަށް ކަނޑުތައް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އާންމުކޮށް، ޖުލައި މަހަކީ ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަން
13 July 2024
ޥައި ގަދަވާން ފެށީތާއޭ!! ގުގުރާ އަޑުވެސްއިވެނީ އޭ.
އަރީޖް ފޮޑި
13 July 2024
މި ދުވަހަކު ދިމާ ނުވާ ހަބަރުތަކެއް.
ނަނު
13 July 2024
ހުރިހާ ބޭފުޅުންވެސް ކަމަރު ބާރުކޮށްލައްވާ.
ބަން
13 July 2024
މިއާއު!!
ޓިސް
14 July 2024
ވުފް ވުފް
ޕަޗަސް
14 July 2024
ކައްކަކާކޯ!