މާލޭގެ ޓްރެފިކް ބަލަހައްޓަން ފުލުހުން ނުކުމެ މަގުމަތީގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ޖުލައި 2024 - 12:08
ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކަށް ވަޅިން ހަމަލާދިން ޒުވާނަކު 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި ގދ. ތިނަދޫ، ރިކާޒް އާދަމް 22، ބަންދުކުރީ އަންހެން މީހާއަށް އޭނާގެ ފަރާތުން ނުރައްކާ އޮތުމުންނެވެ. އޭނާއަކީ މީގެކުރިން ވެސް 26 ކުށެއްގެ ރެކޯޑު އޮތް މީހެއް ކަމަށް އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ އޭނާ އާއި އަނިޔާ ލިބުނު އަންހެން މީހާގެ ލޯބީގެ ގުޅުމެއް އޮންނަކަން ދައްކާފައި ހުރި ވާހަކަތަކުން އެނގޭ ކަމަށެވެ.
ރިކާޒްގެ ދިފާއުގައި އޭނާ ކޯޓުގައި ބުނީ އަންހެންމީހާއަށް އަނިޔާނުކުރާ ކަމަށެވެ. އެ ހާދިސާ އަކީ ރުޅި އައިސްގެން ހިނގި ޒުވާބެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ދަބަހުގައި އޮތް ވަޅިއަކީ، އޭނާ ބުނި ގޮތުގައި، ޑައިވިނަށް ދާއިރު ބޭނުންކުރަން ގެންގުޅުނު އެއްޗެކެވެ.
ކޯޓުން ރިކާޒް ބަންދުގައި ބަހައްޓަން ނިންމި ސަބަބެއް ކަމަށް އަމުރުގައި ބުނެފައި ވަނީ ދޫކޮށްލައިފި ނަމަ އޭނާ އެ އަންހެންމީހާއަށް އަނިޔާކޮށް، ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮތުމެވެ.
ރިކާޒް އާދަމްގެ މައްޗަށް ދެ ދައުވާއެއް އަންނާނެ ކަމަށް ބެލެވޭއިރު އެއީ ޖިނާއީ ބޮޑު ދެ ދައުވާކަން ދައުލަތުން ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮ ދުޢާ
17 July 2024
ޔާ ﷲ، މިޤައުމުގެ ބެލެނިވެރިންނަށް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ތައުފީޤް މިންވަރު ކުރައްވާށި! އާމީން
ގެދާނޯމޮސް
17 July 2024
ދޫކޮށްލައިގެން ލިބޭގެއްލުމުގެ ޒިންމާ ވާނީ ކޯޓުންތޯ ނޫނީ ފުލުހުންތޯ އެވެ؟
1828
17 July 2024
ރައްޔިތުން
ރިކާޒްގެ ޕްރިންސެސް
17 July 2024
މައި ބޫ ދޫކޮށްލާ. އޭނަ އަސްލު ޖަހާކަށް ނޫން އުޅުނީ. ޙިޔާލީ ޖެހުމެއް އޭނާ ޖެހީ.
މޮހޮނުބެ
17 July 2024
މިކަހަލަ ފިރިހެނުންނާހެދި އަންހެންވެރިން މިވާ އަމަށަކު ލޮތްބެއް ސަހާދެއް.
ބޭޑްބޯއިޒް
17 July 2024
ދިވެހި އަންހެނުންނަށް ކަމުދަނީ ތިޔަ ކަހަލަ ފިރިހެނުން!
ވަރަށް ސަލާމް
17 July 2024
ރާއްޖޭގަ ގިނައީ މީގެ ފިރިހެނުން.. ދެން ކީކޭ ކިޔާކަށް..
މައި ބޫ
17 July 2024
26 ވީމަ އަނެއްހެން ގޯހެން ނޫންތާ. ފަންސާސްވެސް ހަމަނުވޭ ވިއްޔާ.